Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުދައްރިސުންގެ މުސާރަ ބޮޑުކުރުން

މުސާރައަށް އައި ބަދަލާއެކު މުދައްރިސުން ހޯދަން ފަސޭހަ: އެޑިއުކޭޝަން

4 އޯގަސްޓު 2022 | ބުރާސްފަތި 13:05

ކުރިއާ އަޅައިބަލާއިރު މިހާރު މުދައްރިސުން ހޯދަން ވަރަށް ބޮޑުތަން ފަސޭހަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 އޯގަސްޓު 2022 | ބުރާސްފަތި 13:05
ފަސްވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން

ފަސްވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން

މުދައްރިސުންގެ މުސާރައަށް އައި ބަދަލާއެކު މުދައްރިސުން ހޯދުމުގައި ވަރަށް ބޮޑަށް ފަސޭހަވެފައިވާކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި މައުލޫމާތު ހިއްސާކުރުމުގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، ކުރިން މުދައްރިސުންނާއި ޕްރިންސިޕަލުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރާ އިއުލާންތަކަށް އިޖާބަދޭ މިންވަރު ދަށްކަން ވަރަށް ބޮޑަށް ފާހަގަކުރެވޭކަމަށެވެ. އަދި މުދައްރިސުން ހޯދުމަށް އެދި ކުރާ އިއުލާންތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެސަބަބުން، ބައެއް ހާލަތުތަކުގައި ދެތިން ފަހަރު އެއް މަގާމަކަށް މީހުން ހޯދަން އިއުލާންކުރަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މުދައްރިސުންގެ މުސާރައަށް އައި ބަދަލާއެކު ބައެއް މުދައްރިސުންނަށް 10،000 ރުފިޔާގެ ކުރިއެރުމެއް ލިބިފައިވާއިރު، ގިނަ މުދައްރިސުންނަށް މުސާރައިގެ ގޮތުގައި20،000 ރުފިޔާ ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. މި ބަދަލާއެކު، އުނގަންނައިދިނުމުގެ ދާއިރާގައި ތިބި މީހުންވެސް އަލުން އެ ދާއިރާއަށް ޚިދުމަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށާއި، ރިޓަޔަރކޮށްފައިވާ ޕްރިންސިޕަލުންވެސް އަލުން އެ ދާއިރާއަށް ޚިދުމަތްކުރުމުގެ ޝައުގުވެރިކަން ހުރިކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި އެ ވުޒާރާއިން ވަނީ، މުދައްރިސުންގެ މުސާރަ ބޮޑުކުރިއިރު މުދައްރިސުން ފާޅުކުރި ބައެއް ކަންބޮޑުވުންތަކާމެދު ވާހަކަދައްކާފައެވެ. އެގޮތުން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ ކުރިން ލިބެމުންދިޔަ އެލަވަންސްތައް ނުލިބޭތީ މުދައްރިސުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާކަން އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އެލަވަންސްތައް މުސާރައިގެ އޮނިގަނޑުގައި ނުހިމެނެނީ، މިހާރު މުސާރަ އެކުލަވާލާފައިވާ ގޮތުން، އެލަވަންސްތަކުގެގޮތުގައި ވަކި އަދަދެއް ހިމަނާފައިނުވާތީ ކަަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އެހެންނަމަވެސް އެ ބަދަލާއެކު މުދައްރިސުންގެ މުސާރައަށް 4000އާ 10،000އާ ދެމެދު އިތުރުވެފައިވާނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓު ޕްރޮފެޝަނަލުންނަށް ބަލާއިރު، އެންމެ ދަށް ރޭންކުގެ މުވައްޒަފަކަށްވެސް 20000ށްވުރެ ބޮޑު މުސާރައެއް ލިބޭނެކަމަށާއި، އެންމެ މަތީ ރޭންކުގެ މުވައްޒަފަކަށް 32218 ރުފިޔާގެ މުސާރައެއް ލިބޭނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ސްކޫލުޓީޗަރުން

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
08 ޖުލައި 2025

ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި

08 ޖުލައި 2025
ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮންފެޝަން ޕޭޖްތައް ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
30 ޖޫން 2025

ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު

30 ޖޫން 2025
ސްކޫލުތަކުގައި މުދައްރިސުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ނެތް: މެންބަރު ޒިޔާދު
27 ޖޫން 2025

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް