Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލޮސް އެންޖަލަސް

ލޮރިސް، ލޮސް އެންޖަލަސް އަށް ސޮއިކޮށްފި

ލޮސް އެންޖަލަސް އާއެކު ލޮރިސް ސޮއިކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2024 | ހޯމަ 02:17
ލޮރިސް ކުލަބާ ގުޅުނުކަން ހާމަކޮށް ލޮސް އެންޖަލަސް އިން ކުރި ޕޯސްޓު

ލޮރިސް ކުލަބާ ގުޅުނުކަން ހާމަކޮށް ލޮސް އެންޖަލަސް އިން ކުރި ޕޯސްޓު

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމަށް ކުޅެމުން އައި ފްރާންސްގެ ގޯލު ކީޕަރު ހޫގޯ ލޮރިސް، މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ ލޮސް އެންޖަލަސް އަށް ސޮއިކޮށްފި އެވެ.

ލިއޯން ދޫކޮށް، އުމުރުން 37 އަހަރުގެ ލޮރިސް ޓޮޓެންހަމަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އެ ކުލަބާއެކު އެންމެ ފަހުން އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ އަންނަ އަހަރު އެވެ. އެހެން ނަމަވެސް، ޓޮޓެންހަމްގެ އެއްބަސްވުން އައުނުކޮށް، ލޮރިސް ކުލަބު ބަދަލު ކުރާނެ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފަ އެވެ.

އެމެރިކާ ލީގުގެ ލޮސް އެންޖަލަސް އާއެކު ލޮރިސް ސޮއިކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ ކުލަބާއެކު އޭނާ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިތުރު އަހަރުތަކަށް އެއްބަސްވުން އައު ކުރުމުގެ ފުރުސަތު ލޮސް އެންޖަލަސް އަށް އޮންނާނެ އެވެ.

ލޮރިސް 12 ސީޒަންގެ ތެރޭގައި، 447 މެޗެއްގައި ޓޮޓެންހަމްގެ ގޯލު ބަލަހައްޓައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅެފަ އެވެ. މީގެ އިތުރުން ކަރަބޯ ކަޕްގެ ފައިނަލެއްގައި ދެ ފަހަރު ވަނީ ކުޅެފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި، ޓޮޓެންހަމްގެ އެއްވެސް މެޗެއްގައި ލޮރިސް ކުޅެފައެއް ނުވެ އެވެ. އޭނާ އެންމެ ފަހުން ޓޮޓެންހަމަށް މެޗެއް ކުޅުނީ މިދިޔަ ސީޒަންގަ އެވެ. އެއީ މިއަހަރުގެ އޭޕްރީލް މަހު އެވެ. ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ޓޮޓެންހަމުން ކުޅުނު މެޗުގައި އޭނާ އަށް އަނިޔާވެ، ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އޭނާ ހުންނަނީ ކުޅުމާ ދުރުގަ އެވެ.

ލޮރިސް އަކީ ފްރާންސް ޤައުމީ ފުޓުބޯޅަ ޓީމުގެ ގޯލު ވެސް ބަލަހައްޓާފައިވާ ތަޖުރިބާކާރު ގޯލު ކީޕަރެކެވެ. ޤައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2008 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ޤައުމީ ޓީމުގައި 145 މެޗު ކުޅެފަ އެވެ. މިދިޔަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕަށްފަހު، ލޮރިސް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ފްރާންސް އާއެކު އޭނާ ވަނީ ފީފާ ވޯލްޑް ކަޕްގެ އިތުރުން ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.

ލޮސް އެންޖެލެސް ހޫގޯ ލޮރިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮން ލޮސް އެންޖަލަސް އަށް ބަދަލުވެއްޖެ

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސޮން ލޮސް އެންޖަލަސް އަށް ބަދަލުވެއްޖެ

07 އޯގަސްޓު 2025
އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ

އެމެރިކާގެ ލޮސް އެންޖަލަސް އަށް ބަދަލުވާން ސޮން އެއްބަސްވެއްޖެ

04 އޯގަސްޓު 2025
ލޮސް އެންޖަލަސް އަށް ބަދަލުވާން ލޮރިސް އެއްބަސްވެއްޖެ

ލޮސް އެންޖަލަސް އަށް ބަދަލުވާން ލޮރިސް އެއްބަސްވެއްޖެ

30 ޑިސެމްބަރު 2023
ލޮސް އެންޖެލެސްއަށް ބަދަލުވީ ދިގު މުއްދަތަކަށް: ބޭލް

ލޮސް އެންޖެލެސްއަށް ބަދަލުވީ ދިގު މުއްދަތަކަށް: ބޭލް

12 ޖުލައި 2022
ހިލޭ ޓްރާންސްފާއެއްގައި ބޭލް ލޮސް އެންޖެލެސްއަށް

ހިލޭ ޓްރާންސްފާއެއްގައި ބޭލް ލޮސް އެންޖެލެސްއަށް

26 ޖޫން 2022

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު