Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ

އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތެއް ނުކުރޭ، ކަންބޮޑުވެގެން އުޅެނީ މީހުންގެ މޫނުން އަސަރު ނުފެންނާތީ: މެންބަރު ޒިޔާދު

މިސަރުކާރުން އައްޑޫ ރައްޔިތުންގެ ކަންްބޮޑުވުމަށް ނުބަލާ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖުލައި 2024 | ބުރާސްފަތި 18:38
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވާހަކަދައްކަވަނީ

އައްޑޫ ސިޓީ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި، މިސަރުކާރުގެ ބޭފުޅުން އުޅެނީ އެ ވާހަކަ ދައްކާ މީހުންގެ މޫނުން އަސަރު ނުފެންނާތީ ކަންބޮޑުވެގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ހަރުގެ ޖަލްސާގައި މެންބަރު ޒިޔާދު ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ރަައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ދެ ފަހަރެއްގެ މަތިން އެ މައްސަލަ ބަލައިގަނެފައިވާ ކަމަށެވެ.

އެ މައްސަލާގެ ކަންބޮޑުވުން ހިއްސާކޮށް ބަހުސްކުރި ނަމަވެސް ސަރުކާރުގެ ޕީޖީ ލީޑަރު އުޅުއްވަނީ އެ ކަމުގެ ކަންބޮޑުވުން ހިއްސާކުރާ ބޭފުޅުންގެ މޫނުމަތިން އަސަރު ނުފެނިގެން ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އައްޑޫ ރައްޔިތުންގެ ކަންްބޮޑުވުމަށް ނުބަލާ ކަމަށެވެ.

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ އައްޑޫއަށް ކަރަންޓުގެ މައްސަލަ މިދިޔަ ރޯދަމަހު އިންޓަކޫލަރު ކިޔާ އެއްޗެއް ހަލާކުވެގެން ކަމަށާއި، އެއީ އެއްލައްކަ ރުފިޔާއަށް ސްރީލަންކާއިން ވެސް ލިބޭ އެއްޗެއް ކަމަށެވެ. ނަމަވެސް ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 10 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މިހާރުގެ ފެނަކަ އެމްޑީ ވާހަކަދައްކަވާ ކަމަށާއި، މުޅިން ވެސް ދައްކަމުންދަނީ އުދަނގޫ ގޮތްތައް ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

މެންބަރު ޒިޔާދު ވިދާޅުވީ އައްޑޫ އަކީ ވަރަށް ބޮޑު އާބާދީއެއް ކަމަށާއި، އައްޑޫގައި ވަރަށް ގިނަ ރައްޔިތުން ދިރިއުޅޭ ކަމަށެވެ. ކޮންމެ ކަމެއްގައި ކަރަންޓަށް ބަރޯސާވެފައިވާއިރު، މިމައްސަލައަށް ދާއިމީ އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށެވެ.

މެންބަރު ހުސެއިން ޒިޔާދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކަރަންޓް އައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު