Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފަންނު ކަންމަތީ ޖަލްސާ

އޮތީ އެންމެ މަގްސަދެއް، އެއީ ރައްޔިތުންނަށް ޚިދުމަތްކުރުން: ރައީސް

މިއިންތިޚާބު އެމްޑީީޕީއަށް ކާމިޔާބުނުކުރެވިއްޖެނަމަ ރާއްޖެ އަނެއްކާވެސް ދާނީ ނާމާން ބިރުވެރިކަމެއްގެ ތެރެއަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ސެޕްޓެމްބަރު 2023 | އަންގާރަ 00:31
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

އެމްޑީޕީ އާއި އެމްޑީޕީ އާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައިވެސް އޮތީ އެންމެ މަޤްސަދެއްކަމަށާއި އެއީ ރައްޔިތުންނަށް ޚިދުމަތްކުރުންކަމަށް އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ މާފަންނު ކަންމަތީގައި ކުރިޔަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ހުރިހާ ފަރާތްތަކުންވެސް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާކަމަށެވެ. ދެ މަސް ދުވަސްވަންދެން މެދުކެނޑުމެއްނެތި ކެމްޕެއިންކުރި ކަމަށާއި އެހެންކަމުން ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުގެ ނަތީޖާއިން ފެންނަނީ ކޮންކަމެއް ކަމާމެދު ވިސްނާލަންޖޭކަމަށެވެ. އެއީ ކޮންމެ މީހަކުވެސް މިއަދު ވިސްނާލަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮންމެވެސް ކަންތައްތަކެއް ކުރަންޖެހޭ ގޮތް ނޫންގޮތަކަށް ކުރެވިފައިވާކަމަށާއި އެހެންކަމުން އެކަންކަމާމެދު ވިސްނާލަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެވަނަ ބުރުގެ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އެއީ މިއިންތިޚާބު އެމްޑީީޕީއަށް ކާމިޔާބު ނުކުރެވިއްޖެނަމަ ރާއްޖެ އަނެއްކާވެސް ދާނީ ނާމާން ބިރުވެރިކަމެއްގެ ތެރެއަށްކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު އެމްޑީޕީ އަލުން އައު ރޫހެއްގައި ނިކުމެ މިތިބީ އެހެންވެގެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިޞާދުގެ ވާހަކަދައްކާއިރު ފައިސާގައި ދެ ފުށް އޮންނަކަން އެނގިގެން ނޫނީ މިމަސައްކަތް ނުކުރެވޭނެކަމަށެވެ. އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވަނީ އެކަން ދަންނަ މީހުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުގައި ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ލޯނުގެ އެހީ ލިބެނީ ދޭދޭ ގައުމުތަކާއެކު އޮތް ގުޅުން ރަނގަޅުވުމުންކަމަށެވެ. އަދި ފައިސާ ދެނީ އެދައްކާނެ ކަމުގެ ޔަގީންކަން އެފަރާތްތަކަށް އޮތީމަކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއިންތިޚާބު މިސަރުކާރަށް ގެއްލިއްޖެނަމަ ރާއްޖެ ބަނގުރޫޓްވަމުންދާތަން ފެނިވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ މަސައްކަތްކުރަންވީ ވިސްނުންތެރިކަމާއެކު ދެވަނަ ބުރު ކާމިޔާބުކުރުމަށްކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު