Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރު

ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ: އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

11 ޑިސެމްބަރު 2023 | ހޯމަ 13:19

ޝަރުތުތައް އުވާލައި، އޭނާ އަލުން ޖަލަށް ލާން ޖެހުމުގެ ޟަރޫރަތްތެރިކަން ދައުލަތުން ބުނެދޭންޖެހޭނެ ކަމަށްވެސް ލަމްހާގެ ވަކީލު ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޑިސެމްބަރު 2023 | ހޯމަ 13:19
ހަލީމަތު ލަމްހާ އަބްދުއްރަހްމާން

ހަލީމަތު ލަމްހާ އަބްދުއްރަހްމާން

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އެ މައްސަލައިގެ އިސްތިއުނާފު ދައުލަތުން ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ފުރަތަމަ ދައުލަތުން ވަނީ އިސްތިއުނާފު ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ދައުލަތުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ، ކްރިމިނަލް ކޯޓުން ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި އެ ގާނޫނުގެ 59 ވަނަ މާއްދާއާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)، އަދި ގާނޫނުއަސާސީގެ މާއްދާތަކަކާ ޚިލާފު އަމުރެއްކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ލަމްހާގެ ބަންދު މުރާޖައާކުރަން އެދުނުއިރުވެސް، އޭނާ ބަންދުގައި ބެހެއްޓި ސަބަބަށް ބަދަލެއް އައިސްފައިނުވާކަން ދައުލަތުން ފާހަގަކޮށްފައި ވާނެކަމަށެވެ. އެގޮތުން ކުށް ކުރިކަމަށް އެކަށީގެންވާ ތުހުމަތެއް ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކުރިން ނިންމާފައި އޮތް ހާލަތަށް ބަދަލެއް އައިސްފައި ނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަދި ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގުމުގައި ލަމްހާ ބައިވެރިވިކަމަށް ބެލެވޭ ގޮތަށްވެސް ދަށު ކޯޓުގެ ނިންމުމުގައި އަލިއަޅުވާލާފައިވާއިރު، އެ އަމަލުގައި ލަމްހާގެ ބައިވެރިވުމެއް މަތީ ދަރަޖައެއްގެ ބޮޑު މިންވަރަކަށް އޮތްކަމަކަށް ނުބެލެވޭކަމަށް ދަށު ކޯޓުން ވަނީ ނިންމާފައެވެ.  

ނަމަވެސް އެ ނުކުތާ އެއީ ދައުލަތާއި ދިފާއުންވެސް ވާހަކަދައްކާފައިވާ ނުކުތާއެއް ނޫންކަން ދައުލަތުން ފާހަގަކުރިއެވެ.

އެކަމާ ގުޅޭގޮތުން ލަމްހާގެ ވަކީލު ވިދާޅުވީ، ދަށު ކޯޓުން ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކު ދޫކޮށްލުމުގައި ގާނޫނީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ.

އަދި އެ ޝަރުތުތަކަށް ލަމްހާ ބޯލަނބާތޯ ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށްވެސް އަމުރު ނެރުއްވާފައިވާކަން، ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މަރުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ބައެއްގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ވަކިވަކިން ދެނެގަނެ، އެމީހުންގެ ބަންދާމެދު އަލުން ގޮތެއް ނިންމަން ދާދިފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަށްވެސް ދިފާއީ ވަކީލު އަލިއަޅުއްވާލެއްވިއެވެ.

ޝަރުތުތައް އުވާލައި، އޭނާ އަލުން ޖަލަށް ލާން ޖެހުމުގެ ޟަރޫރަތްތެރިކަން ދައުލަތުން ބުނެދޭން ޖެހޭނެކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށްވެސް ދައުލަތާއި ދިފާއުން ޖަވާބު އަރުވާފައިވެއެވެ.

މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރެއްވުމެވެ.

މައްސަލައިގެ ފަސްފަހަތް:

ލަމްހާގެ ބަންދު މުރާޖައާއާއި ގުޅޭގޮތުން ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި ދަށު ކޯޓުގެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ. އެއީ 180 ދުވަހުގެ މުއްދަތަކަށެވެ.

އޭގެތެރޭގައި؛ މާލެއިން ބޭރަށް ދާކަމުގައިވާނަމަ ކޯޓަށް އެންގުމާއި، ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމާއި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާކުރުން ހިމެނެއެވެ.

ލަމްހާގެ މައްޗަށް، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާވެސް އުފުލާފައެވެ.

އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

4

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

5

ހުޅުމާލެ ހޮސްޕިޓަލުގެ ސީޓީ ސްކޭން ކޮޓަރީގެ ބޭރުގައި އަމިއްލަ ކުންފުންޏެއްގެ އިސްތިހާރު ޖަހާފައި ހުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް