Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑޮލަރު ލިބުން ދަތިވުން

ޑޮލަރު ލިބުން ދަތިވެ، ބީއެމްއެލް އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ދޭ މިންވަރު ދަށްކޮށްފި

ޑޮލަރު ވިއްކާ ލިމިޓް އުވާލުމަކީވެސް ސަރުކާރުގެ ވައުދެއް

ރާއްޖެ އެމްވީ | 25 ޖޫން 2024 | އަންގާރަ 11:48
ބޭންކް އޮފް މޯލްޑިވްސް - ޑޮލަރު ލިބުމުގެ ތާށިކަން ބީއެމްއެލް އަށް ކުރިމަތިވެފައި މިންވަރު ބޭންކުން އަންނަނީ ފާހަގަ ކުރަމުން

ބޭންކް އޮފް މޯލްޑިވްސް - ޑޮލަރު ލިބުމުގެ ތާށިކަން ބީއެމްއެލް އަށް ކުރިމަތިވެފައި މިންވަރު ބޭންކުން އަންނަނީ ފާހަގަ ކުރަމުން

ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް މީގެ ކުރިން 1،000 ޑޮލަރާ ހަމައަށް ޑޮލަރު ގަނެވޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސާފައިވާ އުސޫލަށް ބަދަލު ގެނެސް އެ ދަރިވަރަކު ހުންނަ ގައުމަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދޭން ކަނޑައަޅާފައިވާ ސްޓައިޕެންޑަށް ވާ މިންވަރަށް ޑޮލަރު ދޫކުރާ ގޮތައް ހަމަޖައްސާ ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް އެކަން ބީއެމްއެލް އިން އަންގައިފިއެވެ.

މި ބަދަލާ އެކު ދިވެހި ދަރިވަރުން އެންމެ އާންމުކޮށް ކިޔަވަން ތިބޭ ގައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލަދޭޝް، މެލޭޝިއާ، ފިލިޕީންސް، ނޭޕާލް، އަދި ތައިލެންޑް ފަދަ ގައުމުތަކުގައި ސްޓައިޕެންޑްގެ ގޮތުގައި ބީއެމްއެލް އިން މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ އަދަދު 1000ށް ވުރެ މަދުވާނެ ކަން ފާހަގަ ކުރެވެއެވެ.

Advertisement - newsAdvertisement

މިގޮތުން، އިންޑިއާގައި ކިޔަވާ ދަރިވަރަކަށް ދެން މަހެއްގެ މައްޗަށް ގިނަވެގެން ބީއެމްއެލް އިން ގަނެވޭނީ 440 ޑޮލަރެވެ. މެލޭޝިއާ ނަމަ 415 ޑޮލަރެވެ. ބަންގްލަދޭޝްގައި ތިބި ދަރިވަރުންނަށް ވިއްކާނީ 400 ޑޮލަރެވެ. އަދި ތައިލެންޑުގައި ތިބި ދަރިވަރުންނަށް ގަނެވޭނީ 598 ޑޮލަރެވެ. ފިލިޕީންސްގައި ތިބި ދަރިވަރުންނަށް ކަނޑައަޅާފައިވަނީ 450 ޑޮލަރެވެ. ނޭޕާލްގައި ކިޔަވާނަމަ 415 ޑޮލަރު ކަނޑައަޅާފައިވާއިރު، ރަޝިއާގައި ތިބި ދަރިވަރުންނަށް 615 ޑޮލަރު ގަނެވޭނެއެވެ.

ސްޓައިޕެންޑުގެ ގޮތުގައި އެކި ގައުމުތަކަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކި އަދަދު ކަނޑައަޅާފައިވާއިރު، ބީއެމްއެލް އިން ދަރިވަރުންނަށް ޑޮލަރު ދެން ވިއްކާނީ މިނިސްޓްރީގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ އަދަދުތަކާ އެއް ގޮތައް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޑޮލަރު ލިބުމުގެ ތާށިކަން ބީއެމްއެލް އަށް ކުރިމަތިވެފައި މިންވަރު ބޭންކުން އަންނަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބީއެމްއެލް އަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށް ވުރެ މާ ބޮޑުތަން އިތުރަށް މިހާރުވެސް ބޭންކުން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާކަން އެ ބޭންކުން ފާހަގަ ކުރެއެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ މެއި މަހު ބޭއްވި ބޭންކުގެ އަހަރީ އާއްމު ބައްދަލުވުމުގައި ބީއެމްއެލް އަށް ގަންނަން ލިބުނު ޑޮލަރުގެ އަދަދަށް ވުރެ 333 މިލިއަން ޑޮލަރުގެ އިތުރަށް މިހާތަނަށް ބޭންކުން ވިއްކާފައިވާ ކަމަށް ވިދާޅުވިއެވެ. ބޭންކުން ބުނަނީ ގަންނަން ނުލިބޭ މިންވަރަކަށް ޑޮލަރު ވިއްކޭނެ ގޮތެއް ނޯންނާނެ ކަމުގައެވެ.

ދަރިވަރުންނަށް ލިބޭ ޑޮލަރުގެ މިންވަރު ބޮޑުތަނުން ބީއެމްއެލް އިން ދައްކުރި އިރު، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން މަހަކު 1،200 ޑޮލަރު މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ނެގޭ ގޮތަށް ހަމަޖައްސާނެ ކަމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޑރ. މުއިއްޒުގެ ސަރުކާރުން ބުނި ނަމަވެސް އެކަންވެސް ތަންފީޒު ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ރިޔާސީ ވައުދެއްގެ ގޮތުގައި، ބޭންކް ތަކުން ވިއްކާ ޑޮލާރުގެ ލިމިޓް އުވާލާނެ ކަމަށްވެސް ޑރ. މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ވައުދުވެ ވަޑައިގަތްފައެވެ. އެ ވައުދާ ބެހޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް މިހާތާކަށް ބުނެފައެއް ނުވެއެވެ.

ޑޮލަރުބީއެމްއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު