Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުންމުހައްމަދު ނާއިލް

އޯލެވެލްގައި އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ

29 އޯގަސްޓު 2022 | ހޯމަ 08:20

ކޮންމެ ދަރިވަރެއްގެ ވެސް ކާމިޔާބީ ބިނާ ވަނީ އެ ކުއްޖަކު މަސައްކަތް ކުރި މިންވަރަކަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އޯގަސްޓު 2022 | ހޯމަ 08:20
މުހައްމަދު ނާއިލް

މުހައްމަދު ނާއިލް

ނ. ހެނބަދޫއަށް އުފަން އަލްމަރްހޫމް އަލީ ހަސަން އާއި އަލްމަރްހޫމާ އައިމިނަތު ދާއޫދު ކައިވެނިކޮށްގެން 8 ދަރިން ލިބުނެވެ. އަލީ ހަސަންގެ ހަމައެކަނި އަޒުމަކަށްވީ ހުރިހާ ދަރިންނަށް ވެސް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށެވެ. ދަރިންނަށް އިތުރަށް ކިޔަވައިދެނީ ކީއްކުރަންހޭ ފައިސާ ހޯދުމަށް ރިސޯޓަކަށް ފޮނުވާށޭ ރަށުގެ ބައެއް މީހުން ބުނިނަމަވެސް އަލީ ހަސަންގެ ޖަވާބަކަށްވީ ދަރިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ. އެ 8 ކުދިންގެ ތެރޭގައި ހިމެނޭ އަބްދުއްރަހްމާން ފިރާޤް ތައުލީމު ހާސިލް ކުރުމަށްފަހު އަދާކުރީ ޓީޗަރެއްގެ ވަޒީފާއެވެ. އޭނާގެ އަންހެނުން ރަމްޒީނާ އިބްރާހީމް އަކީ ވެސް ޓީޗަރެކެވެ.

ދިރިއުޅުމުގައި ދިމާވި އެކި ކަންތައްތަކުގެ ސަބަބުން އެދެމަފިރިން މިހާރު ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާނުކުރެއެވެ. ބައްޕަ ފަދައިން ފިރާޤުވެސް ނިންމީ ދަރިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށެވެ. އެ ދެމެފަރިންނަށް ލިބުނު 4 ދަރިން ވެސް އޯލެވެލްގައި ފަހުރުވެރި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. މި ފަހުރަށް އިތުރުވި ބޮޅަކީ އެންމެ ހަނގު ދަރިފުޅު މުހައްމަދު ނާއިލްއެވެ. އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދައިގެން އޭނާ ވަނީ މައިންބައިފައިންގެ ނަމާއި ނ. ހެނބަދޫ ނަން ވެސް ރޯޝަން ކޮށްދީފައެވެ.   

ނާއިލް ގްރޭޑް 6ން ފެށިގެން އައީ އޯލެވެލްއަށް ތައްޔާރުވަމުންނެވެ. ކިޔެވުމަށް ހުންނަ ޝައުޤުވެރިކަމެއްގެ ބޮޑުކަމުން ބޭބެ އާއި ދައްތަ ކިޔަވާ ފޮތްތައް ވެސް ހުއްދަ ނުހޯދާ ކިޔާ އުޅުނެވެ. ގްރޭޑް 9ށް ދިޔުމަށްފަހު ޓީޗަރުންގެ އިރުޝާދާއެކު ކުރިއަށްދިޔަ ނާއިލް ބުނީ އިނގިރޭސި މި މާއްދާއަށް ޝައުޤުވެރިކަން އުފެދިގެން ދިޔައީ ބަހަވީ އިލްމަށް އުފެދުނު ލޯތްބެއްގެ ސަބަބުން ކަމަށެވެ.

ނާއިލް ބުނީ އޯލެވެލްގައި އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ލިބުނުކަން އެނގުމާއެކު ސިއްސައިގެން ދިޔަ ކަމަށެވެ. އެއީ އޭރު ވެސް އެ މާއްދާއިން އޭ ސްޓާއެއް ލިބެނޭކަމަށް ހީވެފައި އޮތުމުންނެވެ. އިނގިރޭސި މާއްދާއިން ނާއިލް އެއްވެސް އިރަކު ޓިއުޝަނެއް ނުނަގައެވެ.

ނާއިލް ބުނީ ކޮންމެ ދަރިވަރެއްގެ ވެސް ކާމިޔާބީ ބިނާ ވަނީ އެ ކުއްޖަކު މަސައްކަތް ކުރި މިންވަރަކަށް ކަމަށެވެ. ވަކި ރަށެއްގެ ސްކޫލަކަށްވުމުން ނުވަތަ ގްރޭޓަރ މާލެ ސަރަހައްދުގެ ސްކޫލަށްވުމުން ތައުލީމު ހާސިލްކުރާއިރު ވަސީލަތްތަކުގެ ގޮތުން ތަފާތެއް ހުރި ނަމަވެސް އިތުރު ތަފާތެއް ނެތް ކަމަށެވެ.

ގްރޭޑް އެކަކުން ފެށިގެން 10އަކަށް ހެނބަދޫ ސްކޫލުން ކިޔެވި ނާއިލް ބުނީ މައިންބަފައިން އޭނައަށް ކިޔަވައިދިނުމަށް މަސައްކަތް ކޮށްދިނީ ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ދީގެން ކަމަށެވެ. ނާއިލް ބުނީ މައިންބަފައިން އަބަދުވެސް ކިޔެވުމަށް އިރުޝާދު ދީ ހަދާ ކަމަށެވެ. އެކަމުން ވެސް ހިތްވަރު ލިބިގެންދިޔަ ކަމަށެވެ. ކިޔަވައިގެން މޮޅުވެގެން، ރަށުގައި ހުރި ގެ ރަނގަޅު ފެންވަރަކަށް ހެދުމަށް މައިންބައިފައިން އަބަދުވެސް ބުނާ ކަމަށް ނާއިލް ބުންޏެވެ.

ނާއިލް މިހާރު ތައުލީމު ހާސިލް ކުރަމުންދަނީ ސީއެޗްއެސްސީ ސްކޫލްގައެވެ. އޭލެވެލްގެ މޮކް އިމްތިހާނަށް ތައްޔާރުވަމުން އަންނައިރު އޭނާ މާލޭގައި މިހާރު އާއިލާއާ ދުރުގައި ބޮޑުބޭބެއެއް ކައިރީގައެވެ. ބޮޑުބެގެ އަންހެނުން ވެސް ބުނީ ނާއިލް އަކީ ކިޔެވުމަށް މަސައްކަތް ކުރާ ކުދިންނަށް ވެސް ކިޔެވުމުގައި އެހީތެރިވެދޭ މީހެއް ކަމަށެވެ.

އޯލެވެލްގައި އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ލިބުމުން އެއީ ދިރިއުޅުމުގައި ކުރިއަތް ދިޔުމަށް ލިބުނު އިތުރު ހިތްވަރެއްކަން ފާހަގަކޮށް ނާއިލް ބުނީ އޭނާ އަކީ އަބަދުވެސް މީހުންނަށް ވަރަށް އެހީތެރިވާން ބޭނުންވާ މީހެއް ކަމަށެވެ. އެގޮތުން އޭނާ ކުރިއަށްދާން ބޭނުންވާ ދާއިރާ އަކީ ސިއްހީ ދާއިރާއިން ކަމަށް ބުންޏެވެ. އަދި ޑޮކްޓަރަކަށްވެ، މީހުންނަށް އެހީތެރިކަން ބޭނުންވާ ތާނގައި އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރުމުގެ އަޒުމުގައި ނާއިލް ހުރީ ސާބިތުވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2022

ޓީޓީން ދުނިޔެއިން އެއްވަނައަށް ދިޔަ ސުލަފް ކުރިއަށްދާން ބޭނުންވަނީ އިންޖީނިއަރިންގ ދާއިރާއިން

02 ސެޕްޓެމްބަރު 2022
ޓީޓީން ދުނިޔެއިން އެއްވަނައަށް ދިޔަ ސުލަފް ކުރިއަށްދާން ބޭނުންވަނީ އިންޖީނިއަރިންގ ދާއިރާއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް