Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުހައްމަދު ނަޝީދު

މަޖިލިސް ހުއްޓުނުކަމަށް ގަބޫލެއްނުކުރަން، މިއީ މިހާތަނަށް ހިންގުނު އެންމެ ޑިމޮކްރެޓިކް މަޖިލިސް: ނަޝީދު

ނަޝީދު ވިދާޅުވީ މިއީ، ސިޔާސީގޮތުން ދިމާވި ގިނަ ފިއްތުންތަކުން އަރައިގަނެ، ސިފައިން ނުވައްދައި، އަދި މަޖިލިސް ބަންދުނުކޮށް މަސައްކަތްތައް ކުރިއަށް ގެންދެވުނު މަޖިލީހެއް ކަމަށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2023 | ހޯމަ 12:50
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ، މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ޑިމޮކްރެޓިކް މަޖިލިސް ކަމަށާއި، މި މަޖިލީހަކީ އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލިސް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހަވީރު އޮތް ޖަލްސާގައި ނަޝީދު ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދެއްވިކަން އިއުލާން ކުރައްވަައި މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުއްވާފައެވެ. އެކަން އިއުލާންކުރެއްވި ޖަލްސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނަޝީދަށް ވަނީ މަޖިލީހުގެ މަސައްކަތްތައް ނުކުރެވި އޮތް އޮތުމާ ގުޅޭގޮތުން ސުވާލު ދަންނަވާފައެވެ.

Advertisement - newsAdvertisement

އެގޮތުން މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުގެ ޒިންމާ އުފުއްލަވަންތޯ ނޫސްވެރިން ދެންނެވެމުން ނަޝީދު ވިދާޅުވީ، ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މަސައްކަތް އެ ދައުރެއްގެ ތެރޭގައި ކުރެވުނު މަޖިލިސް ކަމަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ މަސައްކަތުގެ ހިސާބުތަކުން އެކަން ސާބިތުވާނެ ކަމަށެވެ.

"އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށް ދަންނަވާލާނަން މި އަހަރަކީވެސް، މި މަޖިލީހުގަ އެންމެ ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރު. އަދި މި އައު ގާނޫނު އަސާސީއަށް އަޅުގަނޑުމެން އަމަލުކުރަން ފެށުނީއްސުރެ، މިހާގިނަ މަސައްކަތްތައް ކުރެވުނު މަޖިލީހެއް ނުދޭ. އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ނަޝީދު ވިދާޅުވީ މި މަޖިލީހަކީ، ސިޔާސީގޮތުން ދިމާވި ގިނަ ފިއްތުންތަކުން އަރައިގަނެ، ސިފައިން ނުވައްދައި، އަދި މަޖިލިސް ބަންދުނުކޮށް މަސައްކަތްތައް ކުރިއަށް ގެންދެވުނު މަޖިލީހެއް ކަމަށެވެ. އެގޮތުން ނަޝީދު ވިދާޅުވީ ވޭތުވެދިޔަ ތިން ދައުރުގައިވެސް، ކޮންމެ ދައުރެއްގެވެސް ފަހު އަހަރު މަޖިލިސް އޮތީ ހުއްޓިފައިކަމަށާއި، ސިފައިންވެސް މަޖިލީހުގެ ޖަލްސާތަކުގައި ތިއްބަވާ ކަމަށެވެ. އެހެން ނަމަވެސް، އެފަދައިން މި މަޖިލީހުގެ ދައުރުން އަމަލުނުކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މި ދެންނެވިހެން މީގެ ކުރީގަ ދިޔަ ތިން މަޖިލީހުންވެސް އެންމެ ބޮޑަށް ފާހަގަވެފަ އޮތް ކަމަކީ، ފަހު އަހަރު އޮތީ މަޖިލިސް ހުއްޓިފަ. އަދި ގިނަ ފަހަރަށް ސިފައިންވެސް ތިއްބެވި މަޖިލީހުގެ ތެރޭގަ. އަޅުގަނޑުމެން އަމަލު ކުރަމުން ގެންދިޔައީ އެހެންނެއް ނޫން. އެއީ އަޅުގަނޑު ދަންނަވާހެން މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާ، ސިޔާސީ ޕާޓީތަކާ، އަދި މަޖިލީހުގެ އިދާރާގެ ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް ހޯދުނު ކާމިޔާބީއެއް. މި މަޖިލީހަކީ، އަޅުގަނޑަށް ޔަގީން ކަށަވަރު، ތިބޭފުޅުން (ނޫސްވެރިން) ތައައްސަބެއް ނެތި ބައްލަވައިފިނަމަ، ދިވެހިރާއްޖޭގަ މިހާތަނަށް ހިނގާފަ އޮންނާނެ އެންމެ ޑިމޮކްރެޓިކް މަޖިލިސް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެފަދައިން ވިދާޅުވިއިރު، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް، އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފަހުން މަޖިލީހުގެ ގިނަ މަސައްކަތްތަކެއް އޮތީ ހުއްޓިފައެވެ. އަދި ވަކިން ޚާއްސަކޮށް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި ފަހުން، ސަރުކާރުން ހުށަހަޅާ ބިލުތަކާއި އަދި އެހެނިހެން މަސައްކަތްތައް މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ލަހުންނެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ދަ ޑިމޮކްރެޓްސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު