Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައްޔާޒާމެދު ކުރެވޭ ތުހުމަތު

އަޅުގަނޑު އާދޭހާއެކު ދަންނަވަން އޮތީ ކޮމިޓީއެއް ހައްދަވައިގެން ތުހުމަތުތައް ބައްލަވާށޭ - ފައްޔާޒު

12 މެއި 2022 | ބުރާސްފަތި 14:00

ވާދަވެރި ކެންޑިޑޭޓަށް އާދޭހާއެކު ދަންނަވަން ބޭނުންވަނީ، ކޮމިޓީއެއް ހައްދަވައިގެން އެކަންކަން ބެއްލެވުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މެއި 2022 | ބުރާސްފަތި 14:00
އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ކުރިއަށްގެންދެވުނު ބަހުސް

އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ކުރިއަށްގެންދެވުނު ބަހުސް

ހުޅުވާލާފައިވާ އާންމު އިންކުއަރީއެއްގެ ގޮތުގައި މަޖިލީހުގެ ތެރެއިން މަސައްކަތްކުރައްވައި ޖަވާބުދާރީވާނެ ފުރުސަތެއް އެރުވުމަށް އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ތެރެއިން، އެންމެ ފޯރިގަދަވާނެކަމަށް ބެލެވޭ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުން ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއާއި އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް އަލަށް އެއް ޕްލެޓްފޯމަކަށް ވަޑައިގެން ވަނީ ބަހުސްކުރައްވާފައެވެ. ރާއްޖެޓީވީން ގެނެސްދިން މި ބަހުސްގައި އިމްތިޔާޒު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ، ތިލަފަތުގެ ރަމްޒަކީ ހަމަހަމަކަން ކަމަށާއި، ތިލަފަތުގެ ރަމްޒަކީ ފިތުނަވެރި ވާހަކަ ދެއްކުމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ތިލަފަތުގެ ރަމްޒަކީ އިންސާފުވެރިކަމާއެކު މީހުންނާދޭތެރޭގައި ވާހަކަދެއްކުން ކަމަށާއި، މީހަކަށް ތުހުމަތެއް ކޮށްފިނަމަ އެކަމެއް ރައްޔިތުންނާ ހަމައަށް ސާފުކޮށްދެއްވަންވާނެ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އޭނާގެ ވާދަވެރި ކެންޑިޑޭޓަށް އާދޭހާއެކު ވިދާޅުވަން ބޭނުންވަނީ ކޮމިޓީއެއް ހައްދަވައިގެން އެކަންކަން ބެއްލެވުމަށް ކަމަށެވެ. ކޮންމެ ތަނެއްގައި އެހެން ވިދާޅުނުވުމަށާއި، ބަހުސްގައި ވަކިކަމެއްގެ ވާހަކަ ސާފުކޮށް ވިދާޅުވެދެއްވުމަށެވެ.

ނަޒާހަތްތެރިކަމަކީ އިނގިލި ދިގުކުރުމެއް ނޫންކަމަށާއި، ނަޒާހަތްތެރިކަމަކީ އެއްކޮށް މަސައްކަތްކުރަމުން އަންނަ ބަޔަކާ ދޭތެރޭގައި އެފަދަ ވާހަކަތަކެއް ދައްކާއިރު، ސާބިތު ހިފޭގޮތަށް އެކަން ގެންދިއުން ކަމަށެވެ. 

ފައްޔާޒު ވިދާޅުވީ، އިންތިއާ ބެހޭގޮތުން ތުހުމަތުކުރާނެ ވާހަކަ އެބަހުރި ކަމަށާއި، އެކަމަކު އެބޭފުޅުން ނަޒާހަތްތެރި ވީމައި، ސާބިތު ނުހިފޭނެ ވާހަކަތަކަށްވާތީ އެ ވާހަކަ ނުދައްކަވާނެ ކަމަށެވެ. އަދި ޒިންމާދާރު ގޮތަކީ އެފަދަ ތުހުމަތުތަކެއް ހުރިނަމަ ސާބިތުކޮށްދެއްވުން ކަމަށެވެ.  

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރާއްޖެޓީވީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް