Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް

ބަރުލަމާނީއަށް ޕާޓީގެ 10 އިންސައްތަ ތާއީދުވެސް ނުލިބޭނެ، ބައިބައިވުން އުފެދޭވަރަށްވުރެ ޕާޓީ "މެޗުއަރ" :ފައްޔާޒު

ފައްޔާޒު ވިދާޅުވީ ގިނަ ދިވެހިން ބޭނުންވަނީ އަމާންކަމާއެކު ކުރިޔަށްދާ ޑިމޮކްރަޓިކް މުޖުތަމައުއެއް ކުރިޔަށްގެންދެވޭނެ ގޮތެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 އޯގަސްޓު 2022 | ހުކުރު 01:27
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ ތެރޭގައި ބަރުލަމާނީއަށް ތާއީދުކުރާ މީހުން 10 އިންސައްތައަށްވެސް އަރާނެކަމަށް އަންދާޒާނުކުރެއްވޭކަމަށް އެޕާޓީގެ ޗެއާޕަސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ކޮންގްރެސް ފެށުމަށް ހަމަޖެހިފައިވާއިރު ކޮންގްރެސްގައި ނިންމާނެ އެންމެ މުހިންމު ކަމަކީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި ވެރިކަމުގެ އޮނިގަނޑާގުޅޭގޮތުން ހުށައަޅުއްވާފައިވާ ގަރާރާއި މެދުއެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ނަޝީދު ވަކާލާތުކުރައްވާ ސިލްސިލާކޮށް ބައްދަލުވުންތައް ބާއްވަވަމުން ގެންދަވާއިރު އެމްޑީޕީގެ އެންމެ އިސް ލީޑަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރައްވާކަމަށް ވިދާޅުވެ ގަރާރު އަނބުރާ ގެންދިޔުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް ރަށްރަށުން އަންނަ މީހުންނަށް މަރުޚަބާ ވިދާޅުވުމަށް އެސަރަހައްދަށް ވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު ޖައްސަވަމުން ގެންދަވާ އަދަދުތަކަކީ އެމަނިކުފާނަށް ފެނިވަޑައި ގަންނަވާގޮތްކަމަށެވެ. އެއީ ކޮންމެހެން އެކަން ވާންޖެހޭ ގޮތް ނޫންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ބަރުލަމާނީ އަށް ތާއީދުކުރާ މީހުން އެމްޑީޕީ އާއި ދިވެހި ރައްޔިތުންގެ ތެރޭގައިވެސް ތިބޭނެކަމަށާއި ނަމަވެސް ގިނަ ބަޔަކު ބަރުލަމާނީ އަށް ތާއީދުކުރާކަމަށް ދެކެވަޑައި ނުގަންނަވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ ގިނަ ދިވެހިން ބޭނުންވަނީ އަމާންކަމާއެކު ކުރިޔަށްދާ، ޑިމޮކްރަޓިކް މުޖުތަމައުއެއް ކުރިޔަށްގެންދެވޭނެ ގޮތެއްކަމަށެވެ.

ފައްޔާޒު ވިދާޅުވީ ޕާޓީގެ ތެރޭގައި އޮތް ނުތަނަވަސްކަމަކީ އެއީ ނިޒާމު ބަދަލުކުރަންޖެހޭ ސަބަބެއް ނޫންކަމަށެވެ.

ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދުމާއި ގުޅޭގޮތުން ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ތެރޭގައިވެސް އެގޮތަށް ވާހަކަދެކެވުނުކަމަށް ވިދަޅުވިއެވެ. އެމްޑީޕީ އަކީ ވަރަށް ހާމަކަން ބޮޑުގޮތެއްގައި ސިޔާސީ ވާހަކަ ދައްކާ ޕާޓީއެއްކަމަށާއި ކޮންމެ ޚިޔާލެއްވެސް ކޮންމެ މެމްބަރަކުވެސް ފާޅުކުރާ ޕާޓީއެއްކަމަށެވެ. ޚިޔާލުތަފާތުވުންތަކާއެކުވެސް ނަތީޖާ ނެރެވިގެންދާނެކަމަށާއި އުންމީދުކުރައްވަނީ ރަނގަޅު ނަތީޖާ ތަކަކާއެކު ގުޅުންތައް ބަދަހިވެގެން ކޮންގްރެސް ނިމިގެންދިޔުންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ބައިބައިވެގެން ދާވަރަށްވުރެ ސިޔާސީ ގޮތުން މާބޮޑަށްވެސް ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަމަށެވެ.

ފައްޔާޒު ވިދާޅުވީ ކޮންގްރެސް އާއިއެކު ކުރިޔަށް އޮތް އިންތިޚާބުގެ ކެމްޕެއިންގެ ކަންކަން ފެށިގެންދާނެކަމަށެވެ. އަދި ކޮންގްރެސްގެ ތެރެއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އޮންނާނީ މި މަހުގެ 19-21 އަށް ސޯޝަލް ސެންޓަރުގައެވެ. މިއީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވާނެ ކޮންގްރެސްއަށް ވެގެންދާނެ ކަމަށް އެމްޑީޕީ އިން ބުނެއެވެ. އެގޮތުން މިހާރުވެސް 1447 ޑެލިގޭޓުން ބައިވެރިވާން ޖެހޭ ކަމަށް އެ ޕާޓީން ބުނެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމް.ޑީ.ޕީ ކޮންގްރެސްއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްރައީސް ނަޝީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު