Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރިސޯރޓް ވޮލީ ލީގު

ރިސޯރޓް ވޮލީ ލީގު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވައްކަރު މޯލްޑިވްސް އަށް

ފައިނަލްގައި ވާދަކުރީ ފޯސީޒަން އެޓް ކުޑަހުރާ އެވެ.

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 5 އޯގަސްޓު 2024 | ހޯމަ 20:08
ރިސޯރޓް ވޮލީ ލީގުގެ ޗެމްޕިއަން ވައްކަރު މޯލްޑިވްސް: ފޮޓޯ-ޔަކޭ

ރިސޯރޓް ވޮލީ ލީގުގެ ޗެމްޕިއަން ވައްކަރު މޯލްޑިވްސް: ފޮޓޯ-ޔަކޭ

މޯލްޑިވްސް ރިސޯރޓް ވޮލީ ލީގު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވައްކަރު މޯލްޑިވްސް ހޯދައިފިއެވެ.

ބ.އަތޮޅުގެ ޗެމްޕިއަން ވައްކަރު މޯލްޑިވްސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މާލެ އަތޮޅު ފޯސީޒަންސް އެޓް ކުޑަހުރައާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ކުޑަހުރައާއި ޖެހިގެން އޮތް މާލެ އަތޮޅު ހުރާގައި ކުޅުނު ފައިނަލް މެޗުގެ ސެޓްތައް ވައްކަރު މޯލްޑިވްސްއިން ގެންދިޔައީ 25-17, 25-22 އަދި 25-19 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވައްކަރު ޓީމްގެ ސްރީލަންކާ ކުޅުންތެރިޔާ ވިދުރާ އެވެ. މުބާރާތުގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެސް އޭނާއެވެ. މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނުނީ ފޯސީޒަން އެޓް ކުޑަހުރާގެ އަބްދުالله ހަސަން, ހުސައިން ޔޫސުފް, ވައްކަރު މޯލްޑިވްސްގެ މުހައްމަދު ތަހުސީން, މުހައްމަދު ނޫރައްދީން, ޒަކީ, އަދި މުހައްމަދު އަހުސަން އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުރިން ގައުމީ ޓީމްގައި މޮޅަށް ކުޅުނު އަހުސަން އެވެ. އެންމެ މޮޅު ލިބަރޯއަކީ ވައްކަރުގެ ރައްޒާން އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ފޯސީޒަން އެޓް ކުޑަހުރާގެ ރިއުމާން އެވެ.

މިއީ މޯލްޑިވްސް ވޮލީބޯލް އެކަޑަމީން އިންތިޒާމް ކޮށްގެން ރިސޯރޓްތަކުގެ މެދުގައި ބޭއްވި ފުރަތަމަ ވޮލީބޯޅަ މުބާރާތެވެ. މިމުބާރާތުގައި ކުޅެވެނީ ހަމައެކަނި ރިސޯރޓް މުވައްޒަފުންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު