Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ

އީވާ ސަލާމް ފޮނުއްވުމުން ބުދަ ދުވަހުގެ ޖަލްސާ ވެސް ކެންސަލް ކޮށްފި

މި މައްސަލަ އޮކްޓޯބަރު 29، އަދި 30 ވަނަ ދުވަހުގެ ޖަލްސާއަށް ތާވަލު ކުރި ނަމަވެސް އީވާ ސަލާމް ފޮނުއްވުމާ ގުޅިގެން ޖަލްސާ ކުރިއަށްނުގެންދޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 18:49
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާ ގުޅިގެން އެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

މަޖިލީހުގެ އަމީން އާންމު ސޮއި ކުރައްވާ އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމަށް އަންގާރަ ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވީ ނަޝީދުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ނައިބުރައީސް އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ފޮނުއްވާފައިވާ ކަމަށެވެ. އެހެންވެ، އެ ޖަލްސާ ކުރިއަށްނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅައިފިނަމަ އެ މައްސަލަ ތާވަލު ކުރާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސަށެވެ. މި މައްސަލަ އޮކްޓޯބަރު 29، އަދި 30 ވަނަ ދުވަހުގެ ޖަލްސާއަށް ތާވަލު ކުރި ނަމަވެސް އީވާ ސަލާމް ފޮނުއްވުމާ ގުޅިގެން ޖަލްސާ ކުރިއަށްނުގެންދެއެވެ.

އަންގާރަ ދުވަހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ނުކުރާތީ އޭގެ ސަބަބު ހޯދުމަށްއެމްޑީޕީ ޕީޖީން މަޖިލީހުގެ އިދާރާގައި އެދުނެވެ. އަމީން އާންމު ފޮނުއްވި ސިޓީގައި ވިދާޅުވި ގޮތުގައި އެ މައްސަލަ އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާ ތައްޔާރު ކުރި އިރު ހިމެނި ކަމަށެވެ. ނަމަވެސް އީވާ ސަލާމް ފޮނުއްވުމުން އެޖެންޑާ ނުކުރީ ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ 9 އޮކްޓޯބަރުގައި އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ 49 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައެވެ. އެ މައްސަލައިގައި ގޮތެއް ނުނިންމައި މަޖިލީހުގެ އިތުރު މަސައްކަތެއް ކުރިއަށް ގެންދިއުމަށް ގަވާއިދު ތަންނުދޭކަމަށް ބުނެ އެމްޑީޕީ ޕީޖީން ވަނީ އިތުރު މަސައްކަތްތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެެވެ. މި މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފައެވެ.

ރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު