Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުން

އިމިގްރޭޝަން ވޮޗްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިހާތަނަށް 13 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި

20 ޖުލައި 2024 | ހޮނިހިރު 10:44

ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިން ހިންގަމުންދާ ބިދޭސީން ޑީޕޯޓުކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖުލައި 2024 | ހޮނިހިރު 10:44
ކާބޯތަކެތި ޑެލިވަރީ ކުރާ ތަން ހިންގަމުން އައި ގަރާޖު

ކާބޯތަކެތި ޑެލިވަރީ ކުރާ ތަން ހިންގަމުން އައި ގަރާޖު

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް ލޯންޗުކުރި ޕޯޓަލް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިހާތަނަށް 13 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީ ބަޔަކު ހުޅުމާލޭ ގަރާޖެއްގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކާއި ގުޅިގެން ''އިމިގްރޭޝަން ވޮޗް'' އަށް ލިބިފައިވާ މައުލޫމާތާއެކު މިމަހުގެ 18 ވަނަ ދުވަހު އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އިމިގްރޭޝަނުން ހާޒިރުވިއިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

Advertisement - newsAdvertisement

އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހަކާއި ގަރާޖުން 3 މީހަކު ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ 04 ތަނެއް ބަލައި ފާސްކޮށް، 02 ބިދޭސީ އަންހެނުން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިން ހިންގަމުންދާ ބިދޭސީން ޑީޕޯޓުކުރާނެ ކަމަށެވެ.

އާއްމުންނަށް ރިޕޯޓު ކުރެވޭގޮތަށް ހުޅުވާލި އިމިގްރޭޝަން ވޮޗް ޕްލެޓްފޯމާއެކު މި އޮޕަރޭޝަން ކުރިޔަށް އޮތްތަނުގައި އިތުރަށް ފުޅާވެގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ޕޯޓަލް ލޯންޗުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހެވެ.

މި އޮންލައިން ފްލެޓްފޯމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވިދާޅުވީ ކޮންމެ މީހަކަށް ވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓު ކުރެވޭނެ ކަމަށާއި، ފޮޓޯއާއި އެހެނިހެން މައުލޫމާތު ވެސް ހިއްސާކުރެވޭނެ ކަމަށެވެ. އަދި މައްސަލަ ހުށަހަޅާ މީހާގެ އައިޑެންޓީ ވެސް ސިއްރުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމް މިނިސްޓްރީ، ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ދަނީ ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

އިމިގްރޭޝަންއިމިގްރޭޝަން ވޮޗް

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
29 ޖޫން 2025

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
13 މެއި 2025

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2025

ގަވާއިދާ ހިލާފަށް ހުރާގައި އުޅުނު 46 ބިދޭސީއަކު ހައްޔަރަށް.

30 ޖެނުއަރީ 2025
ގަވާއިދާ ހިލާފަށް ހުރާގައި އުޅުނު 46 ބިދޭސީއަކު ހައްޔަރަށް.
25 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެއްސި މައްސަަލަ ފުލުހުން ބަލަން ފަށައިފި

25 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެއްސި މައްސަަލަ ފުލުހުން ބަލަން ފަށައިފި
24 ޑިސެމްބަރު 2024

ލޯކަލް މާރުކޭޓް ސަރަހައްދު ރެއިޑްކޮށް 23 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

24 ޑިސެމްބަރު 2024
ލޯކަލް މާރުކޭޓް ސަރަހައްދު ރެއިޑްކޮށް 23 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
22 ޑިސެމްބަރު 2024

ހިޔާ ފްލެޓުގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި 3 ބިދޭސީއަކު ހައްޔަރުކޮށްފި

22 ޑިސެމްބަރު 2024
ހިޔާ ފްލެޓުގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި 3 ބިދޭސީއަކު ހައްޔަރުކޮށްފި
17 ޑިސެމްބަރު 2024

ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

17 ޑިސެމްބަރު 2024
ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް