Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަނޑުހުޅުދޫ ތަރައްގީގެ މަސައްކަތް

ރައީސް ގއ. ކަނޑުހުޅުދޫ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އޮފީސް އިމާރާތާއި ވޮލީކޯޓު ހުޅުއްވައިދެއްވައިފި

ފެނަކަ އައު އޮފީސް އިމާރާތުގައި 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތްކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އޯގަސްޓު 2023 | ބުދަ 16:45
ރައީސް ސާލިހް ކަނޑުހުޅުދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވަނީ

ރައީސް ސާލިހް ކަނޑުހުޅުދޫ ފެނުގެ ނިޒާމް އިފްތިތާހުކޮށްދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހޫ، ހުވަދު އަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އޮފީސް އިމާރާތާއި ވޮލީކޯޓު ހުޅުއްވައިދެއްވައިފިއެވެ.

މިރަސްމިއްޔާތުތައް ބޭއްވީ، ހުވަދުއަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބުދަ ދުވަހުގެ ހަވީރުއެވެ.

Advertisement - newsAdvertisement

ކަނޑުހުޅުދޫ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވަނީ، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެންނެވެ. އެމަޝްރޫއުގެ މަސައްކަތްކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެނެވެ.

ކަނޑުހުޅުދޫ ފެނަކަ އައު އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް، ޒަމާނީ އޮފީސް އިމާރާތެކެވެ. ކަނޑުހުޅުދޫ އިންޖީނުގެ، މީހުން އުޅޭ ސަރަހައްދާ ދުރުގައި ބިނާކޮށްފައިވާއިރު، ފެނަކަ އައު އޮފީސް އިމާރާތްކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ. ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުހުޅުދޫ ވޮލީ ކޯޓުވެސް ހުޅުއްވައިދެއްވާފައެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި ފުޓްސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.

ގއ. ކަނޑުހުޅުދޫފެނަކަ ކޯޕަރޭޝަންރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު