Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް

އެޑަސަން ބްރެޒިލް ޓީމުން ބާކީވެ، އާސެނަލް މެޗާމެދު ޝައްކު!

ބްރެޒިލް، އިނގިރޭސިންނާއިން ސްޕޭނާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެ

ރާއްޖެ އެމްވީ | 12 މާރިޗު 2024 | އަންގާރަ 05:06
މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން، ލިވަޕޫލް މެޗުގައި އަނިޔާވުމުން އޮށޯވެގެން

މެންޗެސްޓާ ސިޓީގެ ކީޕަރު އެޑަސަން، ލިވަޕޫލް މެޗުގައި އަނިޔާވުމުން އޮށޯވެގެން

މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަން އަށް ބްރެޒިލްގެ ގައުމީ ޓީމުގެ ކުރިއަށް އޮތް ދެ މެޗާއި އިނގިރޭސި ޕްރެމިއާ ލީގުގައި ސިޓީ، އާސެނަލްއާ ދެކޮޅަށް ކުޅެވޭނެ ކަމާމެދު ޝައްކު އުފެދިއްޖެ އެވެ.

ސިޓީން ބުނީ އެޑަސަން އަށް ލިވަޕޫލާ ދެކޮޅަށް އެ ޓީމު އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ލިބުނު ހާނިއްކަ ރަނގަޅުވާން ތިނެއް ނުވަތަ ހަތަރު ހަފުތާ ބޭނުންވާނެ ކަމަށެވެ. މި މެޗުގެ ފަހުހާފު ފެށުނުތަކާ އެޑަސަން ބާލަންޖެހުނީ ލިވަޕޫލްގެ ބްރެހަމް ޑިއާޒް އަތުން ބޯޅަ ހޯދަން އުޅެނިކޮށް ކުރި ފައުލާއެކު ފަޔަށް ތަދުވުމުގެ ސަބަބުންނެވެ. 

މިހާނިއްކައިގެ ސަބަބުން މާޗު 23ގައި އިނގިރޭސިވިލާތާ ދެކޮޅަށް އަދި އޭގެ ހަތަރު ދުވަސް ފަހުން ސްޕޭނާ ދެކޮޅަށް ބްރެޒިލް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުގައި އެޑަސަން އަށް ނުކުޅެވޭނެ އެވެ. ބްރެޒިލްގެ އައު ކޯޗު ޑްރިވޯލް ޖޫނިއާ ބުނީ މިއީ އެއްވަނަ ކީޕަރު ލިވަޕޫލްގެ އަލިސަން ބެކާ ނެތްވަގުތެއްގައި ޓީމަށް ކުރިމަތިވި އިތުރު ކަންބޮޑުވުމެއް ކަމަށެވެ. 

ސިޓީން ބުނީ ޓޭބަލުގެ އެއްވަނާގައި މިވަގުތު އާސެނަލްއާ ދެކޮޅަށް އެޑަސަން ފިޓްވާނެ ކަމާމެދު ޝައްކު ކަމަށެވެ. އަދި އޭނާ ނެތި ކުޅެން ޖެހުމަކީ ސިޓީއަށް ދިމާވާނެ ދަތިކަމެއް ކަމަށާއި އެޑަސަން އަލުން ކުޅެން ނުކުތުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކުލަބުންދޭނެ ކަމަށެވެ. 

އެޑަސަން އަކީ ފާއިތުވެދިޔަ ހައެއްކަ އަހަރު ސިޓީން ހޯދި ކާމިޔާބީތަކުގައި އެންމެ މުހިންމު ދައުރު ކުޅުނު އެއް ކުޅުންތެރިޔާ އެވެ. 

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު