Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މާލީ ބަޣާވާތް: ސަރުކާރަށް ގޯސްވީ އެމްޑީޕީން އާދިއްތަ ދުވަހުގެ ހެނދުނު ނޫސްވެރިންގެ ބައްދަލުވުން ބޭއްވުން

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާންގެ ވާހަކައިން ދޭހަކޮށްދޭން ބޭނުންވީ ސަރުކާރު ވައްޓާލަން އެމްޑީޕީން އުޅުނުކަމެވެ. އަދި ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ގޯސްވެ ބީއެމްއެލްގެ ނިންމުމާއި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅުވަން ގިނަ މަސައްކަތްކެއް ކުރެއްވިއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އޯގަސްޓު 2024 | ހުކުރު 14:14
މާލީ ބަޣާވާތް ގެންނަން އުޅުނީ އެމްޑީޕީން ބީއެމްއެލް މެދުވެރިކޮށްކަމަށް ސަރުކާރުން އަންނަނީ ބުނަމުން. ނަމަވެސް މިހާތަނަށް ވަރުގަދަ ހެއްކެތް ނެތް

މާލީ ބަޣާވާތް ގެންނަން އުޅުނީ އެމްޑީޕީން ބީއެމްއެލް މެދުވެރިކޮށްކަމަށް ސަރުކާރުން އަންނަނީ ބުނަމުން. ނަމަވެސް މިހާތަނަށް ވަރުގަދަ ހެއްކެތް ނެތް

ބައެއް ފަހަރު ތިމާއަށް ކުރެވޭ ގޯސް ކަންކަން ފޮރުވަން ކޮންމެވެސް އެހެން ބަހަނާއެއް ދައްކަން ޖެހެއެވެ. ގިނަ ފަހަރު މިކަންކަން ދިމާވަނީވެސް ތިމާ ކައިރީގައި ތިބި ބައެއްގެ ސަބަބުންނެވެ. ކައިރި ކުރެވޭ ބައެއްގެ ސަބަބުންނެވެ. މި ސަރުކާރަށް 9 މަސްވެ، ރައްޔިތުންނަށްވި ވައުދުތައް ނުވިހައިގެން ރައްޔިތުން ސުވާލުކުރަން ފެށުމުން އެ ވާހަކަތައް ފަސް އަޅާ ފޮރުވާލަން ވެސް ޖައްސަން ޖެހުނީ ސްޓަންޓެކެވެ.

މާލީ ބަޣާވާތެއްގެ ވާހަކައެއް ދައްކަން ފެށީއެވެ. އެވެސް ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ އަދި ސަރުކާރުގެ އަމުރަށް ކިޔަމަންވާ މެޖޯރިޓީ އޮންނަ ބޯޑެއް އޮންނަ ބީއެމްއެލްއިން ކަމަށެވެ. ކޮންމެއަކަށް މި ވާހަކައިގެ ދެކޮޅެއް ނުޖެހެއެވެ. ސަރުކާރުގެ ގޯސްތައް ފެންނަން ފެށުމުން އަދި ސަރުކާރު ޖަވާބުދާރީކުރުމުގެ އެންމެ އިސް ފަރާތްކަމުގައިވާ އިދިކޮޅު ސިޔާސީ ޕާޓީން ކުރާ މަސައްކަތް ހުއްޓުވާލަން ނުވަތަ އަނގަ ބަންދުކުރަން ކުރި ކަމެކޭ ވެސް ބުނެވޭނެ ޖާގައެބައޮތެވެ.

މި ސަރުކާރަށް އަދި ތަހުގީގީ އެންމެ ބޮޑު އިދާރާ އަދި މި ރާއްޖޭގެ އެންމެ މޮޅު އިންޓެލިޖެންސް އިދާރާ ފުލުހުންނަށްވެސް ގޯސްވީ ދިވެހި ރައްޔިތުންނެވެ. ދިވެހި ރައްޔިތުން އެއީ ބޮޓުން ކަމަށްވެސް ހެދީއެވެ. އަދި ނުވިތާކަށް ސަރުކާރުން އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީން އާދީއްތަ ދުވަހުގެ ހެނދުނު ނޫސްވެރިންގެ ބައްދަލުވުން ބޭއްވުން ވެސް ގޯވީއެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ ފުލުހުން ކުރަމުންދާ ތަހުގީގާއި ގުޅިގެން އިހުސާން ވިދާޅުވީ ބީއެމްއެލްއިން ނިންމި ނިންމުމަކީ ވަރަށް ގިނަ ރައްޔިތުންނަށް އަސަރުކުރި ނިންމުމެއް ކަމަށެވެ. އެ ނިންމުމާއެކު ސަރުކާރާއި ވާދަވެރި ސިޔާސީ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އެގަޑީގައި ސޯޝަލް މީޑިއާގައި ބައިވަރު ޕެއިޑް ބޮޓް އެކައުންޓްތަކެއް ބޭނުންކޮށްގެން ސަރުކާރު އިސްތިއުފާ ދޭންޖެހޭކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދޭންޖެހޭ ކަމެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު ކައިރިއަށް އެއްވެ ގެކޮޅުތެރެއަށް ވަދެގަންނަން ޖެހޭ ކަަމަށާއި، މިފަދަ މެސެޖްތައް އައިސްފައިވާ ކަމަށެވެ.

ރައްޔިތުންގެ ލެޔާއިކުޅެ މާލީ ގޮތުން ދަތިކުރަން ފެށުމުން ރައްޔިތުން 9 މަސް ދުވަސްވަންދެން ހިތުތެރޭގައި ފޮރުވައިގެން ހުރި ވާހަކަތައް ވެސް ނުކުންނާނެއެވެ. ރައްޔިތުން ބަސްވެސް ބުނާނެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެވާހަކަތައް އެކި ގޮތްގޮތަށްވެސް ދައްކާނެއެވެ. ނަމަވެސް މި ސަރުކާރަށް އެކަން ހަޖަމްކުރަން ދައްޗެވެ.

އިހުސާން ވިދާޅުވީ ބައިވަރު ރައްޔިތުންނަށް އަސަރުކުރާ ނިންމުމެއް ބީއެމްއެލްއިން ނިންމި ގަޑިއާއި އަދި އެ ވަގުތު އިދިކޮޅުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއި، އެއާއި އެއްގަޑިއެއްގައި ސޯޝަލް މީޑިއާގައި ސަރުކާރު ވައްޓާލަން ނުކުތުމަށް ގޮވާލަމުން ދިޔަ ކަމަށެވެ. އަދި މިފަދަ ކަންކަން މިގޮތަށް އައުމުން ދިވެހި ދައުލަތުން ޖަވާބުދާރީވާނެ އިދާރާއަކަށް އޮންނަނީ ފުލުހުން ކަމަށެވެ.

އިހުސާން ވިދާޅުވީ ސަރުކާރު ހޮވިފައިވަނީ ދިވެހިރައްޔިތުންގެ 50 އިންސައްތައަށްވުރެ ގިނަ މީހުންގެ ވޯޓާއެކު ކަމަށެވެ. އެހެންކަމުން ސަރުކާރު ވައްޓާލަން ގޮވާލުމުން އެކަމުގެ ކަންބޮޑުވުންތައް ހުންނާނެތީ އެކަން ބަލާ ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ދިވެހި ރައްޔިތުންގެ 50 އިންސައްތައަށްވުރެ ގިނަ މީހުން މި ސަރުކާރު ގެންނަން ވޯޓުލި ކަމަށެވެ. ނަމަވެސް ހަގީގަތަކީ މި ސަރުކާރަށް ތާއިދުކޮށް ވޯޓުލީ 129،159 މީހުންނެވެ. އެއީ ވޯޓު ލީ މީހުންގެ 246،915 މީހުންގެ ތެރެއިންނެވެ. 18 އަހަރުން މަތީގެ ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ ވެސް 282،804 މީހުންނަށެވެ. ވޯޓު ލީ މި އާބާދީގެ 87.31 އިންސައްތަ މީހުންނެވެ. އެހެންކަމުން މި ސަރުކާރު ގެންނަން 50 އިންސައްތަައަށްވުރެ ގިނަ ދިވެހި ރައްޔިތުން ވޯޓު ދިންކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެކެވެ.

އެންމެ ފަހުން ބޭއްވި ބޯހިމެނުމުން ދައްކާގޮތުން ރާއްޖޭގައި ތިބީ 382،639 މީހުންނެވެ. އެހެންކަމުން މި އަދަދުގެ ދެބައިކުޅަ އެއްބައިކަމުގައިވާ 191،319 މީހުންގެ ވޯޓު ލިބެންޖެހެއެވެ. ނަމަވެސް އެ އަދަދަކަށް ވޯޓެއް ނުލިބެއެވެ. މިނިސްޓަރު އިހުސާނުގެ މި ވާހަކައަކީ ސީދާ ރައްޔިތުންނަށް ނުބައި މަންޒަރެއް ދައްކާ މި ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނުކަމަށް ދައްކަން އުޅުނުކަމަށް ވިސްނުވައިދޭން ކުރި މަސައްކަތެކެވެ.

އިހުސާން ވިދާޅުވީ މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެދުވަހުގެ މެންދުރުފަހު ބީއެމްއެލްގެ ނިންމުން ރިކޮންސިޑަރކުރަންވެގެން ބޯޑު މީޓިންއެއްވެސް ރާވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުން ބޭއްވެން އޮއްވާ އެ ނިންމުން ހެނދުނު ޕަބްލިޝްކޮށްފައި ހަމަ އެވަގުތު އިއްތިފާގަކުން ސިޔާސީ ޕާޓީއަކުންވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ކަމަށެވެ.

އިހުސާން ވަނީ މިހާތަނަށް ރާއްޖޭގައި އާދީއްތަ ދުވަހެއްގެ ހެނދުނު ސިޔާސީ ޕާޓީއަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވޭތޯ ސުވާލު އުފައްދާފައިވެއެވެ. އަދި ވިދާޅުވީ އެއީ ބަލާލަންޖެހޭ ބައެއް ހަގީގަތްތައް ކަމަށެވެ. އަދި އެއީ އިއްތިފާގަކަށްވެސް ނުވަތަ ނޫންކަމަށްވެސް ވެދާނެ ކަމަށާއި، އެކަން ނިންމާނީ ކޮންމެވެސް ބަޔަކު އެކަން ބަލާ ތަހުގީގުކޮށްގެން ކަމަށާއި، އެކަން ކުރަން އޮންނަ މުއައްސާއަކީ ފުލުހުންގެ އިދާރާ ކަމަށެވެ.

ރާއްޖޭގެ ތަހުގީގީ އަދި ތަންފީޒީ އިދާރާތަކުގެ ބެލެނިވެރިޔާކަމުގައި ހުންނަވައިގެން ކުޑަކުދިންގެ ކައިރީގައި ދައްކާ ކަހަލަ ވާހަކަ ދެއްކުމުން، ސަރުކާރުގެ ވިސްނުމަކީ ކޮބައިކަންވެސް ސިފަވައެވެ. ސަރުކާރު ބަޣާވާތެއް ގެންނަން އުޅުނުކަން ދައްކަން ކުރާ މަސައްކަތްވެސް ހާމަވެއެވެ.

އިހުސާން މިހެން ވިދާޅުވި ނަމަވެސް އާދިއްތަ ދުވަހުގެ ހެނދުނު ގަޑީގައި މީގެ ކުރިން ވެސް ސިޔާސީ ޕާޓީތަކުން ނޫސްވެރިންގެ ބައްދަލުވުންތައް ތަކުރާރުކޮށް ބާއްވާފައި އެބަ ހުއްޓެވެ.

ދެން ސަރުކާރުގެ މި ވާހަކައާއި މެދު ސުވާލު އުފެދެނީ ރައީސް މުއިއްޒު ސިޔާސީ ޕޯޑިއަމެއްގައި ހުންނަވައިގެން އެހެން ވިދާޅުވި ވަގުތާއި ފުލުހުން ބަޔާން ނެރުނު ވަގުތާއި ދިމާވުމެވެ. އަދި އެ ޖަލްސާގައި ކުޅުނު ޑްރާމާއިންނެވެ.

ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ ހިންގާ ތަހުގީގާއި ގުޅިގެން ކުރާކަންކަން ފުލުހުން ވަނީ ފަހުން ހާމަކޮށްފައެވެ. އެހެންނަމަވެސް ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށް ބުނެ އެއީ ޣައިރު ގާނޫނީ ގޮތުން ސަރުކާރު ބަދަލުކުރަން އުޅޭ މައްސަލައެއްކަމަށް ބުނެ ދެއްކި ވާހަކައާއި ގުޅިގެން މިހާތަށް ފުލުހުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ހަރުދަނާ ހެކި ގަރީނާއެއްވެސް ހުރިކަމަށް ފުލުހުން ބުނެފައި ނުވެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންބީއެމްއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު