Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ގެފުޅުގެ އުރަކޮޅު

ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް 410 ކިލޯގެ ކަފަ ބޭނުންކުރޭ

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 410 ކިލޯގްރާމްގެ ކަފަ ބޭނުންކުރާއިރު، މުޅި އުރަކޮޅުގެ ބަރުދަނަކީ 1،300 ކިލޯގްރާމް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2022 | އާދީއްތަ 11:43
ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ޖަރީކުރުމުގެ މަސައްކަތް ކުރަނީ

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ޖަރީކުރުމުގެ މަސައްކަތް ކުރަނީ

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމަށް 410 ކިލޯގްރާމްގެ ކަފަ ބޭނުންކުރެވޭކަމަށް، ގެފުޅުގެ ކަންކަން ބަލަހައްޓާ ކިންގް އަބްދުލް އަޒީޒް ކޮމްޕްލެކްސްގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް އަމްޖަދު ބިން އައިދު އަލްހަޒްމީ ވިދާޅުވެއްޖެއެވެ. އޭނާވިދާޅުވީ މުޅި އުރަކޮޅުގެ ބަރުދަނަކީ 1،300 ކިލޯގްރާމް ކަމުގައެވެ.

އަލްހަޒްމީ މިހެން ވިދާޅުވެފައިވަނީ އޮކްޓޯބަރ ހަތްވަނަ ދުވަހު ފާހަގަ ކުރެވުނު "ވަލްޑް ކޮޓްން ޑޭ" އާ ދިމާކޮށެވެ. އޭނާ ވިދާޅުވީ ގެފުޅުގެ އުރަކޮޅު ތައްޔާރުކުރުމުގައި ކަފަ އެހާ ގިނައިން ބޭނުންކުރަނީ، ކަފައަކީ މުހިންމު ރޯ-މެޓީރިއަލްއަކަށް ވެފައި، ކޮންމެ މޫސުމެއްގައިވެސް ހެއްދޭ ބާވަތަކަށް ވާތީކަމަށެވެ. އުރަކޮޅަށް ބޭނުން ކުރެވޭ ފޮތި ވިޔަނީ ކިންގް އަބްދުލް އަޒީޒް ކޮމްޕްލެކްސްގައި، އެންމެ ފަހުގެ ވިޔާ މެޝިންތައް ބޭނުންކޮށްގެން ކަމަށާއި، އަދި ކަފަ ބޭނުންކުރަނީ އުރަކޮޅުގެ އަޑީގައި ހުންނަ ބަތާނަބަޔަށް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބޭނުމަކީ މޫސުމުގެ ސަބަބުން ގެފުޅަށާ އުރަކޮޅަށް އަންނާނެ ބަދަލު ތަކުން ރައްކާތެރި ކުރުން ކަމަށް އަލްހަޒްމީ ވިދާޅުވިއެވެ.

އަލްހަޒްމީ ވިދާޅުވީ، ގެފުޅުގެ އުރަކޮޅުގައި ޖަރީކުރެވިފައިވާ ކީރިތީ ޤުރުއާންގެ އާޔަތްތަކުގައިވެސް ކަފަ ގިނަ އަދަދަކަށް ބޭނުންކުރެވޭ ކަމަށެވެ. މިގޮތުން އަކުރުތައް އުފުލިފައި ހުންނަގޮތަށް ހެދުމަށް، ކަފަ ބޭނުންކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެއްޓާބެހޭ އަދި އެގްރިކަލްޗަރަލް ރިސަރޗް ތަކުން ދައްކާގޮތުގައި، ކަފައަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ހެއްދޭ، ވިއްކޭ، އަދި ބޭނުންކުރެވޭ "ކްރޮޕް" އެވެ. އަދި ކޮންމެ މޫސުމެއްގައިވެސް ފަސޭހައިން ހެއްދޭ، ހުރިހާ މޫސުމަކާވެސް ގުޅޭ ގަހެކެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާގައި 6000 ކިލޯގެ ދަގަނޑު ބްރިޖެއް ވަގަށްނެގިކަމުގެ ކުށުގައި 4 މީހުން ހައްޔަރުކޮށްފި

އިންޑިޔާގައި 6000 ކިލޯގެ ދަގަނޑު ބްރިޖެއް ވަގަށްނެގިކަމުގެ ކުށުގައި 4 މީހުން ހައްޔަރުކޮށްފި

09 ޖުލައި 2023
އެމެރިކާއަށް އެތެރެ ކުރި 500 ކިލޯގެ ސަންދޯކު މަތިގަނޑު، އަނބުރާ އޭގެ އަސްލަށް!

އެމެރިކާއަށް އެތެރެ ކުރި 500 ކިލޯގެ ސަންދޯކު މަތިގަނޑު، އަނބުރާ އޭގެ އަސްލަށް!

04 ޖެނުއަރީ 2023
ސައްތަ ކިލޯގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފި

ސައްތަ ކިލޯގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފި

26 ނޮވެމްބަރު 2019

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު