Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެނުންގެ ވޯލްޑްކަޕް

ނިއުޒީލޭންޑާއި އޮސްޓްރޭލިޔާގެ ފެށުން ރަނގަޅުކޮށްފި

ނިއުޒީލޭންޑްގެ މޮޅަކީ ވޯލްޑްކަޕުގައި 15 މެޗު ކުޅެގެން ކުރި ހޯދި ފުރަތަމަ ފަހަރު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 21 ޖުލައި 2023 | ހުކުރު 02:23
އޮސްޓްރޭލިޔާގެ ކެޕްޓަން ގޯލް ޖަހާފައި އުފާ ފާޅުކުރަނީ

އޮސްޓްރޭލިޔާގެ ކެޕްޓަން ގޯލް ޖަހާފައި އުފާ ފާޅުކުރަނީ

މުބާރާތް ބާއްވާ ދެ ގައުމު ކަމަށްވާ އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑް އަންހެނުންގެ ވޯލްޑްކަޕުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ނިއުޒީލޭންޑް މޮޅުވީ ނޯވޭ އަތުން 1-0އިންނެވެ. އޮސްޓްރޭލިޔާ މޮޅުވީ 1-0އިން ރިޕަބްލިކް އޮފް އަޔަލޭންޑް އަތުންނެވެ.

އޮސްޓްރޭލިޔާ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 48 ވަނަ މިނެޓުގައި މި މެޗުގައި ކެޕްޓަންކަންކުރި ކަތްލޭ އެވެ. އޭނާ ބޭންޑް އެޅީ ޓީމުގެ ކެޕްޓަން އަދި އެންމެ މުހިންމު ފޯވަޑް ކަމަށްވާ ސޭމް ކާގެ ކުޑަކަޅުވާ އަށް ހާނިއްކަވެ މި މެޗާއި ދެން އަންނަ މެޗުގައި ވެސް ނުކުޅެވޭނެކަން ޔަގީންވުމުންނެވެ. ޗެލްސީ އަށް ކުޅެމުން އަންނަ ކާ މެޗުގެ ކުރިން ބުނީ މެޗަށް ނޭރުނަސް އޭނާ ހުރީ ޓީމާއެކުގައި ކަމަށެވެ.

ނިއުޒީލޭންޑްގެ މޮޅަކީ ތާރީޚީ މޮޅެކެވެ. މިއީ ވޯލްޑްކަޕުގެ މެޗަކުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކުޅުނު 14 މެޗުން ވެސް ބަލިވެފައި، އަލަށް މެޗެއް ކާމިޔާބުވުމުން ނިއުޒީލޭންޑްގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަޕޯޓަރުން މެޗަށް ވަރަށް ބޮޑަށް އުފާ ފާޅުކުރި އެވެ.

މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ވިލިއަމްސަން އެވެ. ނަމަވެސް 1995 ވަނަ އަހަރުގެ ޗެމްޕިއަން ނޯވޭއިން ޖުމްލަ 12 ހަމަލާ އުފެއްދި އެވެ.

އެ ޓީމުގެ ކޯޗު ރިސޭ މެޗަށް ފަހު ބުނީ ނިއުޒީލޭންޑްގެ އޯކްލޭންޑް ސިޓީގައި ހިނގި ބަޑިޖެހުމުގެ ހާދިސާގެ ސަބަބުން ސިފައިން ހެލިކޮޕްޓަރާއި އެއްގަމުން މަގުން ފޯރިމަރަމުން ދިއުމުގެ ސަބަބުން އޭނާގެ ބައެއް ކުޅުންތެރިންނަށް ރަނގަޅަށް ނުނިދުނު ކަމަށެވެ. ނަމަވެސް އޭނާ ބުނީ މިއީ މެޗުން ބަލިވި މައިގަނޑު ސަބަބު ނޫން ކަމަށެވެ.

32 ޓީމު ވާދަކުރާ މުބާރާތް 2 މިލިއަން މީހުން ބަލާނެ ކަމަށް ފީފާއިން ބުނެ އެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ފުރަތަމަ މެޗް ކާމިޔާބުކޮށް ރަޝިއާއިން ފެށުން ރަނގަޅުކޮށްފި

18 ޖޫން 2017
ފުރަތަމަ މެޗް ކާމިޔާބުކޮށް ރަޝިއާއިން ފެށުން ރަނގަޅުކޮށްފި
28 މެއި 2017

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

28 މެއި 2017
ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި
19 މެއި 2017

ސާބާ ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި

19 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި
15 އެޕްރީލު 2017

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: މަހިބަދޫން ފެށުން ރަނގަޅުކޮށްފި

15 އެޕްރީލު 2017
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: މަހިބަދޫން ފެށުން ރަނގަޅުކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު