Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް ފަންޑް

ބޭންކް އޮފް މޯލްޑިވްސް އިން އިޖްތިމާއީ ހަރަކާތްތަކަށް އެހީވުމަށް 'ބޭންކް ފަންޑް' އިފްތިތާހްކޮށްފި

އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކުން ވަނީ 'ބޭންކް ފަންޑް' އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 މެއި 2024 | އަންގާރަ 17:36
ބޭންކް އޮފް މޯލްޑިވްސްގެ ބޭންކު ފަންޑު އިފްތިތާހުކުރުން

ބޭންކް އޮފް މޯލްޑިވްސްގެ ބޭންކު ފަންޑު އިފްތިތާހުކުރުން

ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންގާރަ ދުވަހު 'ބޭންކް ފަންޑް' ތައާރަފްކޮށްފިއެވެ.  

އެގޮތުން ދެމެހެއްޓެނެވި އިޖުތިމާއި ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކުން ވަނީ 'ބޭންކް ފަންޑް' އަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައެވެ. މި ފަންޑުގެ ދަށުން ކޮންމެ އަހަރަކުވެސް، ތައުލީމާއި ތިމާވެއްޓާއި ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު ކާރލް ސްޓުމްކަ ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން ބީއެމްއެލްއިން އަބަދުވެސް އަންނަނީ މި މުޖުތަމައުގައި ހިންގަމުންދާ މުހިންމު ހަރަކާތްތަކަށް އިންވެސްޓް ކުރަމުންކަމަށެވެ. އެގޮތުން ފާހަގަކޮށްލެވޭ މުހިންމު އެއް ޕްރޮގްރާމެއް ކަމަށްވާ ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް 2019 އިން ފެށިގެން އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިކަން ކާރލް ފާހަގަކުރެއްވިއެވެ. އަދި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށްވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމާއެކު ފަށާ ފަންޑެއް ކަމަށް ވިދާޅުވިއެވެ. 

'ބޭންކް ފަންޑް' ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖޫން 2024 ގެ ރޭގަނޑު 11:00 އެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށްbankfund@bml.com.mvއަށް ހުށަހަޅޭނެއެވެ.   

ބޭންކް ފަންޑްބޭންކް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
07 ޑިސެމްބަރު 2025

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް
04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
18 ނޮވެމްބަރު 2025

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!

18 ނޮވެމްބަރު 2025
ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!
16 ނޮވެމްބަރު 2025

ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް އިންޓަރެސްޓް ރޭޓް ކުޑަކުރަނީ

16 ނޮވެމްބަރު 2025
ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް އިންޓަރެސްޓް ރޭޓް ކުޑަކުރަނީ
13 ނޮވެމްބަރު 2025

ބީއެމްއެލް އިން ގެދޮރު އަޅާ ކުންފުންޏެއް ހަދައި، 3000 ހައުސިންގ ޔުނިޓް އަޅަން ބިމާ ހަވާލު ވެއްޖެ

13 ނޮވެމްބަރު 2025
ބީއެމްއެލް އިން ގެދޮރު އަޅާ ކުންފުންޏެއް ހަދައި، 3000 ހައުސިންގ ޔުނިޓް އަޅަން ބިމާ ހަވާލު ވެއްޖެ
12 ނޮވެމްބަރު 2025

ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި

12 ނޮވެމްބަރު 2025
ޓްރާންސެކްޝަން ތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފި
12 ނޮވެމްބަރު 2025

ބީއެމްއެލް އިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި

12 ނޮވެމްބަރު 2025
ބީއެމްއެލް އިން ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތް މާސްޓަރކާޑުން ފާހަގަކޮށް އަގުވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު