Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ގްރީޒްމަންގެ ދެ ލަނޑާއެކު އަލްމޭރިއާ ބަލިކޮށް އެތުލެޓިކޯ އިން ރެއާލާ ގާތަށް ޖެހިލައިފި

ތިން ވަނައިގައި އެތުލެޓިކޯ އޮތީ 60 ޕޮއިންޓާއެކު، ދެ ވަނައިގައި ރެއާލް އޮތީ 62 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އެޕްރީލު 2023 | ހޯމަ 05:38
އެތުލެޓިކޯ އިން ކުޅުނު މެޗުގައި ގްރީޒްމަން

އެތުލެޓިކޯ އިން ކުޅުނު މެޗުގައި ގްރީޒްމަން

ސްޕެނިޝް ލީގުގައި އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑާ ގާތަށް ޖެހިލައިފި އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ލީޑު ނަގައިފަ އެވެ. އެއީ އެ ޓީމަށް ލިބުނު ކޯނަރެއްގައި އެންހެލް ކޮރެއާ ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން ފްރާންސްގެ އެންޓޮއިން ގްރީޒްމަން ޖަހައިދިން ލަނޑެކެވެ. ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އަލްމޭރިއާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެއީ އަލްމޭރިއާގެ ލިއޯ ބަޕްޓިސްޓާއޯ ފޮނުވާލި ބޯޅައެއް އެތުލެޓިކޯގެ ހޯޒޭ ހިމިނޭޒްގެ ފައިގައި ޖެހި ގޯލަށް ވަން ބޯޅަ އެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ވަނަ ފަހަރަށް އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ވެސް ގްރީޒްމަން އެވެ. އެއީ އަލްމޭރިއާގެ އޭރިޔާ ތެރެއިން ޔަކިން ކަރަސްކޯ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ.

މޮޅާއެކު އެތުލެޓިކޯ އިން ވަނީ ދެ ވަނައިގައި އޮތް ރެއާލާ ދެ ޕޮއިންޓާ ގާތަށް ޖެހިލައިފަ އެވެ. އެއީ ކުޅުނު 29 މެޗުން 60 ޕޮޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ރެއާލް އޮތީ 62 ޕޮއިންޓާއެކު އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު