Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރުސީއެމްގެ މަސައްކަތްތައ

އާންމުން އެންމެ ކަންބޮޑުވަނީ ސިއްހީ ޚިދުމަތްތަކުގައި ދިމާވާ މައްސަލަތަކާއި މެދު: އެޗްއާރުސީއެމް

2 ސެޕްޓެމްބަރު 2022 | ހުކުރު 13:24

ދައުލަތުގެ އިދާރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭ މިންވަރު ބެލުމަށް ވަނީ ހަމަޖެހިފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 ސެޕްޓެމްބަރު 2022 | ހުކުރު 13:24
އެޗްއާރުސީއެމް

އެޗްއާރުސީއެމް

ރާއްޖޭގައި އިންސާނީ ހައްގުތަކާއި ގުޅުން ހުރި ކަންކަމުގެ ތެރެއިން އާއްމުން އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލަ އަކީ ސިއްހީ ޚިދުމަތް ދިނުމުގައި ހުރި މައްސަލަތައް ކަަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ ރީސަރޗް އެންޑް މޮނިޓަރިން އޮފިސަރ މުހައްމަދު ޒަޔާން ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އަޅާ ފިޔަވަޅުތަކާއި ޚިދުމަތް ދިނުމުގައި ދިމާވާ ކަންކަން ބަލަހައްޓާ މޮނިޓަރ ކުރުމުގެ މަަސައްކަތް އެ ކޮމިޝަނުން ކެނޑިނޭޅި ކުރަމުންދާ ކަަމަށް ވިދާޅުވެފައެވެ. އެގޮތުން އެކި ދާއިރާތަކުން ދިރާސާކޮށް އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ރާއްޖޭގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް އެ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިދާރާތަކާއި މުއައްސަސާތައް މޮނިޓަރ ކުރުމުގެ އިތުރުން އާއްމުންނާއި ވާހަކަދައްކާ އާއްމުންގެ ކަންބޮޑުވުންތައް ހުރީ ކޮން ކަންތައްތަކަކާއި ގުޅިގެން ކަން ދެނެގަތުމައް މަސައްކަތް ކުރާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތުން އެންމެ ބޮޑަށް އާއްމުން ކުރާ ޝަކުވާ އަކީ ސިއްހީ ޚިދުމަތްތައް ދިނުމުގައި ދިމާވާ މައްސަލަތައް ކަން އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިދާރާތަކުން ޚިދުމަތް ހޯދުމުގައި ދިމާވާ ބައެއް މައްސަލަތަކާއި، ގައިދީންނާއި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ހައްގުތަކާއި ގުޅޭ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްއާރުސީއެމް އިން ވަނީ ދައުލަތުގެ އިދާރާތަކުގައި އިންސާނީ ހައްގުތައް ހިމާޔަތްކުރެވޭ މިންވަރު ބެލުމަށް މި އަހަރު ދިރާސާ ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އެ ދިރާސާގެ ދަށުން ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދޭނީ ކިހާ މިންވަރަކަށްތޯ ބަލާނެއެވެ. އަދި މި ދިރާސާ އަމާޒުކޮށްފައި ހުރީ އެންމެ ނާޒުކު ގްރޫޕަށް ޚިދުމަތްތައް ލިބެނީ ކިހާ މިންވަރަކަށްތޯ ބެލުމަށް ކަމަށާއި، އެގޮތުން ފިޔަވައްޗަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރެވިފައިވާ ކަަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްހިއުމަން ރައިޓްސް ވޮޗްހިޔުމަން ރައިޓްސް ކޮމިޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
11 އޮކްޓޯބަރު 2025

އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި

11 އޮކްޓޯބަރު 2025
އެޗްއާރްސީއެމްގެ އެސްޖީ އިސްތިއުފާ ދެއްވައިފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނާ އެޗްއާރްސީއެމްއިން ބައްދަލުކޮށްފި
07 އޮކްޓޯބަރު 2025

މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި

07 އޮކްޓޯބަރު 2025
މާފުށި ކައުންސިލް ރައީސްގެ އިނގިލި ބިންދާލި މައްސަލަ އެޗްއާރްސީއެމްއިން ބަލަން ފަށައިފި
06 އޮކްޓޯބަރު 2025

ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި

06 އޮކްޓޯބަރު 2025
ސޮނިކް ވެޕަން ބޭނުންކުރި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަން ފަށައިފި
13 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި

13 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރާ ބިލުގެ ދަށުން އޮންލައިންކޮށް ޚިޔާލުފާޅު ކުރާ ފަރާތްތައް ރެގިއުލޭޓު ކުރުމަކީ އެޗްއާރުސީއެމް އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މަޖިލީހަށް އަންގައިފި
30 އޯގަސްޓު 2025

ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާ މައްސަލަ ބައިނަލް އަގްވާމީ ސަމާލު ކަމަށް

30 އޯގަސްޓު 2025
ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅާ މައްސަލަ ބައިނަލް އަގްވާމީ ސަމާލު ކަމަށް
28 ފެބުރުއަރީ 2025

ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި

28 ފެބުރުއަރީ 2025
ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅައިފި
26 ޖެނުއަރީ 2025

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުއުމިނާ ވަޙީދު

26 ޖެނުއަރީ 2025
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުއުމިނާ ވަޙީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް