Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ނާސިރީ ސަފުހާތަކުން ސިޔާސީ އަޚުލާގު ދަސްކުރަމާބަހީއެވެ!

މަސައްކަތަށް ތެދުވެރިވުމާއި ހިތްވަރާއި ހުނަރާއި ކެރިކުޅަދާނަކަމުގެ ސިފަޔަށް އިސްކަންދެއްވި

ރާއްޖެ އެމްވީ | 25 ޖުލައި 2021 | އާދީއްތަ 10:43
ރައީސް އިބްރާހިމް ނާސިރު: ވަރަށް ގިނަ ކަންކަމުގައި ނަމޫނާ ދެއްކެވި ކުޅަދާނަ ސިޔާސީ ލީޑަރެއް

ރައީސް އިބްރާހިމް ނާސިރު: ވަރަށް ގިނަ ކަންކަމުގައި ނަމޫނާ ދެއްކެވި ކުޅަދާނަ ސިޔާސީ ލީޑަރެއް

މާދަމައަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަހެވެ. ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހެވެ. މިނިވަންކަމަށް 55 އަހަރު ފުރޭ 56 ވަނަ މިނިވަން ދުވަހެވެ. ދުވަހުގެ ބަތަލަކީ ރައީސް އިބްރާހިމް ނާސިރެވެ. ވެލާނާގޭ ނާސިރެވެ. ދުވަހުގެ މުނާސަބާގައި އެކި ފޯރަމްތަކުގައި އެކި ބޭފުޅުން އެކި ވަގުތު ރައީސް ނާސިރުގެ ގައުމީ ޚިދުމަތުގެ މައްޗަށް ވާހަކަ ދައްކަވާނެއެވެ. އެމަނިކުފާނުގެ ޒިކުރާއިން ލިބިގަންނަންވީ ފިލާވަޅުތަކުގެ މައްޗަށްވެސް ވާހަކަ ދައްކަވާނެއެވެ. އަޅުގަނޑު މިއަދު ޚިޔާލު ކުރަނީ އޭގެ އެއްދުވަސް ކުރިން ރައީސް ނާސިރުގެ ހަނދާންތަކުން ދިވެހިން މިއަދު އަދި މާދަމާވެސް ލިބިގަންނަންވީ ފިލާވަޅުގެ މައްޗަށް ބަހެއް ދޮޅުބަހެއް ބުނެލުމަށެވެ.

ރައީސް ނާސިރުގެ ޝަޚުސިއްޔަތުގެ މައްޗަށް އެއްޗެއް ލިޔާން ގަސްތުކުރާއިރު އަޅުގަނޑަކީ ނާސިރާއި ބައްދަލުވެސް ނުވާ މީހަކީމެވެ. އެމަނިކުފާނު ދުނިޔޭގައި ހުންނަވަނިކޮށް ލޮލުންވެސް ނުދެކެމެވެ. އެކަމަކު ނާސިރު އަވަހާރަވެގެން 2008 ގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެމަނިކުފާނުގެ ހަށިކޮޅު މާލެ ގެނެސް ތީމުގޭ ފެންޑާގައި މޫނުފުޅު ދެއްކި ދުވަހު އަޅުގަނޑުވެސް އެތަނަށްގޮސް އެންމެ ފަހުގެ އިހުތިރާމް އަދާކުރީމެވެ. ނާސިރުގެ ޝަޚުސިއްޔަތާމެދު އަޅުގަނޑަށް އެއްޗެއް އެނގެނީ މުއައްރިޚުންގެ ލިޔުއްވުންތަކުންނާއި ނާސިރުގެ އެންމެ ގާތް ރަހުމަތްތެރިންގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވޭ ތިން ބޭފުޅެއްގެ ތެރެއިން ދެ ބޭފުޅަކު ދެއްވާފައިވާ މައުލޫމާތުންނެވެ.

މިދެންނެވި ތިން ރަހުމަތްތެރިންގެ ތެރެއިން އަޅުގަނޑާއި ބައްދަލުވެ ނާސިރުގެ ޝަޚުސިއްޔަތާމެދު މައުލޫމާތު ދެއްވާފައިވާ ދެ ބޭފުޅުންނަކީ އަބްދުއްސައްތާރު މޫސާދީދީ އާއި އަހުމަދު އާދަނެވެ. މީގެ ތެރެއިން ސައްތާރު މޫސާދީދީގެ ޚާއްސަ ދާއިރާއަކީ ސިޔާސީ ދާއިރާއެވެ. އަހުމަދު އާދަނުގެ ޚާއްސަ ދާއިރާއަކީ ފަންނީ ދާއިރާއެވެ. އަޅުގަނޑާއި ބައްދަލުނުވާ ބޭފުޅަކީ ކޮލި އަލިމަނިކެވެ. އެއީ ރައީސް ނާސިރުގެ މިތުރުންގެ ތެރެއިން އިގްތިސާދީ ދާއިރާއަށް ޚާއްސަ ބޭފުޅެކެވެ.

ކޮލި އަލިމަނިކާއި ބައްދަލުވެފައި ނެތަސް އޭނާގެ ހަނދާންތަކާއި ނާސިރުގެ ޒިކުރާ ހިމެނޭގޮތުން އަލިމަނިކު އިނގިރޭސި ބަހުން ލިޔުއްވި މައި ލޮގް ބުކް އަޅުގަނޑަށް ލިބުނެވެ. އެފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރެވި ޗާޕު ވުމުގެ ކުރިން އެއީ އަޅުގަނޑަށް ތަރުޖަމާ ކުރެވިދާނެ ފޮތެއްތޯ ބެލުމަށް އަލިމަނިކުގެ ގާތް ރަހުމަތްތެރިންގެ ތެރެއިން ކަރަންކާ އިބްރާހިމް ރަޝީދުގެ ބޭފުޅެއްގެ ފަރާތުން އެފޮތް އަޅުގަނޑަށްވެސް ލިބި އޭގައިވާ ވާހަކަތައް ނިކަން ރަނގަޅަށް މޭރުންވާވަރަށް ދިހަބާރަ ފަހަރު ކިޔައި ދިރާސާކުރީމެވެ.

މިދެންނެވި ބޭފުޅުން ދައްކަވާފައިވާ ވާހަކަފުޅުތަކާއި އެނޫން ބޭފުޅުން ލިޔުއްވާފައިވާ ލިޔުންތަކަށް ރިއާޔަތް ކޮށްގެން ރައީސް ނާސިރުގެ ޝަޚުސިއްޔަތު އަޅުގަނޑުގެ ސިކުނޑީގައި ކުރެހުނުއިރު އެފަދަ އެހެން ލީޑަރަކު އޭގެފަހުން ފެންނާކަށްވެސް ނެތެވެ. އޭގެ ކުރީގެ ބޭފުޅުންގެ ތެރެއިން ވަރަށް މަދު ބޭފުޅަކު އެގިންތިއަށް ލެވެއެވެ. ހަމަޔަގީނުންވެސް އޭގެ ފަހުން ފެންނާކަށް ނެތެވެ. ނުވަތަ ފެނިފައެއް ނެތެވެ.

ރައީސް ނާސިރުގެ ޝަޚުސިއްޔަތުން މިއަދާއި މާދަމާގެ ދިވެހިން ލިބިގަންނަންވީ ފިލާވަޅުތަކުގެ ވާހަކަ އަޅުގަނޑަށް ދެއްކެންއޮތީ މި ތަސްވީރުގެ މައްޗަށް ބިނާކޮށްގެންނެވެ. މިކަހަލަ ކޮންމެ ކަމެއްގައި ޚިޔާލު ތަފާތުވުން އަންނާނެއެވެ. ޚާއްސަކޮށް ނާސިރުގެ ދައުރުގައި ހިނގާފައިވާ ބައެއްކަހަލަ ކަންކަމުގެ ސަބަބުން ނޭދެވޭ އަސަރުތަކެއްކޮށް ހިތި ތަޖުރިބާތަކެއް ކުރާންޖެހުނު މީހުންނާއި އެމީހުންގެ އާއިލާތަކުން ނާސިރުގެ ތަސްވީރު ކުރަހާގޮތާއި އެނޫން މީހުން ކުރަހާގޮތް ތަފާތުވާނޭކަން އަޅުގަނޑުގެ ހަނދާނުން ކެހިގެނަކުން ނުދެއެވެ.

ރައީސް ނާސިރު ދޫކުރެއްވި ފިލާވަޅުތަކުން އަޅުގަނޑަށް އެންމެ ކަމުދާ ފިލާވަޅުތަކަކީ ސިޔާސީ އަޚުލާގާއި ގުޅުންހުރި ފިލާވަޅުތަކެވެ. މީހެއްގެ ވެރިކަން ނިމުނީމާ މަހާނަ މައްޗަށް މަޑިޔަށްޖެހި އެމީހަކަށް ހުތުރުވެގެންވާހައި ގޮތްގޮތަށް ލައުނަތް ދިނުމަކީ ނާސިރު ނަފްރަތު ކުރެއްވި ކަމެކެވެ. އަމަލުންވެސް ނަމޫނާ ދެއްކެވި ކަމެކެވެ. އެއްގަމުގޭ އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަން ނިމި ނާސިރުގެ ބޮޑުވަޒީރުކަން ފެށުނީމާ ދިވެހީންގެ ތެރެއިން ބަޔަކު ފާމުލަދޭރިކިލެގެފާނަށް ފުރައްސާރަކުރާން ލަވަ ހަދައިގެން ކިޔާން ކަމަށް އުޅުނެވެ. ހުތުރުދޭން އުޅުނެވެ. ނާސިރު އެކަން މަނާކުރެއްވިއެވެ. އެޒާތަށް އުޅުނު މީހުންނަށް އަދަބުވެސް ދެއްވިއެވެ. އެމަގުން އެކަން ހިނގާފައި އޮތީމާ ނާސިރުގެ ރުހުން ހޯދުމުގެ ނިޔަތުގައި ވެއްޓުނު ކަތީބަށް ހުތުރުދިނުމުގެ އާދަ އޮތީ ހުއްޓިފައެވެ. ނާސިރު އޮތީ ގަދަފަދަޔަށް އެ މާކެޓް ބަންދުކުރައްވައިފައެވެ.

ނާސިރުގެ އަރިހުން ޖާގަ ދެއްވުމުގައި ބެއްލެވީ ތެދުވެރިކަމާއި އިޚުލާސްތެރިކަމުގެ ސިފަޔަށެވެ. މަސައްކަތަށް ތެދުވެރިވުމާއި މަސައްކަތް ކުރުމުގެ ހިތްވަރާއި ހުނަރާއި ކެރިކުޅަދާނަކަމުގެ ސިފަޔަށެވެ. ބަސްމޮށުންތެރިކަމާއި ޚުޝާމަދުކުރުމުގެ ސިފަޔަކަށް ނުބައްލަވައެވެ. ޚުޝާމަދުކޮށްގެން މަގާމުތަކަށް އެރުމަށް ފުރުސަތެއް ނުދެއްވައެވެ. އެކަންކަމަށް ނަފްރަތު ކުރެއްވިއެވެ. ނާސިރުގެ ތަސްވީރު ގިރިޓީކުރުމަކަށް އަދި ދިވެހި ތާރީޚު ފެށެނީވެސް އަދި ނިމޭނީވެސް ނާސިރާއި ހަމައިންކަމަށް ބައްލަވައި އެކަން އެގޮތަށް ބައްޓަން ކުރާނޭ ބަޔަކު ނުބައިތިއްބަވައެވެ. ތެދަކީ ދޮގުކަމަށް އަދި ދޮގަކީ ތެދުކަމަށް ހަދާ ބަޔަކު ނުގެންގުޅުއްވައެވެ. ގައުމުގެ މަސްލަހަތުގެ މައްޗަށް އާއިލާ އިސްކުރެއްވުމެއް ނެތެވެ.

މިކަންކަމާމެދު ވިސްނީމާ އަޅުގަނޑުގެ ހިތަށް އަރަނީ މިހެންނެވެ. ނާސިރު ދޫކުރެއްވި ފިލާވަޅުތަކަށް އެދުރުވުމުގެ ހިތްވަރު އޭގެފަހުން ވެރިކަން ކުރެއްވި ބޭފުޅުންގެ ކިބައިގައި ހުރިނަމަ މިއަދު އާއްމުވެފައިމިވާ އިޖުތިމާއީ އަދި ސިޔާސީ ބަލިމަޑުކަމުން މިންޖުވެވުނީސްތާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

ޖަޒީރާ ރާއްޖެ އުފާވެރި އަމާންރާއްޖެއަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ތަޖުރިބާކާރު ކެންޑިޑޭޓު އެންމެ ތަޖުރިބާކާރު ރަނިންމޭޓު އިބޫއަސްލަމް

06 ސެޕްޓެމްބަރު 2023
ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން

ވެލާނާގެ މުޙައްމަދު ދީދީ - ސިޔާސީ ނާކާމިޔާބަށްފަހު ސިޔާސީ ކާމިޔާބީ، ދަރިކޮޅުން ގައުމުގެ ވެރިކަން

16 އޯގަސްޓު 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު