Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޙައްލޫމީ ޗީޒް

ގެރިއާއި ކަންބަޅި ބަކަރީގެ ޒުވާބު ޗީޒްގެ ދުނިޔެއަށް!

ޙައްލޫމީ ޗީޒް ތައްޔާރު ކުރަން، ޕަންތެއްލީ މުޅިންވެސް ބޭނުން ކުރަނީ އަންހެން ކަންބަޅި ބަކަރީގެ ކިރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 މާރިޗު 2024 | ހޮނިހިރު 12:51
ޕަންތެއްލީޝް ޕަންތެއްލީ؛ ޗީޒް ހަދާ މީހެއް

ޕަންތެއްލީޝް ޕަންތެއްލީ؛ ޗީޒް ހަދާ މީހެއް

އެއް ދޮރު ބަންދުވިއްޔާ އަނެއް ހާސް ދޮރު ހުޅުވޭނެއެވެ. ދިރިއުޅުމަށް ކުރަމުން އައި މަސައްކަތެއް ހުއްޓޭ ހިސާބުން، އައު ކަމެއް ފެށެނީވެސް އެ ބީދައިންނެވެ. ނަމަވެސް، އެކަން ވާން އަންނަނީ، އެ މީހަކުވެސް އެ ކަމަކަށް ގަދަ އަޅާ މަސައްކަތް ކޮށްގެންނެވެ. އެ މީހަކު ނުއުޅޭހާ ހިނދަކު، އެ މީހެއްގެ ޙާލަތު ބަދަލުވުމެއް ނެތެވެ.

ޕަންތެއްލީޝް ޕަންތެއްލީއަކީ މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ ނަމަ، ޕައިލެޓެކެވެ. ޕަންތެއްލީގެ ޕައިލެޓް ކަމުގެ ވަޒީފާ ގެއްލުނީ، 2013 ވަނަ އަހަރު ސައިޕްރަސް އެއަރވޭޒް ބަންދުކޮށް، މުވައްޒަފުން ކަނޑާލި ކަނޑާލުމުގެ ތެރޭގައެވެ. އެހާ ހިސާބުން ޕަންތެއްލީ ފެށީ މުޅިން ތަފާތު މަސައްކަތެކެވެ. އިތުރު އެއަރލައިނެއްގައި އުދުހެން މިޞްރާބު ޖެހުމުގެ ބަދަލުގައި، ޕަންތެއްލީގެ ދިރިއުޅުން ބަދަލު ކޮށްލީ ޗީޒްގެ ދުނިޔެއަކަށެވެ.

ސައިޕްރަސްގެ ވެރިކަން ކުރާ ނިކޯޒިއާގައި ކާރު ޕާރކު ކުރަން ހަދާފައި އޮތް ސަރަޙައްދެއްގައި އެތައް ބަޔަކު ޖަމާވެގެން އެ ތިބެނީ، ޕަންތެއްލީގެ ކުޑަކުޑަ ވޭން، އެ ސަރަޙައްދަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ޕަންތެއްލީގެ އުފެއްދުންތައް ވިއްކަނީ އެ ވޭންގައެވެ. ޕަންތެއްލީ ޚާއްޞަ ވަނީ ސައިޕްރަސްއަށް ޚާއްޞަ ޗީޒްގެ ބާވަތެއް އުފެއްދުމަށެވެ. 2013 ވަނަ އަހަރު ގެއްލުނު ވަޒީފާއާ އެކު ޗީޒްގެ ދުނިޔެއަށް ހުޅުވާލި ދޮރުން ވަތް ގޮތަށް، ޕަންތެއްލީ ކުރިއަށް ދަނީ ފަސް އެނބުރި ބަލާލުމެއްވެސް ނެތިއެވެ.

ކަން މިހެން އޮތް ނަމަވެސް، ޕަންތެއްލީއަށް ވަދެވުނު ޗީޒްގެ ދުނިޔެއަކީ ހިސާބަކަށް ހަމަނުޖެހުން އުފެދިފައި އޮތް ތަނެކެވެ. އެއީ ޝަރުޢީ އިމުގެ ތެރޭގައި ކުރެވޭ ހޫނު ބަހުސެއްގެ މައިދާނެވެ. ބަހުސް ކުރަމުން ދަނީ އެ ބާވަތެއްގެ ޗީޒްއަށް ސައިޕްރަސް މަޝްހޫރު ވެފައިވާ ޙައްލޫމީ ޗީޒް ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތަކާ މެދުގައެވެ. ސައިޕްރަސްއިން މިއަދު އެކްސްޕޯޓް ކުރާ ޙައްލޫމީ ޗީޒްގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ ގެރީގެ ކިރުން އުފައްދާފައިވާ ބާވަތް ކަމުގައި ވީ ނަމަވެސް، އިހުގެ ގޮތް ތަކުގައި ހިފައިގެން ތިބި މީހުންގެ ވަކާލާތު މުޅިން ތަފާތެވެ. އެމީހުން ބުނާ ގޮތުގައި ޙައްލޫމީ ތައްޔާރު ކުރަނީ ބަކަރިއާއި އަންހެން ކަންބަޅި ބަކަރީގެ ކިރު އެއްކޮށްގެންނެވެ.

ޙައްލޫމީ ޗީޒް ތައްޔާރު ކުރަން، ޕަންތެއްލީ މުޅިންވެސް ބޭނުން ކުރަނީ އަންހެން ކަންބަޅި ބަކަރީގެ ކިރެވެ. ނަމަވެސް، މެޑިޓަރޭނިއަން ސަރަޙައްދުގެ ޖަޒީރާ ރަށެއް ކަމަށް ވާ ސައިޕްރަސްގެ ބައެއް ދަނޑުވެރިން ބުނާ ގޮތުގައި، އެ ގޮތަށް ޙައްލޫމީ ޗީޒް އުފެއްދުމަކީ އެމީހުންނަށް ދެކޮޅު ޖެއްސޭނެ ކަމެއް ނޫނެވެ.

ފިސާރި އަޑުގަދަ 300 އެއްހާ ކަންބަޅި ބަކަރި އުޅެމުން ދިޔަ ކޮއްޓެއްގެ ތެރޭގައި ހުރެ ވާހަކަދައްކަމުން ޕަންތެއްލީ ވަނީ، އެންމެ އިހުގެ ގޮތަށް، "އަސްލު ޙައްލޫމީ" އުފައްދާ މީހަކު މިހާރު ނުއުޅޭ ކަމަށާ، އޭނާގެ ޢާމަޒަކީވެސް އެ ގޮތަށް ޗީޒް އުފެއްދުން ކަމަށެވެ.

ސައިޕްރަސްއަށް ޚާއްޞަ އުފެއްދުމެއް ކަމަށްވާ ޙައްލޫމީ ޗީޒް އުފެއްދުމުގެ މަސައްކަތުގެ ތެރެއަށް ޕަންތެއްލީ ވަންނަން ފެށީ، އޭނާގެ މައިދައިތަ އިރުޝާދާ އެކުގައެވެ. މިއަދު ޕަންތެއްލީ ވަނީ އޭނާގެ އަމިއްލަ ބްރޭންޑެއްވެސް އުފައްދާފައެވެ. "ކޮއުއެއްލާ" ބްރޭންޑްގެ ނަން ނިސްބަތް ވަނީ، ސައިޕްރަސް މީހުން ވާހަކަދައްކާ އުޅޭ ގްރީކް ބަހުރުވައިން އަންހެން ކަންބަޅިއަށެވެ.

ޙައްލޫމީ އުފެއްދުމުގެ މަސައްކަތަކީ ބުރަ، އަދި އެހާމަ ސީރިއަސް މަސައްކަތެކެވެ. ޕަންތެއްލީ އެ މަސައްކަތް ކުރަނީ ކަމާ ބެހޭ ފަރާތްތަކުން ޚާއްޞަ ހުއްދައެއް ހޯދައިގެން، ވަކި މިންގަނޑުތަކެއް ދަމަހައްޓައިގެންނެވެ.  ދެވަނަ މީހަކު މެދުވެރިކޮށް ޙައްލޫމީ ޗީޒް ވިއްކުމުގެ ފުރުޞަތެއް ޕަންތެއްލީއަކަށް ނޯވެއެވެ. ވިއްކަން ޖެހެނީ ސީދާ ކަސްޓަމަރުންނަށެވެ. ދުވާލެއްގެ މައްޗަށް އުފެއްދެނީ 150 މިލިއަން ގެލަނުގެ ކިރެވެ. މި ހުރިހާ ކަމެއް ކުރުމަށް ޚާއްޞަ ތަނެއްވެސް ހުންނަން ޖެހެއެވެ.

ޙައްލޫމީ ޗީޒް ވިއްކަން ޕަންތެއްލީ އުޅޭ ސަރަޙައްދުތައް އޭނާ ހާމަ ކުރަނީ ސޯޝަލް މީޑިއާގައެވެ. މަސައްކަތް ފަށާތާ 2 ގަޑިއިރެއްހާއިރު ތެރޭގައި ހުރިހާ އެއްޗެއް ވިކި ހުސްވެއެވެ.

މަޑު، ރަބަރު ގޮތެއް ހުންނަ ޙައްލޫމީ ޗީޒްއަކީ އެ ހުރި ގޮތަށް، އިތުރު ގޮތެއް ނުހަދާ ކެވޭ ޗީޒްއެކެވެ. ނުވިތާކަށް، ފިހެގެން، ފެނުކައްކައިގެން ނުވަތަ ތެލުލައިގެން ޙައްލޫމީ ޗީޒްގެ ބައްޓަމަށް ބަދަލެއް ނައިސް، އެ ބޭނުން ކުރެވެއެވެ. ބޭސްވެރިކަމުގެ އުފެއްދުންތައް ފިޔަވާ، ސައިޕްރަސްއިން 2 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ބޭރު ކުރާ އުފެއްދުމަކީވެސް ޙައްލޫމީ ޗީޒްއެވެ.

ކިރު ކައްކާ ހިސާބުން ފަށައިގެން ބަންދު ކުރުމާ ހިސާބަށް ހުރިހާ މަރުޙަލާއެއްގައިވެސް ޕަންތެއްލީ ބައިވެރިވެއެވެ. ސައިޕްރަސް އަކީ ޙައްލޫމީ އުފައްދާ މަރކެޓް ކުރުމުގެ ދަރަޖަ ލިބިފައި އޮތް ހަމަ އެކަނި ޤައުމެވެ. ސައިޕްރަސްއިން ވަނީ، އެ ޤައުމުން އުފައްދާ ޙައްލޫމީ ޗީޒްގެ 50 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ، ބަކަރިއާއި އަންހެން ކަންބަޅި ބަކަރީގެ ކިރުން އުފައްދާ ޗީޒް ކަމުގައި ހެދުމަށް ޢަމާޒު ހިފާފައެވެ. އެ ޢަމާޒަށް ވާސިލުވާނެ ކަމަށް ބެލެވެނީ މި އަހަރުގެ ޖުލައި މަހުއެވެ.

ކަން މިހެން އޮތް ނަމަވެސް، ޙައްލޫމީ ޗީޒް ތައްޔާރު ކުރަން ބޭނުން ކުރާ ބާވަތްތަކާ މެދު ދަނޑުވެރިންގެ މެދުގައި ދެބަސްވުންތައް އުފެދި، މުޒާހަރާއާއި އިހުތިޖާޖުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ސިނާޢީ ސްޓޭކްހޯލްޑަރުން ވަކާލާތު ކުރާ ގޮތުގައި ބަކަރިއާއި އަންހެން ކަންބަޅި ބަކަރީގެ ކިރުން ޗީޒް އުފެއްދުމަކީ މޫސުމާ ގުޅިފައި އޮންނަ ކަމެކެވެ. އެހެން ކަމުން، އުފެއްދުންތެރިކަމުގެ ނިސްބަތަށް އެކަމުގެ ނޭދެވޭ އަސަރު ފޯރައެވެ. އެކަށީގެން ވާ މިންވަރަށް ކިރު ނުލިބޭ ކަމަށް ބުނެ، ޗީޒް އުފައްދާ ފަރާތްތަކުން ވަނީ އެ މަސައްކަތް ކުރިއަށް ގެންދާ ތަންތަން ބަންދުކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. ނަޢަމްސޫފާސޫފި ގެންގުޅޭ މީހުން ރުޅިވެރިކަން ފާޅު ކުރަނީ ގެރީގެ ކިރަށް އޮތް ޑިމާންޑަށް ނޭދެވޭ އަސަރު ފޯރުމުގެ ނުރައްކާ އޮތުމުންނެވެ.

ސައިޕްރަސްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ވަކި އުސޫލުތަކަށް ފެތޭ ގޮތް ނޫން އެހެން ގޮތަކަށް ޙައްލޫމީ ޗީޒް އުފެއްދުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ގޮތަށް ނިންމާ ނިންމުން، 2029 އަށް ފަސްކުރަން ރާވާފައެވެ.

ސައިޕްރަސްގެ ކެޓްލްބްރީޑަރޒް އެސޯސިއޭޝަންގެ ޑައިރެކްޓަރ ޖެނެރަލް، ނީކޯޒް ޕާޕަކިރިޔަކޯ ފާހަގަ ކުރި ގޮތުގައި، 1985 ވަނަ އަހަރު ކަނޑައަޅާފައި ވާ ވިޔަފާރީގެ މިންގަނޑުތަކަށް ބަލާއިރު، ޙައްލޫމީ ޗީޒް ތައްޔާރު ކުރަން ބޭނުން ކުރެވޭ ހަމަ އެކަނި ކިރަކީ ބަކަރިއާއި އަންހެން ކަންބަޅި ބަކަރީގެ ކިރެއް ނޫނެވެ. ގެރީގެ ކިރުންވެސް ޙައްލޫމީ ޗީޒް އުފެއްދޭކަން އެ ޤަވައިދުގައި ވާ ކަމަށް ނީކޯޒް ފާހަގަ ކުރެއެވެ. ބޭރުގެ ބާޒާރުތަކުގައި ސައިޕްރަސްގެ ޙައްލޫމީ ޗީޒް މަޤުބޫލުވުމުގެ އަސްލަކީވެސް، ގެރީގެ ކިރު ބޭނުން ކުރުން ކަމަށް އޭނާ ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޒުވާބުތައް ފައްޓަނީ އަހަންނެއް ނޫން: ކަންގަނާ

ޒުވާބުތައް ފައްޓަނީ އަހަންނެއް ނޫން: ކަންގަނާ

19 ސެޕްޓެމްބަރު 2020
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017
ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

ބަކަރި ނުވަތަ ކަންބަޅިން ސްކޫލް ފީ ދެއްކޭ ގޮތް ޒިމްބާބުވޭގައި ހަދައިފި

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު