Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައިފަރުގެ ފެނުގެ ނިޒާމު

ޅ ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓްކޮށްފި

ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 އޯގަސްޓު 2022 | ހުކުރު 02:11
ޅ. ނައިފަރުގެ ފެނުގެ ނިޒާމު ޓެސްޓްކުރުމުގެ ތެރެއިން

ޅ. ނައިފަރުގެ ފެނުގެ ނިޒާމު ޓެސްޓްކުރުމުގެ ތެރެއިން

ޅ. ނައިފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ 19ން 22ށެވެ. ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ.

އެގޮތުން، ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 1300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށް ޓެސްޓުކޮށްފައިކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވަނީ ފެންހޮޅީގެ މައި ނެޓްވޯކްގެ ނުނިމިހުރި 3 ކިލޯ މީޓަރުގެ ފެންހޮޅި އެޅުމާއި އާރްއޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާނގީތަކުގެ ނުނިމިހުރި މަސައްކަތްތަކާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްފައިވާއިރު، މިމަޝްރޫއުގެ ދަށުން އެރަށުގެ ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ވަނީ ކޮށްފައެވެ.

ޅ. ނައިފަރުފެނާއި ނަރުދަމާ

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
16 އޮކްޓޯބަރު 2025

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ
14 ސެޕްޓެމްބަރު 2025

ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް

14 ސެޕްޓެމްބަރު 2025
ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި: ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް
11 ސެޕްޓެމްބަރު 2025

މިސަރުކާރުގެ ވިސްނުން ބަދަލުކުރައްވާ ރައްޔިތުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ މަޝްރޫއުތައް ކުރިއަށްގެންދެވުމަށް ގޮވާލަން: ކުރީގެ ރައީސް ޞާލިޙް

11 ސެޕްޓެމްބަރު 2025
މިސަރުކާރުގެ ވިސްނުން ބަދަލުކުރައްވާ ރައްޔިތުންނަށް ކޮންމެހެން ބޭނުންޖެހިފައިވާ މަޝްރޫއުތައް ކުރިއަށްގެންދެވުމަށް ގޮވާލަން: ކުރީގެ ރައީސް ޞާލިޙް
11 ސެޕްޓެމްބަރު 2025

ރައީސް ޞާލިހް ބޮޑުފުޅަދޫ އަށް ފުރާ ވަޑައިގެންފި

11 ސެޕްޓެމްބަރު 2025
 ރައީސް ޞާލިހް ބޮޑުފުޅަދޫ އަށް ފުރާ ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު