Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިމުމުން 24 ގަޑިއިރު ތިބެގެން ވެސް މަޖިލީހުގެ މަސައްކަތްތައް ނިންމާނަން: އަސްލަމް

ފުރަތަމަ ފަހަރަށް ހުށަހަޅައި، ފަހުން އެ މައްސަލަ ނެންގެވީ އިންތިހާބުގެ ދެވަނަ ބުރުގެ މަސައްކަތްތަކާއި އަދި ހަމައެކަނި ރައީސް ނަޝީދުގެ ސަބަބުން މަޖިލިސް ހުއްޓިފައިވުމުގެ ސަބަބުން ކަމަށް ވިދާޅުވި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 06:58
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓުގެ މަސައްކަތްތައް ނިމުމުން، 24 ގަޑިއިރު މަޖިލީހުގައި ތިއްބަވައިގެން އަދި އިތުރު ޖަލްސާތައް ބާއްވައިގެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ނިންމަވައިދެއްވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފުރަތަމަ ފަހަރަށް ހުށަހަޅައި، ފަހުން އެ މައްސަލަ ނެންގެވީ އިންތިހާބުގެ ދެވަނަ ބުރުގެ މަސައްކަތްތަކާއި އަދި ހަމައެކަނި ރައީސް ނަޝީދުގެ ސަބަބުން މަޖިލިސް ހުއްޓިފައި އޮތުމުގެ ސަބަބުން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް މެންބަރުންގެ އިތުބާރު ނެތް ކަން ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން ގަދަބާރުން މަޖިލީހުގައި އެމަނިކުފާނު ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އަސްލަމް ވިދާޅުވީ ދެވަނަ ފަހަރަށް ވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ ޒާތީ މައްސަލައެއް އޮވެގެންނެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއީ މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާ އެކީ ކުރިއަށް ގެންދިޔުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ މިސާލުތައް ދަންނަވަމުން އަސްލަމް ވިދާޅުވީ ނިޒާމީ ވޯޓެއް ނެގުމަށްޓަކައި އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވުނު ގޮތާއި، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވެނީސް މުޅި މަޖިލީހުގެ ކޮމެޓީއަކަށް އެދުވަހުން އެދުވަހަށް ފޮނުއްވައިގެން ޖަލްސާތައް އޭރު ރައީސް ނަޝީދު ބޭއްވެވި ކަމަށެވެ.

އެހެންކަމުން ވަކި ކަމެއް ކުރައްވަންވީމާ އެ ކަންކަން ރައީސް ނަޝީދު ކުރައްވާ ކަމަށާއި، އެހެން ނަމަވެސް ބޭނުންވެވަޑައިނުގަންނަވާ ކަންކަން އެމަނިކުފާނު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެއާއެކު އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައަކީ އިތުބާރު ގެއްލޭ ފަދަ ގިނަ ކަންކަމެއް ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނުމުގެ ސަބަބުން ހުށަހެޅި މައްސަލައެއް ކަމަށާއި، އެ މައްސަލަ ނިމުމުން 24 ގަޑިއިރު މަޖިލީހުގައި ތިއްބަވައިގެން އަދި އިތުރު ޖަލްސާތައް އެޖެންޑާ ކުރައްވައިގެން ނަމަވެސް، މަސައްކަތްތައް ނިންމަވާނެ ކަމަށެވެ.

މެމްބަރު މުހައްމަދު އަސްލަމްކުރީގެ ރައީސް، މުހައްމަދު ނަޝީދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު