Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޗެއަރޕާސަންގެ އިންތިހާބު – ރިޔާސީ އިންތިހާބުގެ ގޮތް ނިންމާނެ އިންތިހާބަކަށް ވެދާނެތަ؟

ޕާޓީ ދެބައި ނުވާނެ ކަމާއި 2023ށް ގަދަކޮށް ނުކުންނާނެކަމަށް އެމްޑީޕީން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މެއި 2022 | ހުކުރު 14:27
ޗެއަރޕާސަން ބަހުސް 2022ގެ ތެރެއިން

ޗެއަރޕާސަން ބަހުސް 2022ގެ ތެރެއިން

ރާއްޖޭގައި މިފަހަކުން ބޭއްވި އިންތިހާބުގެ ތެރެއިން އެންމެ ފޯރިގަދަ އެއް އިންތިހާބަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. އަނިޔާވެރިކަމާއި ވައްކަމާއި ރައްޔިތުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރި ވެރިކަމެއް ނިމުމަކަށް ގެންނަން ދިވެހި ރައްޔިތުން ނުކުމެ ވޯޓި ދިން އިންތިހާބެކެވެ. އެންމެ ފޯރިގަދަ އަދި އެތައް ހާސް ބަޔަކު އެކަމަށް އިންތިޒާރު ކުރި އިންތިހާބެކެވެ.

އޭގެ ފަހުން ވެސް 2 އިންތިހާބެއް ނިމިގެން ހިނގައްޖެއެވެ. މަޖިލިސް އިންތިހާބު ވެސް ވެގެންދިޔައީ ފޯރިގަދަ އިންތިހާބަކަށެވެ. އަދި މިއާއެކު ލޯކަލް ކައުންސިލް އިންތިހާބު ވެސް ފޯރިގަދައެވެ. ނަމަވެސް ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ނެރޭނެ ނަތީޖާއަކާއި މެދު ސުވާލު އުފައްދާނީ ހޮނިހިރު ދުވަހު ބޭއްވޭ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން ވެސް ޗެއަރޕާސަންގެ އިންތިހާބާއެކުއެވެ.

އެމްޑީޕީ އޮތީ ދެބައިވެފައިކަން އެ ޕާޓީގެ އާންމު މެންބަރުންނާއި އާންމު ބައެއް ރައްޔިތުން ދައްކާ ވާހަކައަކީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ. ނަމަވެސް މި ދެބައިވުން އެއްކޮށް އެކައްޗެއްގެ ގޮތުގައި ހަދަން ދެން އިންތިހާބު ކުރެވޭ ޗެއަރޕާސަންއެއް މަސައްކަތް ކުރަންޖެހޭނެއެވެ. މި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ރިޔާސީ އިންތިހާބަށް މުޅި ޕާޓީ އެކަތިގަނޑަކަށް ވާންޖެހޭނެއެވެ.

ނަމަވެސް އުފެދޭ ސުވާލަކީ ޕާޓީން އެ ޕާޓީގެ ގައުމީ މަޖިލީހުންނާއި އަސާސީ ގަވާއިދުން ބުނެފައިވާ ކަންކަން ޗެއަރޕާސަންއަކަށް ހުންނަ ފަރާތެއް ތަންފީޒުކުރާނެތޯ، މި ސުވާލެވެ. އެމްޑީޕީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާނަމަ އޮޓޮމެޓިކުން ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ބުނެފައިވެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެކަން އެހެންވެދާނެތޯއެވެ.

މި ސަބަބާއި ހުރެ އެމްޑީޕީ އެއްކުރެވިދާނެތޯއެވެ. މިސާލަކަށް ބަލާނަމަ ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ހޮވިވަޑައިގެންފިނަމަ މިހާރު އެމްޑީޕީގެ ޓިކެޓުގައި ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މާފަންނު އުތުރުދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވަނީ ޕްރައިމަރީއެއް އޮންނާނެ ކަމަށެވެ. ދެން އުފެދޭ ސުވާލަކީ ދެން ވާނީ ކިހިނެއް ހެއްޔެވެ.

އިންތި ހޮވިވަޑައިގެންފިނަމަ ޕްރައިމަރީއަކަށް ބާރުއަޅުއްވާނީ ތޯއެވެ. ފައްޔާޒު ހޮވިވަޑައިގެންފިނަމަ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ދެއްވާނީތޯއެވެ. އެހިސާބުން 2023ށް ޕާޓީ އެއްކުރަން ކުރަންޖެހޭ މަސައްކަތް ގޮސް ޖެހޭނީ ކޮންތާކުބާއެވެ. ދެފަޅިވެފައިވާ އެމްޑީޕީ އެއްކުރެވޭނެ ފޯމިއުލާއަކީ ކޮބައިބާވައެވެ.

ކޮންމެ ގޮތެއް ވިޔަސް ޕާޓީއެއްގެ ތެރޭގައި ދެބައިވުން އުފެދިފައިވަނިކޮށް ނެރޭ ކެންޑިޑޭޓަކަށް އާންމު ހުރިހާ މެންބަރުން ތާއިދު ނުކުރާނެއެވެ. އެހިސާބުން އިދިކޮޅު ފަރާތްތަކުން އެކަމުގެ ފައިދާ ނަގައި އެމްޑީޕީގެ ބަލިފައިގައި ހިފާ ކުރިއަށް ދެވޭނެ މަގު ނިކަން ފަސޭހައިން ހޯދާނެއެވެ.

އެމްޑީޕީ މިހާރަށްވުރެ ވަރުގަދަކުރަން އާންމު މެންބަރުންގެ ހަރަކާތްތެރިވުން އިތުރުކުރަން ޖެހެއެވެ. އާންމު މެންބަރުންގެ ބަސް ވިކޭ ގޮތަށް ރަށްރަށުގައި ހަރަކާތްތައް އިތުރުކޮށް ޖަގަހަ ޖަލްސާތައް ބާއްވާ ޕާޓީގެ އިސް ސަފުގައި އޮތް ނުރުހުން އެއްފަރާތްކުރަންޖެހެއެވެ. ރިޔާސީ އިންތިހާބު އޮތީ ބޯމަތިވެފައެވެ. އިންތިހާބު އޮންނާނީ 2023 ގައެވެ. 2023 ހޯދަން ބޭނުން ނަމަ ޕާޓީ އެއްކުރަންވީ މިއަދުއެވެ. ފަހުން އެކަން ކުރަން ތިބެގެން އެކަމެއް ނުވާނެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމްޑީޕީ ޗެއަރޕާސަން ބަހުސް 2022މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު