Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެނުއަލް ނޯޔާ

ބަޔާން ތަށި ހޯދައިފިނަމަ ކުޅުން ހުއްޓާނުލާނަން: ނޯޔާ

އުމުރުން 38 އަހަރުގެ ކީޕަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭނާ އެންމެ ފަހުން ކުޅުނު ދެ ވޯލްޑްކަޕް ކަމަށްވާ 2018 އާއި 2022ގެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ފެއިލްވެ މި އަހަރުގެ އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ކުއާޓާ ފައިނަލުން ކެޓުުމުންނެވެ.

ރާއްޖެ އެމްވީ | 26 އޯގަސްޓު 2024 | ހޯމަ 08:54
ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ

ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ

މި ސީޒަނުގެ ޖަރުމަނު ލީގު ބަޔާން މިއުނިކް ކާމިޔާބުކޮށް ޓީމަށް ރަނގަޅު ސީޒަނެއް ނިންމާލެވިއްޖެނަމަ ކުޅުން ހުއްޓާނުލާނެ ކަމަށް ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ހުސްވި ހަފުތާގައި ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން އޭނާ ކުލަބު ކެރިއަރު ކުރިއަށް ގެންދާނެތޯ ނޫސްވެރިން ސުވާލުކުރާތީ އެވެ.

އުމުރުން 38 އަހަރުގެ ކީޕަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭނާ އެންމެ ފަހުން ކުޅުނު ދެ ވޯލްޑްކަޕް ކަމަށްވާ 2018 އާއި 2022ގެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ފެއިލްވެ މި އަހަރުގެ އަމިއްލަ ގައުމުގައި ބޭއްވި ޔޫރޯގެ ކުއާޓާ ފައިނަލުން ކެޓުުމުންނެވެ. ނަމަވެސް ނޯޔާ ބުނީ އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ ހަނދާނަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރެވުން ކަމަށާއި މެދުނުކެނޑި ގައުމީ ޓީމުގައި 12 އަހަރު ކުޅެވެމުން އުފާ ކުރާ ކަމަށެވެ.

ގާތްގާތުގައި އަނިޔާވެ ކުރީގެ ފޯމުގައި ގިނަ ދުވަހު ނުހިފެހެއްޓޭ ވާހަކަ އެހުމުން އޭނާ ބުނީ އެކަކު އަބަދު އެއްގޮތަކަށް ނުހުންނާނެ ކަމަށާއި ނަމަވެސް އޭނާގެ ކުޅުން ދަށްނޫން ކަމަށެވެ. އަދި އުއްމީދަކީ ބަޔާނަށް ކާމިޔާބު ހޯދައިދިނުން ކަމަށެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް 124 މެޗު ކުޅެދިން ކީޕަރު ވަނީ ކެރިއަރުގައި މިހާތަނަށް ބަޔާނަށް 752 މެޗު ކުޅެދީފަ އެވެ.

މެނުއަލް ނޯޔާ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
10 ޑިސެމްބަރު 2024

އަނިޔާާގެ ސަބަބުން ނޯޔާ އަށް މިއަހަރު ނުކުޅެވޭނެ

10 ޑިސެމްބަރު 2024
އަނިޔާާގެ ސަބަބުން ނޯޔާ އަށް މިއަހަރު ނުކުޅެވޭނެ
09 ޖޫން 2024

އެއް ނަންބަރު ކީޕަރަކީ ނޯޔާ: ނާގަލްސްމަން

09 ޖޫން 2024
އެއް ނަންބަރު ކީޕަރަކީ ނޯޔާ: ނާގަލްސްމަން
21 މާރިޗު 2024

ނޯޔާ އަށް އަނިޔާވެ ކުޅުމާ ދުރަށް!

21 މާރިޗު 2024
ނޯޔާ އަށް އަނިޔާވެ ކުޅުމާ ދުރަށް!
29 ނޮވެމްބަރު 2023

ނޯޔާ އަދިވެސް ހުރީ ބަޔާނާއެކު ކާމިޔާބީތައް ހޯދުމުގެ ޢަޒުމުގައި

29 ނޮވެމްބަރު 2023
ނޯޔާ އަދިވެސް ހުރީ ބަޔާނާއެކު ކާމިޔާބީތައް ހޯދުމުގެ ޢަޒުމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު