Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ

ރާއްޖެ އަށް ބޭނުންވަނީ ލިބޭ ވަރުގަދަ އިގްތިސާދެއް، ނާރެހަކަށް ވާންވީ އަމިއްލަ ކުންފުނި: ރައީސް ނަޝީދު

ވަޒީފާ އިން ސަސްޕެންޑްކުރުމާއި، ވަޒީފާ ބަދަލުކުރުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ތުހުމަތުކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ޖެނުއަރީ 2023 | ހޯމަ 02:31
ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަނީ

ރައީސް ނަޝީދު އެމްޑީޕީ ކޮންގްރެސްގައި ވާހަކަފުޅުދައްކަވަނީ

ރާއްޖެ އަށް ބޭނުންވަނީ ލިބޭ ވަރުގަދަ އިގްތިސާދެއް ކަމަށާއި އިގްތިސާދުގެ ނާރެހަކަށް ވާންވީ އަމިއްލަ ކުންފުނިތައް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ކެމްޕެއިން ބައެއްދަލުވުމެއްގައި ވާހަަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްްޤީގެ ވަޔަރިންގަކީ ޑިމޮކްރަސީ ކަމަށެވެ. އެ ތަރައްޤީ ގެނެވޭނީ ޕްރޮޖެކްޓުތައް ރަނގަޅަށް ކުރިއަށް ގެންގޮސްގެން ކަމަށާއި އެ މަސައްކަތް ކުރަން އެންމެ ރަނގަޅީ އަމިއްލަ ކުންފުނިތަކުން ކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކުން މަސައްކަތް ކުރާ ނިސްބަތް ސަރުކާރު ކުންފުނިތަކަށް ވުރެ އެތައް ގުނައެއް އަވަސް ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަމިއްލަ ކުންފުނިތަކުން 200 މިލިއަން ޑޮލަރުގެ ރިސޯޓު ޕްރޮޖެކްޓު ދޮޅު އަހަރު ދުވަހުން ނިންމާލާ ކަމަށެވެ. އަދި އަމިއްލަ ކުންފުނިތަކުން ނަރުދަމާ އަޅަން ނަގަނީ ދެ މަހެއްހާ ދުވަސް ކަމަށެވެ. އެހެންކަމުން ސަރުކާރު ކުންފުނިތަކާއި ހަވާލުކުރާ މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމާއި ތަކުރާރުކޮށް އެއް މަސައްކަތެއް ކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތައް ރަނގަޅަށް މޮނީޓަރު ނުކުރެވޭ ކަަމަށެވެ. އެގޮތުން ސަރުކާރުގައި ނެތް ފެންވަރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެއީ އެކަން ކުރަންޖެހޭ ގޮތް ނޫން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫޢުތައް ހިންގާ އިރު އެއްފަހަރާ ހުރިހާ ރަށެއްގައި މަޝްރޫޢުތައް ހިންގާ ވަރަށް ރާއްޖޭގައި ވަސީލަތް ނެތް ކަަމަށާއި މަޝްރޫޢޫތައް ލަސްވަނީ އެހެންވެގެން ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ބޭނުންވަނީ ގައުމަށް ލިބޭ އާމްދަނީ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ވަރުގަދަ އިގްތިސާދެއް ކުރިއަރުވަން ކަމަށާއި އެކަން ކުރެވޭނީ އަމިއްލަ ކުންފުނިތަކަށް ފުރުސަތު ހޯދައިދީގެން ކަަމަށެވެ.

ވަޒީރެއްގެ ނޫނީ ވެރިއެއްގެ ގޭގެ ކައިރީގައި މުގޯލި އަޅައިގެން ނޫނީ ތަރައްޤީ ނުވެވޭ ކަމަށް ބައެއް ބޭފުޅުންނަށް ހީވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ އަޅުވެތިކަން ކަމަށާއި އެ ވިސްނުމަކީ ގޯސް ވިސްނުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން އިންތިޚާބާއި ދިމާކޮށް ނުފޫޒު ފޯރުވާކަމަށް ބުނާ ވާހަކަތައް ވެސް އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ. އެގޮތުން ވަޒީފާ އިން ސަސްޕެންޑުކުރުމާއި ވަޒީފާ ބަދަލުކުރުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ތުހުމަތުކުރެއްވިއެވެ. އެ ކަންކަމަކީ "މައުމޫނީ" ސިފަތަކެއް ކަަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ އުފެދިގެން އައީ ވަކި ކަންތައްތަކެއް، ވަކި ފަލްސަފާތަކެއް އަށަގެންނެވުމުގެ ބޭނުމުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީ އިން އަބަދުވެސް ޤަބޫލުކުރަމުން ދިޔައީ ޑިމޮކްރަސީގެ ބޭނުމަކީ ތަރައްޤީ އަށް މަގުފަހިވުމުގެ ގޮތުގައި ކަމަށާއި ޑިމޮކްރަސީގެ ބޭނުމަކީ އާއްމު ޙާލަތު ރަނގަޅުވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޑިމޮކްރަސީ އަކީ ވަކި ކަންތައްތަކެއް އަދި ހަމަތަކެއްގެ މަތިން ކުރުން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރު އެކުލަވާލެވުނު އިރު އާމްދަނީ އަކީ 4 ބިލިއަނެއްހާ ރުފިޔާ ކަމަށާއި އެންމެ ފަހުން ފާސްކުރި ބަޖެޓަކީ 42 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަދައިން ބަޖެޓު ބޮޑުވެގެން ދިޔައީ ޑިމޮކްރަސީގެ ނަތީޖާއެއްގެ ގޮތުން ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެވެނީ ވެސް ޑިމޮކްރަސީ ޤާއިމްވެ ހިނގަމުންދާތީ ކަމަށް ވިދާޅުވިއެވެ. މެދު އާމްދަނީގެ ޤައުމަކަށް ރާއްޖެ ބަދަލުވެގެން ދިޔައީ ވެސް ހަމަ ޑިމޮކްރަސީގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ޕްރައިމަރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު