Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ބެލްޖިއަމް ބަލިކޮށް މޮރޮކޯ އެއްވަނައަށް

ތާވަލުގެ އެއްވަނާގައި މޮރޮކޯ އޮތީ ހަތަރު ޕޮއިންޓާއެކު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 ނޮވެމްބަރު 2022 | އާދީއްތަ 14:59
މޮރޯކޯއާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން

މޮރޯކޯއާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމްއާ ވާދަކުރި މެޗު ކާމިޔާބުކޮށް، މޮރޮކޯއިން ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

ގްރޫޕް އެފްގެ މި މެޗު މޮރޮކޯ ކާމިޔާބުކުރީ 2-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައިވެސް މޮރޮކޯއިން ލަނޑެއްޖެހިއެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ހަކީމް ޒިޔެކް ޖެހި ލަނޑު ބަލައިނުގަތުމަށް ނިންމާފައެވެ. މޮރޮކޯއިން ލީޑު ނެގީ ދެވަނަ ހާފުގައެވެ. މެޗުގެ 73 ވަނަ މިނެޓުގައި މޮރޮކޯއަށް ލީޑު ނަގައިދިނީ އަބްދުލްހާމިދު ސަބީރީއެވެ. މިއީ ހިލޭ ޖެހުމަކުން ގޯލުގެ މަގަތު ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މޮރޯކޯގެ ފަހު ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ޒިޔެކް ދިން ޕާހެއް، ގޯލުގެ މަގަތު ކަނަށް ފޮނުވާލައިގެން ޒަކަރިއްޔާ އަބޫޚްލާލް ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގައި ބެލްޖިއަމްއަށްވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ތޯގަން ހަޒާޑް ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީ މޮރޮކޯގެ ކީޕަރު މުނީރެވެ. އޭގެ ފަހުން ބަޓްޝޯއީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މޮރޮކޯގެ ޑިފެންޑަރުންނެވެ.

މިއީ ވޯލްޑް ކަޕްގައި މި ދެޓީމު ބައްދަލުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 1994 ވަނަ އަހަރުގެ މުބާރާތުގައި މި ދެޓީމު ބައްދަލުކުރި މެޗު 1-0ން ކާމިޔާބުކުރީ ބެލްޖިއަމްއެވެ.

މުބާރާތުގައި މޮރޮކޯގެ ފުރަތަމަ މެޗުގައި އެ ޓީމު ބައްދަލުކުރީ ކްރޮއޭޝިޔާއާއެވެ. އެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. ބެލްޖިއަމްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ކެނަޑާގެ މައްޗަށް ކުރިހޯދާފައެވެ.

މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނާގައި މޮރޮކޯ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. މޮރޮކޯ އަތުން ބަލިވި ބެލްޖިއަމް ދެވަނާގައި ތިން ޕޮއިންޓާއެކު އޮތްއިރު, އެއް ޕޮއިންޓާއެކު ތިންވަނާގައި އޮތީ ކްރޮއޭޝިޔާއެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ކެނަޑާއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު