Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުށްކުރުން އިތުރުވުން

މާލޭގައި ކުށްކުރުން އިތުރުވަނީ ކުރީ ސަރުކާރުން ކަމަށް ދައްކަން އުޅުމުން އ. ކޮމިޝަނަރ ޝިފާން ހޫނު ފެނަށް!

ކުށްކުރުމުގެ މައްސަލަ ކަންބޮޑުވާ މިންވަރަކަށް އިތުރުވެ އެ ވާހަކަތައް ނޫސްތަކުގައި ލިޔެ، ސޯޝަލް މީޑިއާގައި ދެއްކުމުން ސަބަބަކަށް ޝިފާން ދެއްކެވީ ކުރީ ސަރުކާރު. މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ މީގެ 10 މަސް ދުވަސް ކުރިން 434 ކުށްވެރިން މުޖުތަމަޢުއަށް ދޫކޮށްލުމުން ކަމަށް ޝިފާން އެކްސްގައި ވިދާޅުވެފައިވޭ.

މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ މީގެ 10 މަސް ދުވަސް ކުރިން 434 ކުށްވެރިން މުޖުތަމަޢުއަށް ދޫކޮށްލުމުން ކަމަށް ޝިފާން ބުނެފައިވޭ

ރާއްޖެ އެމްވީ | 19 ޖޫން 2024 | ބުދަ 15:12
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން

ޝިފާން ބުނުއްވަނީ ކުށްކުރުން އިތުރުވީ ކުރީ ސަރުކާރުން ކުށްވެރިންތަކެއް ދޫކޮށްލުމުން ކަމަށެވެ. އާއްމުން އަހަނީ މި ސަރުކާރުން މަޖިލީސް އިންތިޚާބަށް ދޫކޮށްލި ބޮޑެތި ކުށްވެރިންގެ އަދަދު ޝިފާން ހާމަ ނުކުރެއްވީ ކީއްވެތޯ؟

މާލޭގައި ވައްކަމާއި، ހުޅުޖެހުމާއި، ފޭރުމާއި، މަސްތުވާތެކެތި ވިއްކުމާއި، ބޭނުން ކުރުމާއި މިހެން ގޮސް އެތައް ބާވަތެއްގެ ކުށްކުރުން އިންތިހާ އަށް އިތުރުވެފައިވާ ކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ.

މާލޭގައި ކުށްކުރުން އިތުރުވެ، އެކަމުގެ ނުތަނަވަސް ކަން އާއްމުންގެ ތެރޭގައިވެސް ވަނީ ބޮޑުވެފައެވެ.

ރައްޔިތުންނަށް އަމާން ވެއްޓެއް ކަށަވަރު ކޮށްދީ މީހުންގެ މުދަލާ ގޯތި ގެދޮރުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އެންމެ ބޮޑު ޒިންމާ އެއް މަތިވެފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށެވެ.

ކުށްކުރުމުގެ މައްސަލަ ކަންބޮޑުވާ މިންވަރަކަށް އިތުރުވެ އެ ވާހަކަތައް ނޫސްތަކުގައި ލިޔެ، ސޯޝަލް މީޑިއާގައި އެކަމުގެ އުނދަގުލުގެ ކަންބޮޑުވުން އާއްމުން ފާޅު ކުރަން ފެށުމުން، ފުލުހުންގެ އެންމެ މަތީ ވެރިންގެ ލެވެލް އިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ދެއްކެވި ސަބަބަކީ ކުރުކޮށް ދަންނަވާނަމަ "ކުރީ ސަރުކާރެވެ."

ޝިފާން "އެކްސް" ގައި ވިދާޅުވީ، މާލޭގައި ކުށްކުރުން އިތުރުވެފައި ވަނީ މީގެ 10 މަސް ދުވަސް ކުރިން 434 ކުށްވެރިން މުޖުތަމަޢުއަށް ދޫކޮށްލުމުން ކަމަށެވެ.

މިހާރު އޮތް ސަރުކާރަށް އަދި 10 މަސް ދުވަސް ފުރިހަމަ ނުވާތީ، އެހެން ވީމާ އެކަން ގޮސް އެ އެޅެނީ ކުރީ ސަރުކާރުގެ ބޮލުގައެވެ.

ޝިފާން ވިދާޅުވީ، ކުށްވެރިން ދޫކޮށްލީ އެ މީހުންގެ ކަންކަން ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަށެވެ. އަދި ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ކުރިން ރޭވުންތެރި ކަމާ އެކު މަސައްކަތްތައް ކުރެވިފައި ނެތުމުގެ ސަބަބުން ކަމަށެވެ.

ކުށްވެރިން ހައްޔަރު ކުރުމާއި، އިންސާފުގެ ކުރިމައްޗަށް ގެނައުމާއި، ކުށްކުރުން މަދުކުރުމަށް ބޭނުންވާ ރޭވުން ތެރިކަމާއި، ފުލުހުންގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް މިހާރު އޮތީ ކޮން ހުރަހެއް ކަމެއް ޝިފާން ވިދާޅެއް ނުވެއެވެ.

އެހެން ކަމުން އެސިސްޓެންޓް ކޮމިޝަނަރގެ ވާހަކައިން މިހާރު މި ހިނގާ،

ވައްކަމާއި، މީހުން ރަހީނު ކުރުމާއި ފޭރުމާއި މަސްތުވާ ތަކެތީގެ މައްސަލަތަކަކީ ކުރީ ސަރުކާރުގެ ސަބަބުން ހިނގާ ކަންތައްތައް ކަމަށް އާއްމުން ގަބޫލު ކޮށްލައިގެން ތިބެންވީއެވެ.

އެހެން އެކަން ވާކަށް ނެތެވެ. ޝިފާން "އެކްސް" ގައި ލިޔުއްވި ވާހަކައިން އުނިވާ މައުލޫމާތު ހުރިކަން އެ ލިޔުން ކީ ބައެއް ފަރާތްތަކުން ފާޙަގަ ކުރެއެވެ.

އެކްސް ގައި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވަނީ ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ދޫކޮށްލި ކުށްވެރިންގެ އަދަދު ވެސް ހާމަ ކުރަން ޖެހޭނެ ކަމުގައެވެ.

އާއްމުންގެ އެހެން މީހަކުވެސް ހަމަ މި ނުކުތާ ފާހަގަ ކޮށްފައިވެއެވެ.

"މި ސަރުކާރުން މަޖިލިސް އިންތިޚާބަށް ކްލެމެންސީ ބޯޑު އުވާލާފައި، ކުޑަ ކޮމިޓީއެއް ހަދައިގެން ދޫކުރި ބޮޑެތި މުޖުރިމުންނާއި، ވަގުންގެ ވާހަކަ ވެސް ދައްކަ ބަލަ." ޝިފާނަށް ރައްދު ދެމުން އޭނާ ބުނެފައިވެއެވެ.

ކުށްވެރިންގެ އަދަބު ލުއިކޮށް ދޫކޮށްލުމަކީ ވަކި ސަރުކާރަކުން އެކަނި ކުރާނެ ކަމެއް ނޫނެވެ. އެހެން ކަމުން ކުށްވެރިން ދޫކުރީ ކުރީ ސަރުކާރުން އެކަނި ކަމަށް ދޭހަވާ ގޮތައް ޒިންމާދާރު މަގާމެއްގައި ހުންނެވި ފަރާތަކުން ވިދާޅުވުމަކީ މައްސަލަ ސިޔާސީ ކުރުމެވެ. އެއީ އާއްމުންގެ އެތައް ބަޔަކު ޝިފާންގެ ވާޙަކަ އަށް ރައްދު ދެމުން ފާހަގަ ކޮށްފައިވާ ނުކުތާއެކެވެ.

ޝިފާންގެ ވާހަކަ އާ ގުޅިގެން ސޯޝަލް މީޑިއާ ގައި އާއްމުންގެ ގިނަ ބަޔަކު ވަނީ އެތައް ސުވާލެއް އުފައްދާ، އެތައް ގިނަ ފާޑު ކިޔާފައެވެ.

ގިނަ މީހުންގެ ވާހަކައިން ޝިފާން ދެއްކެވީ ޒިންމާދާރު ވާހަކަ އެއް ނޫނެވެ.

ކުރީ ސަރުކާރު ބަހަނާ ދެއްކުން ނިމުމަކަށް އަންނާނީ ކޮން އިރަކުންތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ދައުލަތުނެ ފުލުހުންގެ ޚިދުމަތުގައި ތިބި މީހުންނަށް ދޭން ޖެހޭ މުސާރައާ އިނާޔަތްތައް ބަރާބަރަށް އަންނަނީ ދެމުންނެވެ. އެހެން ކަމުން ކުރީގައި ވީ ކަމެއްގެ ވާޙަކަ ދައްކައިގެން މޮޅެއް ނެތެވެ. އެހެން ކަމުން އާއްމުން ބުނަނީ ތާކުން ތާކު ނުޖެހޭ ސަބަބުތައް ދެއްކުމުގެ ބަދަލުގައި މައްސަލަ ހައްލު ކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރުން މާ މުހިންމު ކަމަށެވެ.

އެކަކު ބުނެފައިވާ ގޮތުގައި ކުރީ ސަރުކާރުން ދޫކުރި ކުށްވެރި އަކު ދޫކޮށްފައިވަނީ، އެމީހަކު ދޫކޮށްލާތާ އެއް އަހަރުގެ ތެރޭގައި ކުށެއް ކޮށްފިނަމަ ހައްޔަރު ކޮށް ބަންދުކުރާނެ ކަމަށް ޝަރުތު ކޮށްފައި ކަމަށް ކުރިން ހާމަ ކޮށްފައި ވުމާއެކު، އޭރު ދޫކޮށްލި މީހުންގެ ތެރެއިން އަލުން ކުށް ކޮށްގެން ހައްޔަރު ކުރީ ކިތައް މީހުންކަން މިފަދަ ވާޙަކަ އެއް ދައްކަވާ އިރު ޝިފާން ސާފުކޮށްދެއްވަން ޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ޚިޔާލު ފާޅު ކުރި މީހުންގެ ނަޒަރުގައި ކުށްކުރުން ނުހުއްޓުވިގެން އުޅެނީ، ސަރުކާރުގެ ވެރިންނާ ގޭންގުތަކާ އޮންނަ ގުޅުމުގެ ސަބަބުންނެވެ. އެހެންވެ ކުށްކުރުން ހުއްޓުވުމުގައި ފުލުހުންގެ ބާރެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ޝިފާނުގެ ވާހަކަ ބައެއް މީހުން ސިފަކުރީ ސިޔާސީ ބަޔާނެއްގެ ގޮތުގައެވެ. އަދި ސިޔާސީ ސްޓޭޓްމަންޓް ދޭނީ ޔުނީފޯމުގައި ނޫން ކަމަށްވެސް ބުނުފައިވެއެވެ.

ބަހަނާ ދެއްކުމަށް ވުރެ ނުވަންޏާ ޔުނީފޯމް ބާލައިފައި އިސްތިއުފާ ދިނުން މާ ރަނގަޅު ވާނެ ކަމަށްވެސް މި މައްސަލައިގައި ފާޑުކީ މީހަކު ބުނެފައި ވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

ކޮރަޕްޝަން، ރިޝްވަތު: ސަރުކާރުން ކުރީމަ އޯކޭ؟!

23 އޮކްޓޯބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017
ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

ކުރީގެ ޑީޕީޖީ ދީބާނާޒަށް ދައުވާކުރި ގޮތަށް ބިޝާމަށް ވެސް ދައުވާ ކުރެވޭނެ!

09 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު