Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭގެ މިސްކިތްތައް މަރާމާތުކުރުން

މިސްކިތްތައް މަރާމާތުކުރަން 2 މިލިއަން ކަނޑައެޅި، ސިޓީ ކައުންސިލުން މުއާމަލާތެއް ނުކުރޭ: މިނިސްޓްރީ

ކުރިން ސިޓީ ކައުންސިލާއި ހަވާލު ކުރި 1 މިލިއަންގެ ބޭނުންކޮށްފައިނުވާކަމަށް އެ ކައުންސިލުން ބުނެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޖެނުއަރީ 2023 | ހުކުރު 18:05
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

މާލޭޭގެ މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ އެހީއެއް ލިބެމުން ނުދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނާ ވާހަކަތައް އިސްލާމިކް މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ “ޗާލު މިސްކިތް” ނަމުގައި މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ފަންޑެއް ހުޅުވައިދެއްވަމުން، ސަރުކާރުން މިސްކިތްތަކުގެ ލިބެމުންދާ މާލީ އެހީ އެކަށީގެން ނުވާކަމަށް ސިޓީ ކައުންސިލުން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް މިސްކިތްތައް މަރާމާތުކުރުމަށް މީގެ ކުރިން ސިޓީ ކައުންސިލާއި ހަވާލު ކުރި 1 މިލިއަންގެ ބޭނުންކޮށްފައިނުވާކަމަށް އެ ކައުންސިލުން ބުނެފައިވާކަަމަށް ބަޔާނުގައިވެއެވެ.

މިނިސްޓްރީ އިން އިތުރަށް ބުނީ ލާމަރުކަޒީ ގާނޫނު ބުނާގޮތުން މިސްކިތްތައް ފޮޅާ ސާރުކުރުން އަދި މަރާމާތު ކުރުމަކީ ކައުންސިލުތަކުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ދައުލަތުން އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ހަވާލުކުރުމުގެ އިތުރުން މިސްކިތްތައް ބެލެހެއްޓުމުގެ މަސައްކަތްތަކުގައި މިނިސްޓްރީއިން ދަނީ ކައުންސިލުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީއިން ވަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއް މަރާމާތު ކުރުމަށްޓަކައި ކައުންސިލުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަަމަށާއި އެކަމަށް ހިނގާނެ ހަރަދުތަކުގެ ތަފްސީލެއް ފޮނުވައިދިނުމަށް ކައުންސިލުތަކުގައި އެދިފައިވާނެ ކަމަށް ބުނެފައެވެ. އަދި ޚަރަދުގެ ތަފްސީލު ފޮނުވުމުން މިނިސްޓްރީގެ ބަޖެޓުން އެ މަސައްކަތަށް 2 މިލިއަން ދިނުމަށް ކަނޑައަޅާފައިވާކަން ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި މެދު ސިޓީ ކައުންސިލުން އިތުރު މުއާމަލާތެއް ކޮށްފައިނުވާކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައިވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން، މިނިސްޓްރީގެ ބަހެއް ނެތި މަރާމާތުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓްރީ ބަދުނާމުވާގޮތަށް ޚަބަރު ގެނެސްދީފައިވާތީ މިނިސްޓްރީ އިން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

އަނެއްކޮޅުން ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކަށް ކުރި ޚަރަދުގެ ތަފްސީލް މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި މިކަމުގައި މިނިސްޓްރީ އިން ދޮގު މައުލޫމާތު ހިއްސާކުރާ ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރެއެވެ.

މާލޭ ސިޓީ ކައުންސިލްއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު