Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗެއަރޕާސަން ބަހުސް 2022

"2023 ކާމިޔާބު ކުރުމަށް ފާޓީއާމެދު ގެއްލެމުންދާ އިތުބާރު ހޯދަން ޖެހޭ"

ބަހުސް ކުރިއަށް ގެންގޮސްފައިވަނީ، 5 ބުރަކަށް ބަހާލައިގެން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 11 މެއި 2022 | ބުދަ 18:46
ޗެއަރޕާސަން ބަހުސް 2022ގެ ތެރެއިން

ޗެއަރޕާސަން ބަހުސް 2022ގެ ތެރެއިން

2023 ކާމިޔާބު ކުރުމަށް ފާޓީއާމެދު ގެއްލެމުންދާ އިތުބާރު ހޯދަން ޖެހޭ ކަމަށް މޯލްޑިވިަން ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ކުރިއަށްގެންދިޔަ "ޗެއަރޕާސަން ބަހުސް 2022"ގައި ވާހަކަފުޅު ދައްކަވަމުން ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 1، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، 2023 އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި މިހާރު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ، ޕާޓީއާ މެދު ގެއްލެމުންދާ އިތުބާރު ހޯދުން ކަމަށެވެ. އަލުން އަނބުރާ ކުރީގެ ރޫހު ޕާޓީއަށް ގެންނަން ޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ. އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދަން ޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ. އިކޮނޮމިކް މިނިސްޓަރާ ހަވާލު ކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރާނަމަ އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުން އަވަސްވެގެންދާނެ ކަމަށް ވިދާޅުވެ އިންތިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލަށް ރައްދު ދެއްވާފައެވެ.

Advertisement - newsAdvertisement

މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރު 2، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ފިތުނަ ނައްތާލަން ޖެހޭކަމަށެވެ. އެ ފިތުނަ ނައްތާލައި 2023 ކާމިޔާބު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ، ހުރިހާ ބާވަތެއްގެ ފިތުނައާއި ފަސާދަ ނައްތާލަން ޖެހޭ ކަމަށާއި، 2023 ކާމިޔާބު ކުރުމަށް ގެއްލިފައިވާ އިތުބާރު އަނބުރާ ގެންނަ ޖެހޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ، ޕާޓީގެ ތެރޭގައި ވަކި ބަޔަކު ބޭނުން ގޮތަކަށް ކުރާ ކަންކަން ހުއްޓުވަން ޖެހޭ ކަަމަށެވެ.

ވައުދުތައް ފުއްދުމަށް ޕާޓީ ސަރުކާރުގެ ފަހަތުގައި ވަރުގަދައަށް އޮންނަން ޖެހޭ ކަމަށާއި، ކޮވިޑްގެ ހާލަތުގައި ޕާޓީ ގަދަޔަށް އޮތްނަަމަ މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވުނީސް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެމަނިކުފާނުގެ ޗެއަރޕާސަން ކަމުގެ ދަށުން ޕާޓީން ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކެމްޕެއިންގައި އެކި ރަށްރަށަށް ވަޑައިގެން އާންމު މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

އިންތި ވިދާޅުވީ، އެމްޑީޕީގެ ހިންގުމާމެދު އާންމު މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުމާ ނުލާ ވެރިކަން ހިންގާކަން ކަމުގައެވެ. ވައުދުތައް ސަރުކާރުން ފުއްދިގެން ނުދާކަން މެމްބަރުން ފާހަގަކުރާ ކަމަށާއި، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމުގެ ވައުދު އަދި ނުފުއްދިވާކަން މެމްބަރުން ފާހަގަކުރާ ކަމަށާއި، މަރުތަކުގެ މައްސަލަ އަދި ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ނުބެލިވާކަމުގެ ޝަކުވާ މެމްބަރުންގެ ފަރާތުން ލިބިފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވައި އފައްޔާޒު ވިދާޅުވީ، މެމްބަރުންގެ ފަރާތުން އަޑުއިވުނީ، އެމްޑީޕީގެ މެމްބަރުންގެ ބައިވެރިވުމާ ނުލާ ވެރިކަން ހިންގާކަން ނޫން ކަމަށެވެ. އެ މެމްބަރުން ޕާޓީން ބާކިވެފައިވާކަން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. އެމްޑީޕީ ވެރިކަމުގައި އޮވެ ސަރުކާރު ބަދުނާމު ކުރަމުންދާކަން މެމްބަރުން ފާހަގަރާ ކަމަށެވެ. ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުން ލަސްކަން ގަބޫލްކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާޓީ ނުހިނގާކަމާއި، ޖަގަހަތައް ނުހިގާކަން ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. އަދި 2023 ކާމިޔާބު ކުރަން ބޭނުންނަމަ ޕާޓީ އެކަތި ގަނޑަކަށްވާން ޖެހޭ ކަމަށް މެމްބަރުން ގަބޫލް ކުރާ ކަމުގައި ފައްޔާޒު ވިދާޅުވިއެވެ.

މި ބަހުސް ކުރިއަށް ގެންގޮސްފައިވަނީ، 5 ބުރަކަށް ބަހާލައިގެންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލްމާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)ރާއްޖެޓީވީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު