Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ރެއާލްގައި ރިޓަޔާވުމަކީ ވަރަށް ބޮޑު ހުވަފެނެއް: މޮޑްރިޗް

މޮޑްރިޗް ބުނީ އޭނާގެ މުސްތަޤުބަލާމެދު މިހާރު އޮތީ ގޮތެއް ފައިނަލްވެ، ނިމިފައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 މެއި 2024 | ބުދަ 04:07
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ލޫކާ މޮޑްރިޗް

ސްޕެއިންގެ ރެއާލް މެޑްރިޑުގައި ރިޓަޔާވުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށް، އެ ޓީމަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ބުނެފި އެވެ.

އުމުރުން 38 އަހަރުގެ ކުޅުންތެރިޔާ މިހެން ބުނީ، ރެއާލްގައި އޭނާގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ރެއާލާއެކު މޮޑްރިޗް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. އެހެން ނަމަވެސް ރެއާލްގައި މަޑު ކުރަން ބޭނުންވާކަން މޮޑްރިޗް އޮތީ ކުލަބަށް އަންގައިފަ އެވެ. އެހެންކަމުން ރެއާލުން ވަނީ އައު އެއްބަސްވުމެއްގެ މަޝްވަރާތައް މޮޑްރިޗާ އެކު ފަށައިފަ އެވެ.

މޮޑްރިޗް ބުނީ އޭނާގެ މުސްތަޤުބަލާމެދު މިހާރު އޮތީ ގޮތެއް ފައިނަލްވެ، ނިމިފައި ކަމަށެވެ. އެހެން ނަމަވެސް، އެއީ ކޮން ގޮތެއްކަން މިވަގުތު ހާމަކުރެވެން ނެތް ކަމުގައި ވެސް މޮޑްރިޗް ބުންޏެވެ. ވަކި ސަބަބެއް ނުބުނެ މޮޑްރިޗް ބުނީ، އެކަމަށް އެންމެ އެކަށީގެންވާ ވަގުތުގައި އެކަން ހާމަވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން މޮޑްރިޗް ބުނީ، އަބަދު ވެސް އޭނާ ބުނަމުން އަންނަހެން، ރެއާލްގައި ހުރެ ރިޓަޔާވުމަކީ އޭނާ އެންމެ ބޭނުންވާ ގޮތް ކަމަށެވެ. އަދި އެއީ އޭނާގެ ކެރިއަރުގައި ޙާސިލު ކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި މޮޑްރިޗް ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކީ އޭނާގެ ވަރަށް ބޮޑު ހުވަފަނެއް އަދި އުންމީދެއްކަން ވެސް ފާހަގަކުރަމުން މޮޑްރިޗް ބުނީ، އޭނާ ބޭނުން ވަނީ ޓޯނީ ކްރޫސް އަށް ދިން ކަހަލަ ފެއާވެލްއެއް ކަމަށެވެ.

ޓޮޓެންހަމް ދޫކޮށްލުމަށްފަހު މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މިވީ މުއްދަތުގައި އޭނާ ވަނީ ރެއާލަށް 533 މެޗު ކުޅެދީ، 39 ލަނޑު ޖަހައިދީފަ އެވެ. ރެއާލާ އެކު މޮޑްރިޗް ވަނީ، 25 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން މޮޑްރިޗް ވަނީ ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު 2018 ވަނަ އަހަރު ކާމިޔާބު ކޮށްފަ އެވެ. މޮޑްރިޗް އަކީ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފަހަތަށް ޖައްސާލުމަށްފަހު، ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

ޔުނައިޓެޑަށް ކުޅެމުން މިދަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ: ޑެހެއާ

25 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު