Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާގެ އާބާދީ

ޗައިނާގެ އާބާދީ އިތުރުވާ މިންވަރު، 60 އަހަރަށްފަހު ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެ

2021 ވަނަ އަހަރު އާބާދީ ހުރި ވަރަށްވުރެ 850،000 ދަށަށްގޮސް، 2022 ވަނަ އަހަރުގެ އާބާދީއަކީ 1.4118 ބިލިއަން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2023 | އަންގާރަ 16:57
ޗައިނާ އަންހެނަކާއި އޭނާގެ ދަރިފުޅު

ޗައިނާ އަންހެނަކާއި އޭނާގެ ދަރިފުޅު

ޗައިނާގެ އާބާދީ އިތުރުވާ މިންވަރު 60 އަހަރަށްފަހު ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ. މިގޮތުން އެންމެ ފަހުން ރިކޯޑް ކުރެވިފައިވާ އުފަންވާ ރޭޓަކީ ކޮންމެ 1000 މީހަކަށް 6.77 ކުދިންނެވެ. ގައުމީ ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުގެ އާބާދީއަށްވުރެ 850،000 ދަށަށްގޮސް، 2022 ވަނަ އަހަރުގެ އާބާދީއަކީ 1.4118 ބިލިއަނެވެ.

އެހެން ގައުމުތަކުގެ އާބާދީ އިތުރުވާ ނިސްބަތަށް ބަލާއިރު، 2021 ވަނައަހަރު އެމެރިކާގައި ކޮންމެ 1000 މީހަކަށް 11.6 ކުދިން އުފަންވެފައިވާއިރު، އިނގިރޭސިވިލާތުގައި 10.08 ކުދިން އުފަން ވެފައިވެއެވެ. އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް ޗައިނާ ފަސްދީ ދިއުމަށް ތައްޔާރުވެފައިވާ އިންޑިޔާގައި ކޮންމެ 1000 މީހަކަށް އުފަންވެފައިވަނީ 16.42 ކުދިންނެވެ.

ޗައިނާގައި މަރުވާ މީހުންގެ އަދަދުވެސް 2022ވަނަ އަހަރު ފުރަތަމަ ފަހަރަށް ވަނީ، އުފަންވާ ވަރަށްވުރެ އިތުރުވެފައެވެ. އެ އަހަރު ޗައިނާއިން ވަނީ 1976ށްފަހު އެންމެ ގިނަ މަރު ރިކޯޑްކޮށްފައެވެ. މިގޮތުން އެގައުމުން 2022ވަނަ އަހަރު ވަނީ ކޮންމެ 1000 މީހަކަށް 7.37 މަރު ރިކޯޑް ކޮށްފައެވެ. އޭގެ ކުރީ އަހަރު ރިކޯޑްކޮށްފައިވަނީ ކޮންމެ 1000 މީހަކަށް 7.18 މަރެވެ. އަދި މި ހިނގާ 2023 ވަނަ އަހަރު މީހުން މަރުވާ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލިފަހުން، ކޮވިޑް ޖެހި ކޮވިޑާގުޅުން ހުރި މަރުތައް ވަރަށް ބޮޑަށް އިތުރުވާން ފަށާފައި ވާތީއެވެ.

ޗައިނާގެ އާބާދީއަށް އަންނަން ފަށާފައިވާ ބަދަލާ ގުޅިގެން، ކުރިއަށް އޮތް ދިގު މުއްދަތުގައި ލޭބަރފޯރސް ކުޑަވެ، ހެލްތު ކެއަރ އަދި ސޯޝަލް ސެކިއުރިޓީގެ ޚަރަދުތައް ބޮޑުވެގެންދާނެތީ ސަރުކާރުގެ ކަމާބެހޭ އޮފިޝަލުން މީގެ ކުރިން ވަނީ އާބާދީގެ "ކާރިސާ"އެއްގެ ވާހަކަވެސް ދައްކަވާފައެވެ. ވަޒީފާ ނެތް ޒުވާނުންގެ އަދަދު އިތުރުވެ، އާމްދަނީ ވަރަށް ބޮޑު ތަން ދަށަށް ދިއުމުން، ކައިވެނިތައްވެސް މަދުވެ، އުފަންވާ ކުދިންވެސް މަދުވާނެކަމަށް އަންދާޒާ ކުރެވިފައިވެއެވެ.

ޗައިނާގެ އާބާދީ އިތުރުވުން ކޮންޓްރޯލްކުރުމަށްޓަކައި އެޅި ފިޔަވަޅެއްގެ ގޮތުން، ކޮންމެ ދެމަފިރިއަކަށްވެސް ހޯދޭނީ އެންމެ ކުއްޖެއް ކަމަށް 1979 ވަނަ އަހަރު ސަރުކާރުން ކަނޑައެޅިއެވެ. މި އަމުރަށް ނުކިޔަމަންވީ ފަރާތްތައް ޖޫރިމަނާ ކުރިއެވެ. ވަޒީފާތަކުން ކަނޑަމުން ގެންދިޔައެވެ. ގިނަ އާއިލާތަކުން ބޭނުންވަނީ ފިރިހެން ކުދިން ކަމަށް ވުމުން، އެބޯޝަން ހެދުން ގިނަވެ، އަށްޑިހައިގެ އަހަރުތަކަށް އެޅުނުއިރު، އަންހެނުންނަށްވުރެ ފިރިހެނުން ވަނީ ގިނަވެފައެވެ. އެއްކުއްޖަކު ހޯދުމަށް ކޮށްފައިވާ އަމުރު 2016 ވަނަ އަހަރު ބާތިލުކޮށް، ދެ ކުދިން ހޯދިދާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ. މީގެ އިތުރުން، އާބާދީ އިތުރުވާ ނިސްބަތް އިތުރުކުރުމަށްޓަކައި ޓެކްސް ދެއްކުމަށް ލުއި ގޮތްތައް ހަދައިދީ، އަދި މެޓަރނަލް ހެލްތު ކެއަރގެ ކަންތައް ރަގަޅުކޮށްފައިވެއެވެ. އެހެންނަމަވެސް ކުރިން ހީކުރެވުނު ވަރަށް އާބާދީ އިތުރުވެގެން ނުދާކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ސަބަބަކީ ވަޒީފާއަށް ދާ މައިންނަށް އިތުރު އެހީތައް ނުލިބުމާއި އަދި ކުދިންނަށް ތައުލީމުފަދަ ކަންކަން ފުޅާވެފައި ނުވުމެވެ.     

ކޮމެންޓް

އިތުރަށް ކިޔާލަން

ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

29 ޖެނުއަރީ 2018
ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

ޗައިނާގެ އިގްތިޞާދީ އިސްތިޢުމާރުގެ މަޅީގައި ގައުމުތައް ސިޔާދަތުގެ ދަރަނިވެރިކަމަށް!

21 ޑިސެމްބަރު 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް: އިތުރު ޖަރީމާތަކަށް ހުޅުވޭ ދޮރެއްތަ؟

18 ޑިސެމްބަރު 2017
ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

ދުނިޔޭގެ އާބާދީ 2050 ވަނަ އަހަރު 9.5 ބިލިޔަން އަށް އަރާނެ، ކިހާބޮޑު މައްސަލައަކަށް ވާނެބާ!

25 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު