Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުށިދިއްގަރުފަޅު ހިއްކުން

ފުށިދިއްގަރުފަޅުގެ މައްސަލައިގައި ސަރުކާރުން އުޅެނީ އެއް ދޮނުގައި ދެ ބުޅި ޖަހަން ކަމަށް މާރިޔާ ސިފަކުރައްވައިފި

ބިމުގެ ބަދަލުގައި ވެސް ފައިސާ ހޯދަނީތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 ޖޫން 2024 | އާދީއްތަ 13:28
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ

ފުށިދިއްގަރުފަޅު މައްސަލައިގައި ސަރުކާރުން އުޅެނީ އެއް ދޮނުގައި ދެ ބުޅި ޖަހަންކަމަށް ނިމިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހްމަދު ދީދީ ސިފަކުރައްވައިފިއެވެ.

މާރިޔާ އެފަދައިން ވިދާޅުވީ ފުށިދިއްގަރުފަޅާއި މެދު ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ. ރަސްމާލެ ހިއްކުން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ގޮސްފައި ނުވާތީ އެއްބަސްވުން ބާތިލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ބުނެފައި ވާއިރު އެ މަޝްރޫޢު އިން ސަރުކާރުން ހާސިލްކުރަން ބޭނުންވި ހަގީގީ މަޤްސަދާއި ގުޅޭ ގޮތުން އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ. މިފަދަ އެއްބަސްވުންތަކުގެ ނިވަލުގައި ސަރުކާރުން ނާޖާއިޒް މަންފާތައް ހާސިލުކުރަމުންދާ ކަމަށް ވެސް ބައެއް އާއްމުން ދަނީ ބުނަމުންނެވެ. އެފަދަ ފަރާތްތަކުން ތުހުމަތުކުރާ ގޮތުން މިފަދަ އެއްބަސްވުންތަކުގެ އިނީޝިއަލް މަރުހަލާގައި ވެސް ސަރުކާރަށް ގިނަ އަދަދެއްގެ ފައިސާތަކެއް ލިބެއެވެ. އެހެންކަމުން މި ސަރުކާރުން ފުށިދިއްގަރުފަޅުގެ ނަމުގައި ހޯދި ފައިސާ ނިމިދިޔަ މަޖިލިސް އިންތިޚާބަށް ހޭދަކުރީ ނޫންތޯ އެފަދަ ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި މިހާރު އިންތިޚާބު ނިމުމުން ސިވިލް ކޯޓަށް ގޮސް، އެ މަރުހަލާގެ ނާޖާއިޒް މަންފާ ހޯދައިގެން، މަޝްރޫޢު މެދު ކަނޑުވާލުމަށް ފަހު ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ފުރުސަތު އޮތްކަން އެފަދަ ފަރާތްތަކުން ފާހަގަކުރެއެވެ.

މި މައްސަލާގައި އެކްސްގައި މާރިޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެއް ދޮނުގައި ދެ ބުޅި ޖެހުން ކަމަށެވެ. ސިވިލް ކޯޓުން އަމުރެއް ނެރެގެން 4 ވަރަކަށް އަހަރު ޕްރޮޖެކްޓް ލަސްކޮށްލުމަށް ފަހު ލިބުނު ގެއްލުމުގެ ބަދަލު އިންތިޚާބަށް ހޭދަކުރުމުގެ ފުރުސަތު އޮތްކަން މާރިޔާ ފާހަގަކުރެއްވިއެވެ. މާރިޔާގެ އެވާހަކަތަކަށް އިޝާރާތްކޮށް ރާއްޖެއެމްވީން ސުވާލުކުރުމުން މާރިޔާ ވަނީ މިފަދަ މަސައްކަތްތަކުގައި ސޮއިކުރާ އިރު ވެސް ސަރުކާރަށް ވަކި މިންވަރަކަށް ފައިސާ ލިބޭ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މި މަޝްރޫޢު ފެށުމަށް ފުރަތަމަ އެކުލަވާލި އެގްރީމެންޓުގެ ދަށުން ފައިސާ ދިންތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަމަށާއި އެއީ ކިހާ އަދަދެއްގެ ފައިސާއެއްކަން އާއްމުންނަށް ސާފުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ފުށިދިއްގަރުފަޅުގެ މަޝްރޫޢު ހިންގަނީ މާލެ ސަރަހައްދުން ބިން ދީގެން ކަމަށް ބުނި ނަމަވެސް އެ ބިން ނުދޭން ނިންމާފައިވާ ކަމަށް ފަހުން ސަރުކާރުން ބުނެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެހެންކަމުން އެ ބިމުގެ ބަދަލުގައި ވެސް ފައިސާ ހޯދަނީތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަޝްރޫޢު އާއި ގުޅޭ ކަންކަން ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށާއި ނޫން ނަމަ އެ މަޝްރޫޢުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަމަށް ބުނުމުގެ ފުރުސަތު އޮތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފައިވާ ގޮތަށް ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށާތާ 8 މަސް ދުވަހުގެ ތެރޭގައި ނުނިމޭނެކަން ސަރުކާރުން ހާމަކުރީ ނިމިިދިޔަ ބުރާސްފަތި ދުވަހުއެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިންގާ އެންމެ ބިޔަ މަޝްރޫއުކަމަށް ސިފަކުރައްވާފައެވެ. އެ މަޝްރޫއު 8 މަސްދުވަހުގެ ތެރޭގައި ނިންމައިނުލެވޭނެ ކަމަށާއި، އެހެންކަމުން އެ މަޝްރޫޢު އާއި މެދު ސަރުކާރުން އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން ސަރުކާރުން ނިންމާފައި ވަނީ އެ މަޝްރޫއަށް ޚަރަދުކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި 70 ހެކްޓަރުގެ ބިން އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރަށް ދީގެން އެ މަސައްކަތް ނިންމުމަށެވެ. އެގޮތުން ހުޅުމާލެއިން 10 ހެކްޓަރުގެ ބިމާއި ރަސްމާލެ މަޝްރޫއިން 60 ހެކްޓަރުގެ ބިން އެ މަޝްރޫޢުގެ މަސައްކަތް ކުރާ ކުންފުންޏަށް ދޭން ނިންމިއެވެ. މިނިސްޓަރު ވަނީ އެއީ ސަރުކާރަށް ލޯނު ނެގުމަކާ ނުލާ ބޮޑު ދަރަންޏެއް ނެތި އެ މަޝްރޫޢު ކުރިއަށް ގެންދެވޭނެ މަގެއް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 އެޕްރީލު
ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ކުރިއަށް އޮތް 6 މަސް ދުވަހަށް އެމްޕީއެލް މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާ ކަނޑާލައިފި

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!
20242 އަހަރު ކުރިން
ރިޕޯޓު

ޝިފާ ހޮސްޕިޓަލް ޤަބުރުސްތާނަކަށް، މުޅި ތަނުގައި ޤަބުރު ކުނިވަސް!

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"
20233 އަހަރު ކުރިން
ރިޕޯޓު

"2 މިލިއަނުންވެސް ނުފުދޭ، ދެން ކޮންތާކުންތަ ފައިސާ ނެރެންވީ؟"

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން
20224 އަހަރު ކުރިން
ރިޕޯޓު

ހަތަރު އަހަރު ފަހުން ދަރިފުޅު ފެނުނީ ޑްރަގާއި ދެކޮޅަށް ތެދުވުމަށް އެމްޓީސީސީން ދިން ފުރުސަތުގެ ސަބަބުން

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

"ޕޮލިސް ބޯޑު" އެކުލަވާލައްވައިފި

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ
20188 އަހަރު ކުރިން
ސިއްހަތު

ބަރުދަން ލުއި ކުރަން ޕާސްތާ ބަރާބަރު: ދިރާސާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު