Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕޯޗުގަލް ޤައުމީ ޓީމު

ޕޯޗުގަލްގެ ކޯޗުކަމަށް ލުއިސް ވެން ހާލް ގެންނަން މަސައްކަތް ކުރަނީ؟

ޕޯޗުގަލް އިން އެފަދަ ހުށަހެޅުމެއް އޭނާ އަށް ހުށަހަޅައިފި ނަމަ އެކަމާމެދު އޭނާ ވިސްނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2022 | ބުދަ 05:58
ނެދަލޭންޑްސްގެ ކޯޗުކަމުގައި ހުރި ވެންހާލް

ނެދަލޭންޑްސްގެ ކޯޗުކަމުގައި ހުރި ވެންހާލް

ޕޯޗުގަލްގެ ހުސްވެފައިވާ ކޯޗުކަމުގެ މަޤާމަށް ނެދަލެންޑްސްގެ ލުއިސް ވެން ހާލް ގެންނަން މަސައްކަތް ކުރާ ކަަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޕޯޗުގަލްގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ފެނާންޑޯ ސަންޓޯސްއެވެ. ނަމަވެސް މިއަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ކުއާޓާ ފައިނަލްގައި މޮރޮކޯ އަތުން ބަލިވެފައެވެ. ޕޯޗުގަލް މުބާރާތުން ކެޓުމާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. ޕޯޗުގަލްގެ ކޯޗުކަމުގައި ސަންޓޯސް ހުރީ 2014 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ނިޔަލަށެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ މަގާމަށް ވެން ހާލް ގެނައުމަށް ޕޯޗުގަލްގެ ފުޓުބޯޅަ އިދާރާ އިން ބޭނުންވެއެވެ. މިވަގުތު ވެން ހާލް ހުރީ ވެސް އެއްވެސް ޓީމެއްގެ ކޯޗުކަމުގައެއް ނޫނެވެ. ވެން ހާލް އެންމެ ފަހުން ހުރީ ނެދަލެންޑްސްގެ ކޯޗު ކަމުގައެވެ. ތިން ވަނަ ފަހަރަށް އޭނާ ނެދަލެންޑްސްއާ ހަވާލުވީ މިދިޔަ އަހަރު އެވެ. އެއަށްފަހު މިއަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލައި، ވެން ހާލް ވަނީ ނެދަލެންޑްސް ގޮވައިގެން މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެފައެވެ. ކުއާޓާ ފައިނަލްގައި އެ ޓީމު ބަލިވީ ޕެނަލްޓީގައި އާޖެންޓީނާ އަތުންނެވެ.

ވޯލްޑް ކަޕުގެ ކުރިން ވެން ހާލް ވަނީ މުބާރާތަށް ފަހު ކޯޗުން ކެރިއަރު ހުއްޓާލާނެ ކަމަށް ބުނެފައެވެ. މި އަހަރުގެ ކުރީ ކޮޅު ވެން ހާލް ވަނީ ކެންސަރު ބައްޔަށް ވެސް ފަރުވާކޮށްފައެވެ. ނެދަލެންޑްސްގެ ރޭޑިއޯ ޝޯ އަކުން ވަނީ ވެން ހާލްއާ ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވުމުގެ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން ވެން ހާލް ބުނީ އަނެއްކާ ވެސް އޭނާ ހުރީ ރިޓަޔާ ކޮށްފައި ކަމަށެވެ. ނަމަވެސް ޕޯޗުގަލް އިން އެފަދަ ހުށަހެޅުމެއް އޭނާ އަށް ހުށަހަޅައިފި ނަމަ އެކަމާމެދު އޭނާ ވިސްނާނެ ކަމަށް ވެން ހާލް ބުންޏެވެ. މީގެ އިތުރުން މިވަގުތަށް ބުނެވޭނެ މިންވަރަކީ އެއީ ކަމަށް ވެސް އޭނާ ބުންޏެވެ.

ވެން ހާލްގެ އިތުރުން ޕޯޗުގަލުން އެހެން ބައެއް ކޯޗުނަށް ވެސް ފާރަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގެ ރޯމާގެ ކޯޗުކަމުގައި ހުރީ ހޯސޭ މޮރީނިއޯގެ އިތުރުން އަންދްރޭ ވިލާސް-ބޯސް އަދި ޕައުލޯ ފޮންސެކާ ހިމެނޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް ޕޯޗުގަލުން އެންމެ ބޭނުންވަނީ ވެން ހާލް ކަމަށާއި، ސަބަބަކީ އޭނާގެ އިންޓަނޭޝަނަލް ތަޖުރިބާ ބޮޑުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

1986 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ވެން ހާލް ވަނީ ގިނަ ކުލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ އާއި، ޖަރުމަނު ލީގުގެ ބަޔާން މިއުނިކް އަދި އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑު ހިމެނެއެވެ.

ޕޯޗުގަލްލުއީ ވެން ހާލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

ފަލަސްތީނު ދައުލަތް ގަބޫލު ކުރަން ޕޯޗުގަލުން ނިންމައިފި

20 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

ޕޯޗުގަލްއާ އެއްވަރުކޮށް، ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް

19 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު