Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހާފިޒުން ތަމްރީން ކުރުން

އަންނަ އަހަރުގެ ރަމަޟާން މަހަށް ގިނަ ހާފިޒުންތަކެއް ތަރާވީސް ނަމާދު ކުރެވޭ ފެންވަރަށް ތަމްރީން ކުރަނީ

ރާއްޖޭގައި ވެސް ވަރަށް ރީއްޗަށް ޤުރުއާން ކިޔަވައި ގާބިލް ހާފިޒުން އެބަތިބި

އަމްނާ އިމާދު
އަމްނާ އިމާދު | 28 މާރިޗު 2023 | އަންގާރަ 07:42
އިސްލާމީ މަރުކަޒުގައި ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އަންނަ އަހަރުގެ ރަމަޟާން މަހަށް ގިނަ ހާފިޒުންތަކެއް ތަރާވީސް ނަމާދު ކުރެވޭ ފެންވަރަށް ތަމްރީން ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ތަރީވީސް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ހާފިޒުން ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން މާލެސިޓީ އަދި އަތޮޅުތެރެއަށް ވެސް ބޭރުގެ ހާފިޒުން ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ވެސް ވަރަށް ރީއްޗަށް ޤުރުއާން ކިޔަވައި ގާބިލް ހާފިޒުން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކޮންމެވެސް ސަބަބަކާއި ގުޅިގެން ތަރާވީސް ނަމާދު އަދި ހިފްޒު ކުރުމަށް ހާފިޒުން ކުރިމަތި ނުލަނީ ކަމަށެވެ. މި މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭގައި ތިއްބެވި ހާފިޒުންނަށް އިތުރު ޓްރެއިނިންގ ދޭންޖެހޭ ކަމަށާއި، ތަރާވީސް ނަމާދު ކުރުމަށް އަހުލުވެރި ކުރުވަން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއެކު ހާފިޒުން ތަމްރީން ކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި މިރޯދަމަސް ނިމުމާއެކު ހާފިޒުން ތަރާވީސް ނަމާދަށް ތަމްރީން ކުރުމަށް ޕްރޮގްރާމް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ޕްރޮގްރާމާއެކު މިއަންނަ އަހަރަށް ގިނަ ހާފިޒުން ތަކެއް ތަރާވީސް ނަމާދު ކުރެވޭ ފެންވަރަށް ތަމްރީން ކުރެވޭނެ ކަމަށެވެ.

އަންނަ އަހަރުގެ ރަމަޟާން މަހަށް ގިނަ ހާފިޒުން ތަކެއް ތަރާވީސް ނަމާދު ކުރެވޭ ފެންވަރަށް ތަމްރީން ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެފައިވާއިރު، މި މައްސަލައާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައިވެއެވެ. ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ހާފިޒުން ގެންނަ ކަމަށާއި، އެކަމަށް ދިވެހިން ނުކުންނަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ރީތި ރާގުތަކަށް، ތަޖުވީދުގެ ހަމަތަކަށް ގުރްއާން ކިޔަވާ ދިވެހިން ވަރަށް ގިނަ ކަމަށާއި، ހާފިޒަކަށް ވުމަށް ފަހު އެގޮތުގައި ދެމިހުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެ މަސައްކަތް ކުރެވޭ މިންވަރު ދަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު