Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބީއެމްއެލް އާއި މެދު ކުރާ ތުހުމަތުތައް

ބީއެމްއެލް އިން ބަޣާވާތްކުރި ކަމަށް ބުނަނީ ސަރުކާރަށް ގޯސް ހެދުމުން ދެބޯގެރި ދުއްވަން - ނާޒިލް

ބީއެމްއެލްގެ ރުފިޔާ ކާޑުން ކުރެވޭ ޑޮލަރު މުއާމާލާތްތައް ސަސްޕެންޑު ކުރުމަށް ބޭންކުން ކުއްލި ގޮތަކަށް އިއުލާނު ކުރުމަށް ފަހު، ނިންމުން ހަމަ އެ ދުވަހު ވަނީ އުވާލާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އޯގަސްޓު 2024 | އަންގާރަ 10:47
އެމްޑިޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑިޕީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަޣާވާތްކުރި ކަމަށް ބުނަނީ ސަރުކާރަށް ގޯސް ހެދުމުން ދެބޯގެރި ދުއްވަންކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި އަންގާރަ ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި މަހުގެ 25 ވަނަ ދުވަހު، ބީއެމްއެލްގެ ރުފިޔާ ކާޑުން ކުރެވޭ ޑޮލަރު މުއާމާލާތްތައް ސަސްޕެންޑު ކުރުމަށް ބޭންކުން ކުއްލި ގޮތަކަށް އިއުލާނު ކުރުމަށް ފަހު، އެ ނިންމުން ހަމަ އެ ދުވަހު ވަނީ އުވާލާފައެވެ. ނާޒިލް ވަނީ މި ސަރުކާރުގެ ފުލް މެޖޯރިޓީ ބޭނުންކޮށްގެން މަޖިލީހުން ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރީ ވެސް ސަރުކާރުން ހަދާ މާލީ ގޯސްތަކާއި ގުޅިގެން ކަމަށް ވިދާޅުވެފައެެވެ.

މާލީ ކަންކަން މެނޭޖްކުރުމުގައި ސަރުކާރަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭނގި ވަރަށް ގިނަ ގޯސްތައް ހަދާފައިވާ ކަަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވަނީ މިއީ ނާގާބިލް ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ. ސަރުކާރަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގޭ ކަމަށާއި ފެއިލްވަމުންދާތަން ފެންނަ ކަމަށް ނާޒިލް ވިދާޅުވިއެވެ. ނާޒިލް ވަނީ ބީއެމްއެލް އާއި މެދު އެފަދަ ތުހުމަތުތަކެއް ކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކުރައްވާފައެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ބަދަލުގެނެސް، އެ ބަދަލުތައް އިއުލާނުކުރީ އާދިއްތަ ދުވަހުގެ ހެނދުނުއެވެ. ބޭންކުން މައުލޫމާތު ދިން ގޮތުގައި މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީއެވެ.

ރުފިޔާ ކާޑުން ޑޮލަރު ނުލިބޭ ގޮތް ބީއެމްއެލް އިން ހެދުމާ ގުޅިގެން ސީދާ ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ބަޣާވާތެއް ހިންގަން އުޅުނު ކަމުގެ ހެކި ހުރުމުން ފުލުހުން ތަހުގީގު ފަށާފައި ވާކަމަށާއި ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތެއް ކަމަށާއި، މި ސަރުކާރުން ފުލުހުންގެ އިދާރާއަކަށް އަދި ސިފައިންގެ އިދާރާއަކަށް ސިޔާސީ ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްބީއެމްއެލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު