Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މައްލާ ޅަ ތުއްތު

މައްލާ ޅަތުއްތު: ބޭރުގައި ވެސް މަޝްހޫރު، ގޮތުގައި ހުރި ގަދަ މީހެއް

އޭނާ އަކީ ރާއްޖޭން ބޭރުގެ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި ރެފްރީ އެވެ.

ރާއްޖެ އެމްވީ | 16 އޯގަސްޓު 2024 | ހުކުރު 09:16
ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަ ތުއްތު

ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަ ތުއްތު

ހ. ސާވަން އަލްފާޟިލް މައްލާ ޅަތުއްތުގެ ރެފްރީކަން ފެށުނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެއްދުމުގެ މާކުރިންނެވެ. މަޖީދީއްޔާގައި ކިޔަވަން އުޅުމުގެ ތެރޭގައި އޭނާ ރެފްރީއަކަށްވާން ޖެހުނީ ސްކޫލް މުބާރާތްތަކުގައި ޖެހެމުންދިޔަ މައްސަލަތައް ހައްލު ކުރާނެ މީހަކު ނެތުމުންނެވެ. އެވީ ހޭންޑް ބޯލްއެއް ކަމަށް އެތައް ކުދިބަޔަކު ކުރަމުންދިޔަ ޝަކުވާތަކަށް ނިމުން ގެނައުމަށެވެ. މިކަމުގައި މައްލާގެ މަދަދުގާރަގަށްވީ އޭނާގެ ކާފަ މަރްހޫމް މައްލާ ދޮހޮއްތު އެވެ. ކާފަ އަކީ ކަނބުރުވެރިއަކަށްވުމުން މައްލާގެ އެދުމުގެ މަތީން ކާފަ އޭނާ އަށް ރެފްރީކަންކުރާނެ ކަށިގަނޑެއް ތައްޔާރުކޮށްދިނީ ލޯ ޓިނު ބޭނުންކޮށްގެންނެވެ. ނަމަވެސް އެކަށިގަނޑަށް ފުމެލުމުން ފުރަތަމަ އަޑު ބޭރެއްނުވި އެވެ. އަޑުނެރުމަށް ފަހުން ކަށިގަނޑުގެ ތެރެއަށްލެއްވީ ކައިރި ގެއަކުން ހޯދި ކުންނާރު އޮށެކެވެ. މިހާ ދަތި ހާލުގައި ވެސް އުމުރުން އެންމެ 12 އަހަރުގައި މައްލާ އޭނާގެ ރެފްރީކަމުގެ ފުރަތަމަ ފިޔަވަޅު އެޅީ ކޮންމެވެސް ދުވަހަކުން ފީފާ ރެފްރީއަކަށްވުމުގެ މަތިވެރި އަޒުމާއެކުގަ އެވެ.

އާއްމުންގެ ތެރެއަށް އޭނާ މަޝްހޫރުވާން ފެށީ ރައީސް އިބްރާހީމް ނާސިރުގެ އެންގެވުމުގެ މަތީން އައްޑު އަތޮޅުގައި ބޭއްވި ގައުމީ ފުޓްބޯޅަ މުބާރާތުގެ މެޗުތަކުންނެވެ. ރެފްރީއަކަށް ބަދަލުވުމުގެ ކުރިން އޭނާ އަކީ ކުޅުންތެރިއެކެވެ. ޑިފެންސަށް ކުޅެން އޭނާ ފުރަތަމަ ގުޅުނު ކުލަބަކީ ރޭޑިއަންޓެވެ. ފަހުން ބަދަލުވީ އެކުވެރި ކުދީންތަކެއް އުފެއްދި މާލޭ ޓެނިސް ކުލަބަށެވެ.

ރަސްމީގޮތެއްގައި އޭނާގެ ރެފްރީކަމުގެ ފެށުން އައީ ޓެނިސް ކުލަބުގައި އުޅުނުއިރު މަރްހޫމް ޒާހިރު ނަސީރު ހިންގެވި ރެފްރީ ކޯހުން ފާސްވުމުންނެވެ. މިއާއެކު ޒާހިރާއި ބަންދު އަހްމަދު ސަލީމް ފަދަ ބޭފުޅުންނާއެކު މައްލާގެ ރެފްރީކަމުގައި ފިޔަ ޖަހަން ފެށީ 1968ގައި ގައުމި ފެންވަރުގެ މެޗުތަކަށް ނުކުންނަން ފެށުމުންނެވެ. މި ގޮތުން ވަރަށް އަވަހަށް ކުރިއަރައި ގޮސް އެންމެ ފުރަތަމަ ރާއްޖެއިން ފީފާ ބެޖް ހޯދި ދެ ރެފްރީގެ ތެރެއިން އެއް ބޭފުޅަކީ ވެސް މައްލާ ޅަތުއްތު އެވެ. މިވާހަކަ އެއިރު ސިލޯނުގެ ނޫސްތަކުގައި ވެސްޖެހި އެވެ.

ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެއްސަކީ ވެސް އޭނާ އެވެ. 1986 ވަނަ އަހަރު އިންޑިޔާގެ ކަލްކަތާގައި އޮތް މުބާރާތުން މަޝްހޫރުކަން ހޯދި ރެފްރީ ފަހުން ވެގެންދިޔައީ ސާކް ސަރަހައްދުގައި ވެސް ވަރަށް މަގްބޫލު ރެފްރީއަކަށެވެ. ހާއްސަކޮށް ފީފާގެ ބެޖް ހޯދުމަށް އޭނާ އިމްތިހާނުގައި ބައިވެރިވާންދިޔަ ސްރީލަންކާގައި މައްލާއަކީ މަޝްހޫރުކަން ބޮޑެވެ. ނަތީޖާއެއްގެ ގޮތުން ސާފް ގޭމްސްގައި ދެ ފަހަރު ރެފްރީކަން ކުރަން ލިބި 91ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބުނެވެ. އެ މުބާރާތުގައި އިންޑިޔާ އާއި ބަނގްލަދޭޝް ކުޅުނު މެޗަށް އޭނާ އިންސާފުކުރިލެއް މޮޅު ކަމުން ތައުރީފް ސަރަހައްދީ ނޫސްތަކުގައި އޭނާ އަށް ތައުރީފްކުރި އެވެ. މުބާރާތުގެ ފައިނަލް މެޗުން ފުރުސަތު ނުލިބުނީ އެއްކޮޅުން ދިވެހިރާއްޖެ ފައިނަލުގައި ވާދަ ކުރަން ޖެހުމުންނެވެ.

އެފްއޭއެމުގެ އުފައްދައި އެތަނުގެ ފުރަތަމަ ޖެނެރަލް ސެކްރެޓަރީ އަކީ ވެސް މައްލާ އެވެ. އޭގެ ފަހުން ރެފްރީޒް ޑިޕާޓްމަންޓްގެ ހިންގުމާ ދެ ފަހަރެއްގެ މަތީން ހަވާލުވެ އޭނާ ވަނީ މިއަދާ ހަމައަށް ގިނައަދަދެއްގެ ރެފްރީންތަކެއް ގައުމީ ހިދުމަތަށް ނެރެދީފަ އެވެ. އެފްއޭއެމުގެ ލޯގޯ އާއި ދިވެހިން ރެފްރީންގެ ލޯގޯ ކުރެހީ ވެސް އޭނާގެ ދެ އަތުންނެވެ. އޭނާ އަކީ ފުޓްބޯޅައިގެ ކަމެއްގައި ކޮންމެ ގޮވާލިއަސް ހިނިތުންވުމާއެކު އިޖާބަދެއްވާ ބޭފުޅެކެވެ. މެދުނުކެނޑި 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތުގައި ދެމިހުންނެވީ ރެފްރީކަމަށްވުރެ ބޮޑަށް ލޯބިވާ އެހެން ކަމެއް ވެސް ނެތުމުންނެވެ.

މާލެ އާއި އަތޮޅުތެރެއަށް ދަތުރު ކުރައްވައި އެއްވެސް އުޖޫރައަކާނުލައި ރެފްރީންނަށް ބުނެދިނުމަކީ މައްލާ ވަރަށް ކުރާހިތުން ކުރި ކަމެކެވެ. ގައުމީ ހިދުމަތެއްގެ ގޮތުގައި ދެކިގެންނެވެ. އެކަމަށްހުރި ލޯތްބެއްގެ ވެސް ބޮޑުކަމުންނެވެ. އޭނާގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވެނީ ރެފްރީޒް ކަޕް ބާއްވައިގެން އުފެއްދި ރެފްރީންނެވެ. ވޯލްޑް ކަޕުގައި ރެފްރީކަން ކުރިހަމައެކަނި ދިވެހި ރެފްރީ މުހައްމަދު ސައީދާއި ރާއްޖެދުށް އެންމެ ކުޅަދާނަ ރެފްރީންކަމަށް އެތައް ބަޔަކު ގަބޫލުކުރި އަލީ ސަލީމާއި އަހުމަދު އަމީޒާއި އަހުމަދު އަބީރާއި ނާގޫރު އާސިމް ފަދަ ރެފްރީންނަކީ ސީދާ މައްލާގެ އިރުޝާދުގެ ދަށުން ހިދުމަތަށް ތައާރަފްވި މޮޅުރެފްރީންތަކެކެވެ. ރެފްރީކަން ކުރުމުގެ ރޮނގުން ސަރުކާރުން ދެއްވާ އާއްމު ހިދުމަތުގެ އިނާމް 1990 ވަނަ އަހަރު ލިބުނު މައްލާ އަކީ ފުޓްބޯޅައާ ގުޅޭ ކޮންމެ ކަމަކަށް ކޮންމެ ވަގުތެއްގައި ގޮވާލިއަސް ހިނިތުންވުމާއެކު އިޖާބަދެއްވާ ބޭފުޅެކެވެ. މެދުނުކެނޑި 50 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތުގައި ދެމިހުންނެވީ ރެފްރީކަމަށްވުރެ ބޮޑަށް ލޯބިވާ އެހެން ކަމެއް ވެސް ނެތުމުންނެވެ. މި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 2018 ވަނަ އަހަރު އޭނާ އަށް ވަނީ އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް ދީފަ އެވެ.

ހަގީގަތުގައި ދިވެހި ފުޓްބޯޅަ ދެމިއޮތްހާ ހިނދަކު މައްލާގެ ނަމަށް ފަ ނޑުކަމެއް ނާންނާނެ އެވެ. ހާއްސަކޮށް ރެފްރީންގެ އާއިލާގައި އޭނާގެ ނަމަކީ ސަމާސާކޮށް ހަދާ އަދި އެހާމެ އިބްރަތްތެރި ނަމެކެވެ. ސަމާސާއަކަށް ހަދާފައި ވިޔަސް އޭނާ އަށް ނިސްބަތްކުރެވޭ މައްލާ ގޯލުގެ ވާހަކައަކީ ދިވެހި ފުޓްބޯޅަ ރެފްރީންނަށް އެމީހުންގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރުމަށް ސަމާލުވެ ތިބުމަށް ލޯހުޅުވައިދޭ އަދި އެތަކެއް މުހިންމު ފިލާވަޅުތަކެއް ހަންދާންއާކޮށްދޭ މުހިންމު ހާދިސާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާންއަށް މަންމަގެ ފަހު ބަސް: ދަރިފުޅާ ނުދާތި އެހެންތަނަކަށް، ލަސްވަންދެން ބޭރުގައި ނޫޅޭތި!

ރިލްވާންއަށް މަންމަގެ ފަހު ބަސް: ދަރިފުޅާ ނުދާތި އެހެންތަނަކަށް، ލަސްވަންދެން ބޭރުގައި ނޫޅޭތި!

04 ސެޕްޓެމްބަރު 2019
ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

09 ޖޫން 2019
'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ

'ސައްހަ ވީސާއަކާ ނުލާ ރާއްޖެއިން ބޭރުގައި އުޅުން؛ މައްސަލައިގެ ސީރިއަސްކަން ދިވެހިންނަށް އިނގެން ޖެހޭ

01 މެއި 2019
ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟

ސަރުކާރު ބާއްވަންވީ ދަތްނެތް ސިންގާއެއްގެ ގޮތުގައި ހެއްޔެވެ؟

01 އެޕްރީލު 2019
ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟

ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟

07 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު