Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެހިކަލް ފީގެ ފައިސާ

ވެހިކަލް ފީގެ ފައިސާ މާލެ ސިޓީ ކައުންސިލަށް ޖަމާނުކުރާ ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފި

ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރުގެ ފައިސާ މާލެސިޓީ ކައުންސިލަށް ދޫކޮށްފައިވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 ނޮވެމްބަރު 2022 | ހުކުރު 09:14
ޕާކިން ޒޯން

ޕާކިން ޒޯން

ވެހިކަލް ފީގެ ފައިސާ މާލެ ސިޓީ ކައުންސިލަށް ޖަމާނުކުރާ ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ސިޓީ ކައުންސިލުން ބުދަ ދުވަހު ކުރިއަށް ދިޔަ ކައުންސިލްގެ 74 ވަނަ ރަސްމީ އާއްމު ޖަލްސާގައި އެ ކައުންސިލުން ވަނީ އެ ފައިސާ ކައުންސިލަށް ނުލިބޭ ކަމަށް ބުނެފައެވެ.

އެގޮތުން ޖަލްސާ ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަރަހައްދުގައި ދުއްވާ ވެހިކަލްގެ ފީ ސިޓީ ކައުންސިލަށް ޖަމާކުރުމަށް ޤާނޫނުގައި އޮތް ނަމަވެސް ފާއިތުވި ހަތަރު މަސް ދުވަހު ކައުންސިލަށް ފައިސާ ނުލިބޭ ކަމަށެވެ.

އެއީ ކައުންސިލްގެ އާމްދަނީ ފައިސާ ކަމަށާއި އެކަމާއި ގުޅިގެން ވަރަށް ގިނަ ދަތިތައް ދިމާވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެ ފައިސާ ސަރުކާރަށް ނުހިފެހެއްޓޭނެ ކަމަށާއި މިއީ ކަންބޮޑުވުން އޮތްކަމެއް ކަމަށެވެ.

ޖަލްސާގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވަނީ ފިނޭންސް މިނިސްޓްރީ އިން ކައުންސިލަށް ދޭންޖެހޭ ފައިސާ އެއް ނެތް ކަމަށް ބުނެ ބައެއް މީޑިއާތަކަށް އެ މިނިސްޓްރީން ދީފައިވަނީ ދޮގު މަޢުލޫމާތެއް ކަމަށް ވިދާޅުފައެވެ.

ޝުޖާއު ވިދާޅުވީ ކައުންސިލަށް ފިނޭންސް މިނިސްޓްރީ އިން ދޫކޮށްފައިވަނީ ބްލޮކް ގްރާންޓްގެ ގޮތުގައި ދެންޖެހޭ ފައިސާ ކަމަށާއި، އެ ފައިސާ ޚަރަދުކުރަނީ ކައުންސިލްގެ މުވައްޒަފުންގެ މުސާރަ އާއި ކައުންސިލްގެ ބިލްތައް ދެއްކުމަށް ކަމަށެވެ.

މިއަދު ކައުންސިލުން ދައްކަންޖެހޭ ވާހަކައަކީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން ކުރިމަތިކުރުވާ ހުރަސްތަކުގެ ވާހަކަ ކަމަށާއި، މިކަމަކީ ހުރިހާ ކައުންސިލަރުންނަށް ވެސް އަދި ރައްޔިތުންނަށް ވެސް އެނގެންޖެހޭ ކަންކަން ކަމުގައި ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގައި ލިޔެފައިދިނަސް ކަންކަން ނުކުރެވޭނެ ކަމަށާއި، ޤާނޫނުގެ ބާރާއި ފައިސާ ލިބޭނެ ގޮތްތައް ވެސް ސަރުކާރުން ފަހިކޮށްދޭން ޖެހޭކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުހައްމަދު ޝަނޫން ވިދާޅުވީ ވެހިކަލް ފީ އަކީ ކުއާޓަރުތަކަށް ބަހާލެވިގެންދޭ ފައިސާ އެއް ކަމަށާއި ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރުގެ ފައިސާ މާލެ ސިޓީ ކައުންސިލަށް ދޫކޮށްފައިވާނެ ކަމަށެވެ. އަދި ތިން ވަނަ ކުއާޓަރުގެ ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އެ ފައިސާ ދޫކުރާނެ ކަމަށް ވެސް ޝަނޫން ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްފިނޭންސް މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު