Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރިސް އޮލިމްޕިކްސް 2024

ސްޕެއިން ކަޓުވާލައި، ބްރެޒިލް ފައިނަލަށް

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ބްރެޒިލް މޮޅުވީ އެންމެ މެޗަކުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އޯގަސްޓު 2024 | ބުދަ 06:27
ބްރެޒިލް އަދި ސްޕެއިން އިން ކުޅުނު މެޗުގެ ތެރެއިން

ބްރެޒިލް އަދި ސްޕެއިން އިން ކުޅުނު މެޗުގެ ތެރެއިން

ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސްގެ އަންހެން ފުޓުބޯޅަ ފައިނަލްގެ ޖާގަ ބްރެޒިލް އިން ހޯދައިފި އެވެ.

ފައިނަލްގެ ޖާގަ ބްރެޒިލް އިން ހޯދީ ސެމީ ފައިނަލްގައި ސްޕެއިންގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު ބްރެޒިލް އިން ކާމިޔާބު ކުރީ 4-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބްރެޒިލް އިންނެވެ. މެޗުގައި ބްރެޒިލްގެ ލަނޑުތައް ޖެހީ ގަބީ ޕޯޓިޅޯ، އެޑްރިއާނާ އަދި ކެރޮލިން އެވެ. މެޗުގައި ބްރެޒިލްގެ ފުރަތަމަ ލަނޑަކީ ސްޕެއިންގެ ޕަރޭޑެސް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

މެޗުގައި ސްޕެއިންގެ ދެ ލަނޑު ވެސް ޖެހީ ސަލްމާ ޕަރަލުއޭލޯ އެވެ. އެއީ މެޗުގެ 85 ވަނަ މިނެޓާއ،ި ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޭނާ ޖެހި ލަނޑުތަކެވެ. މެޗުގައި ސްޕެއިން އަށް ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ލިބި، ބޭކާރުވެފަ އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ބްރެޒިލް މޮޅުވީ އެންމެ މެޗަކުންނެވެ. ދެ މެޗުން ބަލިވެފައިވާއިރު، ގްރޫޕް ސްޓޭޖުގައި ވަނީ ސްޕެއިން އަތުން ބަލިވެފަ އެވެ. ކުއާޓާ ފައިނަލްގައި ބްރެޒިލުން ވަނީ ފްރާންސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ސްޕެއިނުން ވަނީ ކާމިޔާބު ކޮށްފަ އެވެ. ކުއާޓާ ފައިނަލްގައި ސްޕެއިން ވަނީ ކޮލަމްބިއާގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޗެމްޕިއަންސް ލީގު: މެންސިޓީ ކަޓުވާލައި މޮނާކޯ ކުއާޓާއަށް

16 މާރިޗު 2017
ޗެމްޕިއަންސް ލީގު: މެންސިޓީ ކަޓުވާލައި މޮނާކޯ ކުއާޓާއަށް
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ތާރީހު ބަދަލުކޮށްފި، މަނަންގް ބަލިކޮށް ޓީސީ ފައިނަލަށް
22 ފެބުރުއަރީ 2017

އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް

22 ފެބުރުއަރީ 2017
އިންޓަ އޮފީސް ނެޓްބޯލް މުބާރާތް: އަންހެން ފައިނަލަށް އިމިގްރޭޝަން އަދި ކަސްޓަމްސް
21 ފެބުރުއަރީ 2017

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު