Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަރުލަމާނީ ނިޒާމު

ނިޒާމީ ވޯޓު ނުނަގަން ވިދާޅުވާނަމަ އެ ގެއްލެނީ އިތުބާރު: ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ނިޒާމު ބަދަލު ކުރަން ފެއްޓެވި ކެމްޕޭން ހުއްޓަވާނުލައްވާނެ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2022 | ހުކުރު 03:24
ރައީސް ސާލިހު އާއި ރައީސް ނަޝީދު

ރައީސް ސާލިހު އާއި ރައީސް ނަޝީދު

ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނުނަގަން ވިދާޅުވެއްޖެނަމަ އެ ގެއްލެނީ ރައްޔިތުންގެ އިތުބާރު ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ބުރާސްފަތި ފުވަހުގެ ރޭ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެންމެ މުހިންމު އިގްތިސާދީ ހަތިޔާރަކީ އިތުބާރު ކަމަށާއި އިތުބާރު ގެއްލިއްޖެއްނަމަ އިގްތިސާދީ ކަންކަން ކައްސާލައިގެން ދިއުމަކީ ވަރަށް ފަސޭހައިން ވާކަމެއް ކަމަށެވެ. އެހެންވެ، ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނުނަގަން ވިދާޅުވެއްޖެނަމަ އެ މީހެއްގެ އިތުބާރު ގެއްލުނީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު, ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ގާނޫނު އިސްލާހު ކުރުމާ ގުޅޭގޮތުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ. އެކަމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އަދި ރާއްޖޭގެ ސިޔާސީ އެހެން ބައެއް އިސް ފަރާތްތަކުން ވެސް ދެކޮޅު ކަމަށް ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ ވާހަކަތަކުގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ވާހަކައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އިލްމީ ބަހުސެއް ކުރަން ފުރުސަތު ދެއްވަން ޖެހޭ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެފަދަ ބަހުސެއްގައި ޕާޓީގެ އެއްވެސް ގުނަނަކުން ފިއްތުންތައް ކުރިމަތިކޮށްގެން ނުވާނެ ކަމަށެވެ. އަދި ޒުވާން ޖީލުވެސް ބޭނުން ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކަމަށާއި ރައްޔިތުންގެ ގާތުގައި ކަމަކު ބުނުމަށް އެއްވެސް ޑިމޮކްރެޓިކް މުއައްސަސާއަކުން ނޫނެކޭ ބުނެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބަރުލަމާނީ ނިޒާމެއް ބޭނުންފުޅުވެގެން އުޅުއްވަނީ އަވަށްޓެރި ލަންކާއަށް ދިމާވެފައިވާ ހާލަތަށް ބެއްލެވުމަށްފަހު ކަމަށެވެ. އެގޮތުން އެ ޤައުމުގެ އިގްތިސާދީ ހާލަތު ދަށްވެ އެއިން އަރައިގަންނަން، ޤައުމުގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހެނީ ޤައުމު ބަނގުރޫޓުވެފައިވާ ދުވަސްވަރެއްގައި ކަމަށާއި ރާއްޖޭގެ ދަރަނިވެސް އިތުރުވެފައިވާއިރު އެފަދަ ހާލަތެއް އައުމުގެ ކުރިން ކަންކަން މެނޭޖު ކުރުމަށް ނިޒާމު ބަދަލު ކުރަން ޖެހޭކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

ނިޒާމާ ގުޅޭ ގަރާރެއް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި ނަމަވެސް ކޮންގްރެސްގައި ސައްޙަ ވޯޓެއް ނުނެގޭނެ ކަމަށް އަޑު އިވެމުންދާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ނިޒާމު ބަދަލު ކުރަން ފެއްޓެވި ކެމްޕޭން ދުވަހަކުވެސް ހުއްޓާނުލައްވާނެ ކަމަށާއި އެ ވޯޓު ނުނެގި ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ބަރުލަމާނީ ނިޒާމުގެ ވާހަކަތަކަކީ މަދު ބަޔަކު ދައްކާ ވާހަކަތައް ކަމަށް ވިދާޅުވަމުން ގެންދާ ކަމަށާއި އެގޮތަށް ވިދާޅުވުމުން ވަރަށް ގިނަ ބަޔަކާ "މޫނު ކެނޑިގެން" ދާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ ނިޒާމާ ގުޅޭ ގަރާރެއް ރައީސް ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުޙައްމަދު ސާލިހު ވަނީ އެ ގަރާރު އަނބުރާ ގެންދިއުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ ގަރާރު އަނބުރާ ނުގެންދިއުމަށް ނިންމައި މިހާރު ވަނީ ގަރާރާ ގުޅޭ ބަހުސް ވެސް އެޖެންޑާ ކޮށްފައެވެ. އެގޮތުން، ހުކުރު ދުވަހުގެ ރޭ ފަށާ އެމްޑީޕީގެ ކޮންގްރެސްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި އާދީއްތަ ދުވަހަށް އެ ބަހުސް ވަނީ އެެޖެންޑާ ކޮށްފައެވެ.

ވެރިކަމުގެ ނިޒާމު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު