Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުތުން

މި ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނުކުންނަ ދުވަސް ދަނީ ކައިރިވަމުން: މެންބަރު ނާޒިލް

ޒުވާނުންނަށާއި، ކުދި ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިންނަށް މިސަރުކާރުން ދަނީ ދަތިކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 އޯގަސްޓު 2024 | ހޯމަ 07:02
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނުކުންނަ ދުވަސް ވަރަށް ކައިރިވެފައިވާ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ މި ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުން ހިތްހަމަނުޖެހި މާޔޫސްވެފައިވާ ކަމަށެވެ. ސަރުކާރާ ދެކޮޅަށް އެމްޑީޕީން މަގުމައްޗަށް ނުނިކުންނަ ސަބަބާ ގުޅޭގޮތުން ވަރަށް ގިނައިން ސުވާލު އަންނަކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ މަގު މައްޗަށް ނުކުންނަ ދުވަސް ވަރަށް ކައިރިވެފައިވާ ކަމަށާއި، އެމަންޒަރުތައް ފެންނަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ ޒުވާނުންނަށާއި، ކުދި ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިންނަށް މިސަރުކާރުން ދަތި ކުރަމުންދާ ކަމަށެވެ. އަދި ބޮޑެތި އަދަދުތަކުން ކަސްޓަމްސްއިން ޑިއުޓީ ނަގަމުންދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

އިކޮޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދަން ނޭނގޭ ކަމަށާއި، އެބޭފުޅާއަށް މަގު ދެއްކުމަށް ރައީސް މުއިއްޒަށް ވެސް އެހައި ރަނގަޅަށް ނޭނގޭ ކަމަށެވެ.

މެންބަރު ނާޒިލް ވިދާޅުވީ މިސަރުކާރާއެކު ގައުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށާއި، ރައްޔިތުންގެ އަތްމަތި ދަތިކޮށްފައިވާ ކަމަށެވެ. އެއްޗެހީގެ އަގު އިންތިހާއަށް ބޮޑުކޮށްފައިވާއިރު، އާމްދަނީ އިތުރުނުވާ ކަމަށާއި، ވިޔަފާރިތައް ބަގުރޫޓު ވަމުންދާ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ. މެންބަރު ނާޒިލް ވިދާޅުވީ ރާއްޖޭގެ އެކިއެކި ސިނާއަތްތަކަށް ވެސް ނޭދެވޭ އަސަރުކޮށްފައިވާއިރު، އިމާރާތް ކުރުމުގެ ސިނާއަތް ބޮޑު ތަނުން ބަގުރޫޓުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާލަތުގެ ގޮތުން މުވައްޒަފުންނަށް މާދަމާގެ މުސާރަނުދެވޭ ހާލަތަށް ދިއުމަކީ ދުރުކަމެއް ނޫން ކަމަށެވެ.

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު