Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޭ-ޕާކު މައްސަލަ

ކޭ-ޕާކު މައްސަލަ: އެއްބަސްވުމާއި ހިލާފުވެފައިވާތީ ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކައި، ފްލެޓު ހަވާލުކުރުމަށް އަންގައިފި

29 މެއި 2024 | ބުދަ 12:22

ވަކީލު ހަރަދުގެ ގޮތުގައި 12،000 ރުފިޔާ ދިނުމަށް ވެސް އަމުރުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 މެއި 2024 | ބުދަ 12:22
ހުޅުމާލޭގައި ތަރައްގީކުރަމުން ދާ ކޭ ޕާކު ފްލެޓުތައް

ހުޅުމާލޭގައި ތަރައްގީކުރަމުން ދާ ކޭ ޕާކު ފްލެޓުތައް

ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު، ކޭޕާކް ރެސިޑެންސްގެ ފްލެޓެއް ގަތުމަށް އަމިއްލަ ފަރާތަކުން ވެފައިވާ އެއްބަސްވުމަކާ އެ ކުންފުނިން ޚިލާފުވެފައިވާތީ، އެމީހާއަށް 2 ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކައި ފްލެޓް ހަވާލުކުރުމަށް ހަމްބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަލީ ބުޝްރީ ނަމަކަށް ކިޔާ މީހަކު ވަނީ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު، ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓެއް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Advertisement - newsAdvertisement

އޭނާ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އެ ކުންފުންނާއި އޭނާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 12 ވަނަ މާއްދާއާއި އެއްގޮތަށް 2022 ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށް އެޕާޓްމެންޓުގެ މަސައްކަތް ނިންމައި ކުންފުނިން އެޕާޓްމެންޓް ހަވާލުކޮށްފަނުވާ ކަމަށެވެ. އަދި އެޕާޓްމެންޓުގެ މަސައްކަތް ނިންމައި، 30 ދުވަހުގެ ތެރޭގައި އެޕާޓްމެންޓް އޭނާއާ ހަވާލުކޮށް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތާރީހަށް އެޕާޓްމެންޓް ހަވާލު ނުކުރުމުގެ ސަބަބުން، އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއި މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ވަކީލުންނަށް ކުރަން ޖެހުނު ހަރަދު ޝަރީއަތް މެދުވެރިކޮށް ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގަ ބުނެފައިވެއެވެ.

އަލީ ބުޝްރީ ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 275،000 ރުފިޔާއާއި އެޕާޓްމެންޓް ނިންމައި ހަވާލު ކުރުމާއި ހަމައަށް ކޮންމެ މަހަކު 25،000 ރުފިޔާގެ އިތުރުން މައްސަލަ ކޯޓަށް ހުށަޙަޅަން ޖެހުމުގެ ސަބަބުން ވަކީލަށް ދައްކަން ޖެހުނު ހަރަދުގެ ގޮތުން 50،000 ރުފިޔާ ހޯދުމަށް އެދިފައެވެ.

އަންގާރަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދައުވާ ކުރާ ފަރާތުން ގަނެފައިވާ އެޕާޓްމެންޓުގެ މަސައްކަތް ނިންމައި، 30 ދުވަހުގެ ތެރޭގައި ވެރިފަރާތާއި ހަވާލު ކުރުމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 275،000 ރުފިޔާ އާއި އެޕާޓްމެންޓް ނިމެންދެން ކޮންމެ މަހަކަށް 25،000 ރުފިޔާ ދައުވާ ކުރި ފަރާތަށް ދެއްކުމަށެވެ.

މީގެ އިތުރުން ވަކީލު ހަރަދުގެ ގޮތުގައި 12،000 ރުފިޔާ ދިނުމަށް ވެސް އަމުރުކޮށްފައިވެއެވެ.

ކުންފުނީގެ ގައިރު ހާޒިރުގައި ހުކުމްކޮށްފައިވާއިރު، މިމައްސަލަ ބެއްލެވީ ގާޒީ މުހައްމަދު އީސާ ފުޅެވެ. މިމައްސަލާގައި ދައުވާ ލިބޭ ފަރާތުން ދިފާއު ހުށަހެޅުމުގެ 14 ދުވަސް ހަމަވިއިރު ވެސް ރައްދެއް ހުށަހަޅާފައިނުވެއެވެ.

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފެންމަތިވެފައިވާއިރު، މި މައްސަލާގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ) ދިރިއުޅޭ އެޕާޓުމަންޓު، ބަލައި ފާސްކޮށް އެގެއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ.

މަންޑޭއަކީ އެ ކުންފުނީގެ ދިވެހި ހިއްސާދާރެވެ.

މިމައްސަލައާ ގުޅިގެން މަންޑޭގެ މައްޗަށް މިހާތަނަށް 104 ދައުވާ، އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާކޮށް، 12 ޑިސެންބަރު 2023ގައި ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ޕީޖީން ބުނީ، ދައުވާކޮށްފައިމިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓެއް ވިއްކާފައިވާ މައްސަލަތަކާގުޅޭ ދައުވާތައް ކަމަށެވެ. މި 23 އެޕަރޓްމަންޓް 50 މީހުންނަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށެވެ. އެގޮތުން ބައެއް އެޕާޓްމަންޓް 6 މީހުންނަށްވެސް ވިއްކާފައި އެބަހުއްޓެވެ. އަދި މި ސްކީމާގުޅޭ އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގުކުރަމުން ކަމަށް ޕީޖީން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް