Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އާދީއްތަ ދުވަހު ހުޅުވަނީ

ކާމިލް ދީދީ ޕްރައިމަރީ ސްކޫލަކީ 824 ކުދިންގެ ޖާގައިގެ ސްކޫލެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2022 | ބުދަ 12:05
އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ ޕްރައިމަރީ ސްކޫލްތަކުގެ ތެރެއިން ފުރަތަމަ ސްކޫލް އަންނަ އާދިއްތަ ދުވަހު ހުޅުވައި، ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ހުޅުމާލެއަށް ބަދަލުވާ މީހުންގެ އަދަދު އިތުރުވެ، ހުޅުމާލޭގެ ސްކޫލްތަކަށް ދަރިވަރުން ވައްދަން އެދެމުން އަންނަކަމަށެވެ. އެހެންކަމުން، ސްކޫލްތަކުގެ ކެޕޭސިޓީ އިތުރު ކުރަމުން ގެންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އާދީއްތަ ދުވަހު ހުޅުވާ، ކާމިލް ދީދީ ޕްރައިމަރީ ސްކޫލަކީވެސް 824 ކުދިންގެ ޖާގައިގެ ސްކޫލެއްކަމަށެވެ. އަދި ޖަމީލް ދީދީ ޕްރީސްކޫލުގެ ނަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުން އަންނަ ޕްރީސްކޫލުގެ މަސައްކަތް ނިމި އަންނަ އޮކްޓޯބަރު މަހު ކިޔަވައިދޭން ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހުޅުމާލޭގައި މިވަގުތު ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ، ފުރަތަމަ ފިޔަވަހީގައިވެސް ދެ ސްކޫލެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި ދެވަނަ ފިޔަވަހީގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލާއި ޖަމީލް ދީދީ ޕްރީސްކޫލުގެ އިތުރުން އިތުރު ދެ ސްކޫލެއްގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އާދީއްތަ ދުވަހު ހުޅުވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ކިޔަވައިދޭނީ ޕްރީސްކޫލުން ފެށިގެން ގްރޭޑް 6އާ ހަމައަށެވެ. ޖުމްލަ 12 ކްލާސް ރޫމް ހިމެނޭ އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހަދަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއެކު އެޗްޑީސީން ސޮއިކުރީ މިދިޔަ މާޗު މަހުއެވެ. އެއީ 165 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

މި ސްކޫލް ހުޅުވަން އެންމެ ފުރަތަމަ މަސައްކަތްކުރީ މި ފެށި ދިރާސީ އައު އަހަރަށެވެ. ނަމަވެސް ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން، ކޮންސްޓްރަކްޝަނަށް ބޭނުންވާ ސާމާނު ލިބުމުގައި ދަތިވެ މަސައްކަތް ކުޑަކޮށް ލަސްވިއެވެ. މަސައްކަތްތައް ލަސްވުމާގުޅިގެން، މި ސްކޫލުން ޖާގަ ލިބުނު ދަރިވަރުން ސްކޫލް ހުޅުވެންދެން ކިޔަވަމުން ދަނީ ހުރަވީ ސްކޫލާއި ރެހެންދި ސްކޫލާއި ޣާޒީ ސްކޫލްގައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ހުޅުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު