Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގދ.ވާދޫގެ ތަރައްގީއަށް ހުރަސްއެޅުން

އިންޖީނުގޭގެ އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވައި، މިސަރުކާރުން ދަނީ ވާދޫގެ ތަރައްގީއަށް ހުރަސް އަޅަމުން: ކައުންސިލް

ވާދޫ އިންޖީނުގޭގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ޖުލައި 2024 | ހޯމަ 07:44
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވާދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ވާދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގދ.ވާދޫ ރައްޔިތުންގެ ތަރައްގީއަށް މިސަރުކާރުން ހުރަސްއަޅާފައިވާ ކަމަށާއި، އިމާރާތް ކުރަން ފަށާފައިވާ އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ހޯމަ ދުވަހު ވާދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ފެނަކައިގެ މުވައްޒަފުން ޒަމާނުއްސުރެ ކަޅުދުމާއި ދުނބުޅީގެ ތެރޭގައި މަސައްކަތްކުރުން ނިމުމަކަށް ގެނެސް، ފެނަކަ ކޯޕްރޭޝަނުން ރާއްޖޭގެ ގިނަ ރަށްތަކުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމަށްފެށި ބިޔަ މަޝްރޫއުގެ ދަށުން ވާދޫގައި އައު އިންޖީނުގެއެއް އިމާރާތް ކުރުމުގެ މަސައްކަތް ފަށައި، ބާރު ސްޕީޑްގައި ދަނިކޮށް 2023 ވަނަ އަހަރު ވެރިކަން ބަދަލުވެ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން، ރާއްޖޭގެ އެއްވެސް ރަށެއްގައި ހިންގަން ފަށާފައިވާ ތަރައްގީގެ މަޝްރޫއެއް ހުއްޓުވާ ނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ވާދޫގައި އިމާރާތް ކުރުމުގެ މަސައްކަތް ފަަށައި، 80 އިންސައްތަ އަށް ވުރެން ބޮޑުކޮށް ނިންމާފައިވާ އައު އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެމަސައްކަތް ނިންމުމަށް ވާދޫއަށް ގެނެސްފައިވާ މުދާތައް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުގެ ރަށްތަކަށް ގެންދާ ގެންދިއުން ހަރުކަށި އިބާރާތުން ކައުންސިލުން ވަނީ ކުށްވެރިކޮށްފައެވެ.

Advertisement - newsAdvertisement

ވާދޫގައި އިމާރާތް ކުރަމުންދާ އައު އިންޖީނުގޭގައި ނުނިމި ހުރީ އެންމެ 4 މަހުން ނިންމާލެވޭނެ މަސައްކަތްތަކެއްކަން ފާހަގަކޮށް ކައުންސިލުން ބުނީ އެ މަސައްކަތް ނުކުރުމުގެ ވިސްނުމާއެކު ވާދޫގައި ހުރި އެންމެހައި މުދާތައް ގެންދިއުމަކީ ރަށު ރައްޔިތުންނަށް، ފެނަކަ އަދި ސަރުކާރުން ކުރި މާލާމާތެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ރައްޔިތުންގެ މަޖިލީހުގައި ވާދޫ ރައްޔިތުންނާ ބެހޭގޮތުން ސަރުކާރުން ތަމްސީލު ކުރާ މެންބަރުން ދައްކަމުން ގެންދާ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކާއި ރައްޔިތުންނަށް ކުރާ މަލާމާތާ ފުރައްސާރަ ވެސް ކުށްވެރިކޮށް މިކަންކަން ހުއްޓާލުމަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

ކައުންސިލުން ވަނީ ފެނަކަ ކޯޕްރޭޝަނުން މިކުރަމުން ގެންދާ ކަންކަން ހުއްޓާލައި، ވާދޫ އިންޖީނުގޭގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ކޮންމެ ސިޔާސީ ޕާޓީއަކުން ސަރުކާރެއް އިންތިޚާބު ކުރެވުނު ނަމަވެސް ދިވެހި ދިދައިގެ ހިޔަލުގައިވާ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ފެހި ގާނޫނު އަސާސީގެ ދަށުން އެއްވެސް ތަފާތު ކުރުމެއްނެތި އެއިރެއްގައި ހުންނަވާ ރައީސަކު ޚިދުމަތް ކޮށްދެއްވަންޖެހޭ ރައްޔިތުންތަކެއްކަން މިސަރުކާރުގެ އިސްފަރާތްތަކަށް ނޭނގުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެކަމާ ހިތާމަ ކުރާ ކަމަށެވެ.

ރަށު ތަރައްގީއަށް ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެކިއެކި ފޯރަމްތަކުގައި ރައީސް ވިދާޅުވިކަން ފާހަގަކޮށް ކައުންސިލުން ބުނީ ވާދޫގައި މިހާތަނަށް ހިންގަން ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން ނަރުދަމާގެ މަސައްކަތް ފިޔަވައި އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ގެންދަން ފެށިފައިނުވުމަކީ މިސަރުކާރުން ވާދޫ ރައްޔިތުންގެ ތަރައްގީއަށް ހުރަސް އަޅަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

ވާދޫ ރައްޔިތުންގެ ހައްގުތައް ހިމާޔާތް ކުރުމަށާއި، ވާދޫ ރައްޔިތުންނަށް ތަރައްގީ ހޯދުމަށް ކުރަން ޖެހުނު އެއްވެސް މަސައްކަތެއް ހުއްޓާނުލައި ފަސްޖެހުމެއްނެތި އަޑު އުފުލައި ކަންކަން ހާސިލްކުރުމަށް އަބަދުވެސް ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ގދ. ވާދޫފެނަކަފެނަކަ ކޯޕަރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

03 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު