Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން ހިންގެވި އާރާށުގެ ހިޔާނާތް

ރައީސް ޔާމީން ހިންގެވި އާރާށުގެ ހިޔާނާތް – މުޢައްސަސާތަކުގެ ފަރުވާކުޑަކަމާއި ނާގާބިލްކަން، ހުރިހާ ގެއްލުމެއް ރައްޔިތުންނަށް

ދައުލަތުން ބުނެފައިވަނީ ބައެއް އިޖްރާއީ ގޯސްތަކަކީ މުޅި ހުކުމަށް އަސަރު ނުކުރާނެ އަދި ފަހުން ރަނގަޅު ކުރެވިދާނެ ފަދަ އިޖްރާއާތުތަކެއް ކަމަށް

ރާއްޖެ އެމްވީ | 13 އެޕްރީލު 2023 | ބުރާސްފަތި 08:10
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅުންހުރި ވ.އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ކުރި ރިސްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާތައް ސާބިތުވުމާ ގުޅިގެން އެ ދެފަރާތުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީނުގެ މައްޗަށް 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. 

އެމްއެމްޕީއާރުސީން ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ އެތަށް މިލިއަން ރުފިޔާއެއް ރައީސް ޔާމީނަށް ނަގުދު ފާއިސާއިން ލިބިފައިވާކަމަށް ދަޢުލަތުގެ ފަރާތުން މިހާތަނަށް ކުރިޔަށް ގެންދިޔަ އެކިއެކި ޝަރީއަތުގެ މަޖިލީހުގެ ތަކުގައި ފާހަގަކޮށްފައިވާއިރު، ވެރިކަމުން ފޭބިއިރު، ރައީސް ޔާމިން އެކައުންޓްތަކުގައި 100 މިލިއަންއަށް ވުރެ ގިނަ ފައިސާ ހުރިކަން އެއީ ފެންނަންހުރި ހަޤީގަތެވެ. އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ޔާމީން ދިރިއުޅުނު ގެއަށް ގެންގޮސްފައިވާކަން ޝަރީއަތުގެ މަޖިލީހުގައި ބައެއް ފަރާތްތަކުން ހެކިބަސްދީފައިވެއެވެ. ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުން އިތުރު ފައިސާތަކަކާ އެކު ޔާމީން އެ ފައިސާ އިންވެސްޓް ކޮށްފައިވާކަން ހެކިތަކުން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާއިރު، ރިޝްވަތު ހޯދަން ޔާމީން މަސައްކަތް ކުރެއްވިކަމާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެނގިހުރެ އެ ފައިސާގެ މުޢާމަލާތްކޮށް އޭގެން ނާޖާއިޒު މަންފާ ހޯދާ މަނީލޯންޑަރ ކޮށްފައިވާކަން ސާބިތުވާކަމަށް ހުކުމުގައި ވަނީ ކަނޑައަޅާފައެވެ. 

ނަމަވެސް ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނަގަން އެ މައްސަލާގެ ތެރެއިން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވީނަމަވެސް، ކޯޓުގެ ހުކުމުގައި އެކަމާ މެދު ގޮތެއް ކަނޑައަޅާފައެއް ނުވާކަން ފާހަގަކުރެވިފައިވެއެވެ. އެކަމާ ގުޅިގެން ރައީސް ޔާމީން ލޯންޑާ ކުރިކަން ސާބިތުވި ފައިސާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފް ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ހުކުމް ކުރިތާ ހަފްތާއެއް ފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ. ނަމަވެސް އެބައި އިސްތިއުނާފްކޮށްފައެއް ނުވެއެވެ. 

އޭގެ ފަހުން އަޑުއިވިގެން ދިޔައީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (52 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އަމުރުކުރިތަނެވެ. މިފައިސާ ދައްކަން 26 ފެބްރުއަރީ 2023 ގައި ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށްކަމަށް ކޯޓުން ބުނެފައިވެއެވެ. 

52 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެކޯޓުން ނިންމާފައިވަނީ އެ ފައިސާ ދެއްކުމަށް އަންގާފައިވަނީ އިޖުރާތްތަކާ ހިލާފަށް ކަމައި އެއީ ބާތިލް އަމުރެއްކަމަށެވެ.  އަދި ކްރިމިނަލް ކޯޓުން ފަހުން ނެރުނު އަމުރު ނެރުނީ ޔާމީން ޖަލަށްލާން ހުކުމްކުރިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއާ ގުޅިގެން ކަން ފާހަގަކޮށް، ހައިކޯޓުގެ ހުކުމުގައި އެއީ ގާނޫނާ ހިލާފް ކަމެއް ކަމަށް ބަޔާންކޮށްފައިވެއެވެ. 

ރައީސް ޔާމީންގެ ކުށްކޮށްގެން ހޯދި ފައިސާ ދަޢުލަތަށް ނެގުމަށް ހުރަސް އެޅިގެން މިދިޔައީ ކޮންކަމަކާ ގުޅިގެންތޯ މިއަދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ނިންމިއިރު ހުކުމް ކޮށްފައިނުވުމަކީ މައްސަލަ ބެއްލެވި ފަނޑިޔާރުގެ އިހުމާލުން ހިނގާފައިވާކަމެއްކަމެއްތޯ ބަލާއިރު، ޙުކުމްކުރިއިރު، ކުށްކޮށްގެން ހޯދާފައި ވާ މުދަލާއި ފައިސާއަކީ ކޮބައިކަން އެނގިފައިވާނަމަ، ޙުކުމް ކުރާއިރު އެ ފައިސާއާ މުދާ ދައުލަތަށް ނެގުމަށް އަމުރު ކުރަންވާނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނާ ޙަވާލާދީ ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން ކުށްކޮށްގެން ހޯދި ފައިސާ ދަޢުލަތަށް ނެގުމަށް އަމުރުކޮށްދިނުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެފައިސާ ދެއްކުމަށް ކޯޓުގެ ފަނޑިޔާރު އަމުރެއް ނެރުނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އަސާސީ ބައެއް އުސޫލުތަކާ ހިލާފަށްކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. 

މިމައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ފަނޑިޔާރު ގޯސްތަކެއް ހަދާފައިވާކަން ގަބޫލުކުރެއެވެ. ދައުލަތުން ބުނެފައިވަނީ ބައެއް އިޖްރާއީ ގޯސްތަކަކީ މުޅި ހުކުމަށް އަސަރު ނުކުރާނެ އަދި ފަހުން ރަނގަޅު ކުރެވިދާނެ ފަދަ އިޖްރާއާތުތަކެއް ކަމަށެވެ. އަދި އެފަދަ ގޯސްތައް ހެދޭ ހާލަތްތަކުގައި އަމަލު ކުރަންޖެހޭ ގޮތަކީ އިހުމާލުވި ފަރާތަކާ މެދު ފިޔަވަޅު އެޅުންކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލާގައި ގޯސްކޮށް އަމަލުކުރިކަމަށް ބުނާ ފަނޑިޔާރާމެދު އެޅުނު ފިޔަވަޅާކީ ޕްރޮމޯޝަން ދިނުމަށްފަހު މަތީ މަރުހަލާގެ ކޯޓަކަށް ބަދަލުކުރުންތޯ ރައްޔިތުން މިއަދު ސުވާލު އުފައްދައެވެ. 

ކްރިމިނަލް ކޯޓުން މައްސަލަ ނިންމިއިރު އެބަޔަށް ހުކުމް ކޮށްފައިނުވާކަން އެނގުމުން އެބައި އިސްތިއުނާފްކުރާނެކަމަށް ބުނެ ފަހުން އިސްތިއުނާފްކޮށްފައިނުވުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ އިހުމާލެއްތޯ ބަލާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ހުކުމަށް ފަހު އެ ހުކުމުގެ އެ ބައި އިސްތިއުނާފް ކުރުމާ މެދު ދިރާސާ ކުރަން ވަގުތުތަކެއް ނެގި ކަމަށާއި އަދި ފަހުން އިސްތިއުނާފަށް ނުގޮސް، ކްރިމިނަލް ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ އިސްތިއުނާފީ ކޯޓުގެ ވަގުތު ބޭކާރު ނުކުރަން ވެގެން ކަމަށެވެ. ނަމަވެސް މިއީ ގާނޫނީ ގޮތުން ހަމަޖެހޭ ވާހަކަތަކެއްކަމަށް ޤާނޫނީ ބޭފުޅުން ގަބޫލްފުޅު ނުކުރައްވައެވެ. އެހާލަތަކީ ކަނޑައެޅިގެން އިސްތިއުނާފް ކުރަންޖެހޭ ހާލަތެއްކަން އެނގިތިބެ އިސްތިއުނާފް މުއްދަތު ހަމަވިއިރުވެސް އިސްތިއުނާފްކޮށްފައިނުވުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރުވާކުޑަކަމާއި އިހުމާލް ފެންނަންއޮތް ކަމެކެވެ. 

ރައީސް ޔާމީންގެ މައްސަލަ ނިންމާ ޖަލަށްލާން ހުކުމްކުރިތާ ދެ މަސް ފަހުން އެމައްސަލާގައި ހިމެނޭ ކުށްކޮށްގެން ހޯދި ފައިސާ ދަޢުލަތަށް ނެގުމަށް އަމުރުކޮށްދިނުމަށް ދައުލަތުން ކޯޓަށް ސިޓީއެއް ފޮނުވާފައިވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އަށް އެނގިވަޑައިގެންފައި ނުވާތީތޯ ބަލާއިރު، މި މައްސަލައިގެ ހައިކޯޓުގެ ނިންމުމަށް ބަލާއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެކަމުގައި އަމަލުކުރީ ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ އުސޫލުންކަމަށާއި އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި  ދައުލަތުން އެދިފައިވާކަމެއް މައުޟޫޢީ މައްސަލައިގެ ޤަޟިއްޔާގެ ނިންމުމުގައި ހިމަނާފައިނުވާމަ، އެކަމަށް ޢަދުލުގެ ނިޒާމު ގައި އޮންނަ ޙައްލަކީ އިސްތިއުނާފު ކުރުންކަމަށް ހައުކޯޓުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. ސުވާލަކީ ޕްރޮސެކިއުޓާ ޖެނެރަލް މި ގޮތަށް އަމަލުކޮށްފައިވަނީ މި އިޖުރާތްތަކާ އުޞޫލުތައް އެނގިވަޑައިނުގަންނަވާތީތޯއެވެ. އެހެންކަމަށްވާނަމަ، އެ މަޤާމަށް ކުފޫ ހަމަވާކަމަށް ދިވެހިރައްޔިތުން ނުދެކޭނެއެވެ. 

މަތީގައި ފާހަގަކުރި ކަންތައްތަކުން އެނގިގެންދަނީ ދިވެހިރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑުއެއް ހިޔާނާތުގެ މައްސަލަކަމަށްވާ އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެފައިވީނަމަވެސް ދައުލަތަށް ލިބެންޖެހޭ 52 މިލިއަން ރުފިޔާ ހޯދުމަށް ހުރަހަކަށް ވެގެން މި ދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ކޯޓުގެ ފަނޑިޔާރުގެ ފަރުވާކުޑަކަމާއި ނާގާބިލްކަމުންކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ. 

މިއީ މިފަދަ މައްސަލަތައް ދިމާވި ފުރަތަމަ ފަހަރެއް ނޫނެވެ. ތަހުޤީޤުކުރާ ފަރާތްތަކާއި ދަޢުވާކުރާ ފަރާތްތަކުގެ އިހުމާލުން ދަޢުލަތާއި ރައްޔިތުންނަށް ބޮޑު ގެއްލުންތައް ވަމުންދާކަން މިއީ މިއަދު ގަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. ގއ. ވޮޑުމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރްސީއަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރަށްވެސް ޔާމިން ހިޔާނަތްތެރިވެ މަނީލޯންޓަރކުރިކަމަށް ބުނެ ހުށަހެޅި މައްސަލައިންވެސް ރައީސް ޔާމިން ސަލާމަތްވެގެން ދިޔައީ ހިސާބު އަކުރެއްގެ މައްސަލައެއް ފެންމަތިކޮށް ތަހުޤީޤު މަރުހަލާގައި އަދި ޝަރީއަތުގެ މަރުހަލާގައި އެކަމާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތަކެއް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ބަލާފައި ނުވުމުންކަން އެނގެއެވެ.

މީގެ އިތުރުން ބައެއް ބޮޑެތި ޑްރަގް މައްސަލަތަކުގައި ހައްޔަރު ކުރެވުނު ފަރާތްތަކުގެ މައްޗަށް ކުށްތައް ސާބިތުނުވެ މުޖުތަމަޢުއަށް ދޫވެގެން ގޮސްފައިވަނީ ތަހުޤީޤު ކުރާ ފަރާތުން ނުވަތަ ދަޢުވާ ކުރުމުގައި ހުރި އުނިކަންތައްތަކުގެ ސަބަބުން ކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން މުޖުތަމަޢުގެ އަމާންކަން ދަނީ ގެއްލެމުންނެވެ. ރައްޔިތުންގެ ހަޒާނާއިން ވައްކަން ކުރި ފަރާތްތަކުގެ އެކައުންޓުގައި 100 މިލިއަނުން ފައިސާ ވަދެފައިވާއިރު، ދަޢުލަތުގެ ތިޖޫރީން ހިޔާނަތްތެރިވެ މަނީލޯންޑަރުކުރިކަމަށް ސާބިތުވުމުންވެސް އެންމެ ފައިސާ ފޮއްޗެއްވެސް ރައްޔިތުންގެ އެކައުންޓަށް އަނބުރާ ވަދެފައި ނުވަނީ މުޢައްސަސާތަކުގައި ތިބި ފަރާތްތަކުގެ ފަރުވާކުޑަކަމާއި އިހުމާލައި ނާގާބިލްކަން މިއަދު ނުބުނެވޭނެތޯއެވެ. 

ދިވެހި ރައްޔިތުންގެ ފައިސާއާއި މުދާ ހިމާޔަތްކޮށް އެތަކެއްޗާމެދު ހިޔާނަތްތެރިވާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދިނުމުގައާއި ރައްޔިތުންގެ ފައިސާއިން ގެއްލިގެންދާ އެތަށް މިލިއަން ރުފިޔާއެއް ހޯދުމުގައި ހުރަހަކަށް މިއަދު ވެފައިވަނީ މުޢައްސަސާތަކުގައި ތިބި ފަރާތްތަކުގެ އިހުމާލައި ނާގާބިލްކަންކަން މިއަދު ރައްޔިތުން ބުނަމުންދަނީ މި ސަބަބުތަކާ ހުރެއެވެ. 

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު