Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމްޝާތިރުގެ ކޮލަމް

ރެހެންދި ގޮއްޔެ އާމިނާ ރަނި ކިލެގެފާނުންގެ ނަސީބު ގަދަ ވާހަކަ

ބޮޑުތަކުރުފާނު، ދުނިޔޭގައި އެއިރު އޮތް އެންމެ ބޮޑު އިސްތިއުމާރީ ބާރެއްގެ އަޅުވެތިކަމުން މި ރާއްޖެ ސަލާމަތްކުރެއްވި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 23 މެއި 2023 | އަންގާރަ 11:16
ދިވެހި ލިބާސް

ދިވެހި ލިބާސް

ބޮޑުތަކުރުފާނާއި އަރައިއަރަފޯދިގެން ނުވާ ގޮއްޔެއެއްގެ ވާހަކައެވެ! އެގޮއްޔެއަށް މަތިވެރި ޝަރަފެއް ހޯއްދަވައިދެއްވުމުގެ ސަމާސާފުޅެއް ބޮޑުތަކުރުފާނު ކުރެއްވި ވާހަކައެވެ! މިފަދަ ވާހަަކަތައް ހިމެނިގެން މެނުވީ ތާރީޚުގައި ހިތްގައިމުކަމެއް "ދިލްޗަސްޕު"ވުމެއް ނުވެއެވެ. މިފަދަ ހުރިހައި ވާހަކަވާހަކައަކީ ސާބިތު ތާރީޚުކަމުގައި ނުވިޔަސް, ބައެއް ހަގީގަތް އެކުލެވޭ ސަމާސާ ސަގާފީ ވާހަކަވާހަކަމެއެވެ. ބޮޑުތިލަދުންމަތީގެ އަދި އުތުރުގެ އަތޮޅުތަކުގެ ވެރިރަށް ބައުރަށުގެ ބޮޑުއީދުގެ އިހުތިފާލުތަކުގެ ވާހަކައެވެ. އެއީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްފައި އޮތް ދުވަސްވަރެވެ!

ތިރީގައި މިވަނީ އައްލާމާ ހުސައިން ސަލާހުއްދީނުގެ ލިޔުއްވުމެއްގެ އަލީގައި، އިހުގެ ގޮތަށް އިބާރާތް ކުރެވިފައެވެ!

ދަންނައެ، މިރާއްޖެފަދަ ކުޑަކުޑަތަނެއްގައި ބިރައްޓެހި ރަށެއްގަައި (އުތީމުގައި) އުފެދުނު ޒުވާނަކު (ބޮޑުތަކުރުފާނު) ދުނިޔޭގައި އެއިރު އޮތް އެންމެ ބޮޑު އިސްތިއުމާރީ ބާރެއްގެ އަޅުވެތިކަމުން މި ރާއްޖެ ސަލާމަތް ކުރައްވައިފޫއެވެ. އެތައްއެތައް ގިނަގުނަ އަގުހުރި ގައުމީ ޚިދުމަތްތައް ކުރައްވައިފޫއެވެ. ޒުވާނާގެ ރަސްކަމުގައި ދިވެހި ދައުލަތް އަލުންބަލުން އާރާސްތުވެސް ކުރައްވައިފޫއެވެ. ގައުމީ ޖިހާދުގެ ބަތަލުންނަށް ގައުމީ ފުލީޓު، ކަޅުއޮއްފުންމީގެ ފަހުލަވާނުންނަށް ފުރިހަމަ އިއްޒަތާއި ގަދަރާއި މަގާމުވެސް ދެއްވޫއެވެ.

އަދި އެޒުވާނާގެ (އުތީމު ޣާޒީ މަހާރަދުންގެ) ރަސްކަމުގައި، އަލަތު އަނބިކަނބަލުންނަށްވެސް ކިލެގެކަން ދެއްވައި މަތިވެރިކުރެއްވޫއެވެ. އަމީރާ އާމީނާ ރަނިކެލެފާނު ކަމުގައެވެ. ދެންފަހެ، ބޮޑުތިލަދުންމަތީ ބައުރަށު ބޯށިވަލު ބުޅައުފާތިމަގެ ދި މިރެހެންދި (ދޮށީ) ގޮއްޔެ އެންމެ ތޫނުފިލި (ކަޅިރަވަހޫރު) ވެފައި، ފުރިހަމަ ލޫޅާފަތިވެފައި، އެންމެ ރިވެތި ވިޔަސް، އެއީ އެންމެ ނިކަމެތި ފަކީރު ގޮއްޔެއެކެވެ. އަހުލެއްވަހުލެއް ވާލެއްއިޔާރެއް ނެތް އެންމެ ފަކީރު ދެމައިން ކަމުގައެވެ.

އުތުރުގެ ހަތަރު އަތޮޅު (މުޅިއުތުރު)ގެ ވާރުކަން އޮތް ބޮޑުތިލަދުންމަތީ ބައުރަށުގެ ވާރުގެއިން ކަނބާއައިސާ ރަނިކިލެގެފާނާއި ސިއްތިމާވާ ރަނިކިލެގެފާނާއި ދެމައިކަނބަލުން ދެއްވިޔަތީ ބަނޑުފުރާނަ މުއްތިވެ، ދެއްވިޔަތީ އުނުފޭރާންވެސް ލިބިގެން ދިރިއުޅެންގެންދިޔަ އަދި ވީހާލެއްވެގެން ތިބި ދެމައިން ކަމުގައެވެ.

އަދި ކިއެއްތަ، ރީތި ހުސްކުރި މިރެހެންދި ގޮއްޔެގެ ތަދުބީރުގައި ނެތަސް، އެގޮއްޔެގެ ތަގުދީރުގައި ވަނީ އެކަމަނާއަކީ މި ރާއްޖޭގެ ވެރިރަށް ފުރަމާލެއާއި މުޅި މި ދިވެހިރާއްޖޭގެ އެންމެހައި ރަށްރަށުންވެސް ނުއުފުދޭފަދަ ނަސްރާއި ނަސީބާއި ކާމިޔާބު ހުރި ރަނިކަމަނާއެއް ކަމުގައެވެ. ގައުމީ އެންމެ މަތިވެރި ބަތަލު ޣާޒީ މަހާރަދުންގެ އަލަތު އަނބިކަނބަލުންނެވެ. ޣާޒީ ބަންޑާރައިންނަށް ބޭފުޅަކު ރައްކައުވީ އެކަމަނާގެ ބަނޑުފުޅުންނެވެ. އެދަރިކަލުންނީ ރަސްކަލެކެވެ. ސުލްތާން އިބްރާހީމް ކަލާފާނެވެ. ވީމާ، ރަސްކަލެއްގެ މައިކަނބަލުންވެސްމެއެވެ.

ބޮޑުތަކުރުފާނު

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2023

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް
26 އޯގަސްޓު 2021

އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު

26 އޯގަސްޓު 2021
އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު