Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕްރައިމަރީ ބާތިލްކުރުމުގެ މައްސަލަ

އެމްޑީޕީ ޕްރައިމަރީ ބާތިލްކުރުމުގެ މައްސަލަ: އިހުތިސޯސާ މެދު ސުވާލު އުފައްދައިފި

5 މާރިޗު 2023 | އާދީއްތަ 10:42

އިޖްރާއީ މައްސަލައަށް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ކޯޓުން ވަނީ ދީފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 މާރިޗު 2023 | އާދީއްތަ 10:42
އެމްޑީޕީ ޕްރައިމަރީގެ ތެރެއިން

އެމްޑީޕީ ޕްރައިމަރީގެ ތެރެއިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއާ ގުޅިގެން އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެމްޑީޕީން އިހްތިސާސްއާ މެދު ސުވާލު އުފެއްދުމުން، ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރުމާ މެދު ގޮތެއް ނިންމުން ސިވިލް ކޯޓުން ފަސްކޮށްފިއެވެ.

އެ މައްސަލާގައި ޕްރައިމަރީގެ ނަތީޖާއަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިފައިވާތީ ސިވިލް ކޯޓުގައި މިއަދު ތާވަލްކުރީ ވަގުތީ އަމުރާ މެދު ވާހަކަ ދެއްކުމާއި ގޮތެއް ނިންމުމުވެ. އެހެން ނަމަވެސް އެމްޑީޕީން އިހްތިސާސްއާ މެދު ސުވާލު އުފައްދައި، އިޖްރާއީ މައްސަލައެއް ވަނީ ހުށަހަޅައިފައެވެ. އެކަމަށް ޖަވާބުދާރީވާން 10 ދުވަހުގެ ފުރުސަތެއް ކޯޓުން ވަނީ ދީފައެވެ.

Advertisement - newsAdvertisement

މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އިހްތިސާސްއާ މެދު ސުވާލު އުފައްދައިފި ނަމަ، އެކަމާ މެދު ދައުވާކުރާ ފަރާތުން ޖަވާބު ދޭންޖެހޭނެ އެވެ. އަދި އެއަށްފަހު އެކަމާ މެދު ކޯޓުން ގޮތެއް ނިންމަން ޖެހޭނެއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި އޮތީ ޕާޓީގެ މެންބަރަކު ވަކިކުރުމަކީ މެންބަރާ މެދު އަޅާ ފިޔަވަޅެއްކަން އަސާސީ ގަވާއިދުން އެނގެން އޮންނައިރު، ވަކިކުރި 39،000 މެންބަރުން ވަކިކުރީ ފިޔަވަޅު އެޅުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތުތަކާ ހިލާފަށް ކަމަށެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ.

އިންތިޚާބަށްފަހު ރައީސް ޞާލިހަށް މިހާރު ވަނީ ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް ހަވާލުކޮށްފައެވެ. ޓިކެޓް ދިނުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ވެސް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާ މެދު ބަޔަކު ހިތްހަމަނުޖެހުނަސް އެ ޕާޓީން ފަހަތަށް ނުޖެހޭނެއެވެ. އަދި، ރިޔާސީ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުކޮށްދޭން ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ރިޔާސީ ޕްރައިމަރީއާއެކު އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިޔާލުތަފާތުވުންތައް އެބަހުރި ކަމަށެވެ. ޑިމޮކްރަޓިކް ޕްރޮސެސްއެއްގެ ތެރޭގައި ކަންކަން ނިމެމުންދާއިރު އާއި އެންމެން ވަކާލާތުކުރި ކަންކަން ތަންފީޒުކުރެވިގެންދާއިރުގައި ނަތީޖާއަށް އަންނަ ބަދަލާއި ގުޅިގެން ހިތްހަމަނުޖެހުމަކީ އިންސާނީ ތަބިއްޔަތުގައި ހުންނަކަމެއް ކަމަށާއި އެކަމާއި މެދު ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް