Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕޯޗުގަލް ޤައުމީ ޓީމު

ހުސްވެފައިވާ ޕޯޗުގަލް ކޯޗުކަމުގެ މަޤާމަށް މާޓިނޭޒް ހަމަޖައްސައިފި

ގޮމޭޒް ވިދާޅުވީ، ޕޯޗުގަލްގެ ދައުވަތު މާޓިނޭޒް ޤަބޫލު ކުރުމުން އެކަމާ އުފާވާ ކަމަށާއި، އެކަމަށްޓަކައި މާޓިނޭޒަށް ޝުކުރު އަދާ ކުރާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2023 | އަންގާރަ 02:11
ޕޯޗުގަލްގެ ކޯޗުގެ ގޮތުގައި މާޓިނޭޒް އިއުލާން ކުރުމުގެ ތެރެއިން

ޕޯޗުގަލްގެ ކޯޗުގެ ގޮތުގައި މާޓިނޭޒް އިއުލާން ކުރުމުގެ ތެރެއިން

ޕޯޗުގަލް ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަޤާމަށް ރޮބާޓޯ މާޓިނޭޒް ހަމަޖައްސައިފި އެވެ.

މާޓިނޭޒް ހަމަޖެއްސުމާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ. އެއީ ކުރިން އެ މަޤާމުގައި ހުރި ފެނާންޑޯ ސަންޓޯސް، ފީފާ ވޯލްޑް ކަޕަށްފަހު މަޤާމުން ވަކިކުރަން ނިންމުމުންނެވެ. ހޯމަ ދުވަހު ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާ އިން ވަނީ އެ ޤައުމުގެ ކޯޗުކަމުގެ މަޤާމަށް މާޓިޏޭޒް ހަމަޖެއްސިކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ޕޯޗުގަލް ފުޓުބޯޅަ އިދާރާގެ ރައީސް ފެނާންޑޯ ގޮމޭޒް ވިދާޅުވީ، ޕޯޗުގަލްގެ ދައުވަތު މާޓިނޭޒް ޤަބޫލު ކުރުމުން އެކަމާ އުފާވާ ކަމަށާއި، އެކަމަށްޓަކައި މާޓިނޭޒަށް ޝުކުރު އަދާކުރައްވާފަ އެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މިއީ ޕޯޗުގަލްގެ ފުޓުބޯޅަ ޓީމަށް ވަރަށް މުހިންމު ވަގުތެއް ކަމަށާއި މާޓިނޭޒަށް ފުރިހަމަ އަށް އިތުބާރު ކުރާ ކަމަށް އަދި އޭނާއާއެކު ޕޯޗުގަލް އިން ކަނޑައަޅާ ޓާގެޓުތަކަށް ވާސިލްވެވޭނެކަމުގެ އުންމީދު ވެސް ބޮޑު ކަމަށެވެ.

ޕޯޗުގަލް އިން އެ ޓީމުގެ ކޯޗަކަށް މާޓިނޭޒް ހަމަޖެއްސިކަން އިއުލާން ކުރުމުން އޭނާ ބުނީ، ބޭނުންވަނީ ނިމުނު ވޯލްޑް ކަޕްގައި ޓީމާއެކު ތިބި 26 ކުޅުންތެރިންނާ ވާހަކަ ދައްކަން ކަމަށެވެ. މީގެ އިތުރުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ވެސް ވާހަކަ ދައްކާނެ ކަމަށާއި، ރޮނާލްޑޯ އަށް އެންމެން ވެސް އިޙުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

މާޓިނޭޒް އެންމެ ފަހުން ހުރީ ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗުކަމުގައެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނު ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާއެކު މާޓިނޭޒް ވަނީ މަގާމުން އެކަހެރިވެފައެވެ. އުމުރުން 49 އަހަރުގެ މާޓިނޭޒްގެ ކޯޗިން ކެރިއަރު ފެށީ 2007 ވަނަ އަހަރުއެވެ. އެއަށްފަހު އޭނާ ބެލްޖިއަމްގެ ގައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. މާޓިނޭޒްގެ އިރުޝާދުގެ ދަށުން ބެލްޖިއަމް ވަނީ 80 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 56 މެޗުން މޮޅުވެ، 13 މެޗުން އެއްވަރުވެފައެވެ. ބަލިވެފައިވަނީ 11 މެޗުންނެވެ. ބެލްޖިއަމާއެކު މާޓިނޭޒްއަށް ހޯދުނު ކާމިޔާބަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިންވަނައެވެ.

ޕޯޗުގަލްރޮބާޓޯ މާޓިނޭޒް

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
20 ސެޕްޓެމްބަރު 2025

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު
19 ނޮވެމްބަރު 2024

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު